ގަވާއިދާ ހިލާފަށް ނޭކުރެންދޫއިން ގަސް ބޭރުކުރާތީ ކައުންސިލުގެ ކަންބޮޑުވުން

ހދ. ނޭކުރެންދޫއިން ގަސް ބޭރުކުރުން

ހދ. ނޭކުރެންދޫއިން ގަސް ބޭރުކުރުން

ހދ. ނޭކުރެންދޫގައި ނާސަރީ އުސޫލުން ގަސް އިންދުމުގެ މަސައްކަތް ކުރަމުންދާ ލޭންޑްސްކޭޕިން ސޮލިއުޝަން ކުންފުނިން ގަވާއިދާ ހިލާފަށް އެ ރަށުން ގަސް ބޭރުކުރާ ކަމަށް ބުނެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

ނޭކުރެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ތޯހިރު ވިދާޅުވީ ލޭންޑްސްކޭޕިން ސޮލިއުޝަން ކުންފުނިން އެ ރަށުން ގަސް ބޭރުކުރަމުންދަނީ ގިނަ އަދަދެއްގެ ކަޅު ވެލި ބަނދެގެން ކަމަށާއި އެއީ ގާނޫނާ ހިލާފަށް ކުރަމުންދާ ކަމެއް ކަމަށެވެ. 

"ގަސްކަރަ ގާނޫނު ބުނާގޮތުންވިއްޔާ ރޫޓް ބޯލްގައި ހުންނަ ވެލި ފިޔަވައި ވެއްޔެއް ބޭރެއް ނުކުރެވޭނެ. އެހެންނަމަވެސް ގާތްގަނޑަކަށް ވަށަމިނުގައި އަށް އިންޗިއާއި 12 އިންޗިއާ ހުންނަވަރުގެ ކޮތަޅުގައި ކަޅު ވެލީގައި 18 ލީޓަރުގެ ކުލަ ޓައްޕުގައި ކަޅު ވެލި ބަނދެގެން ވެއްޔާ އެކީގައި ބޭރުކުރަނީ،" އޭނާ ވިދާޅުވި އެވެ. 

އެ ކުންފުނިން ވަނީ ރަށުގެ އެކި ސަރަހައްދުން ގަސްތައް އުފުރާފައި ކަމަށް ކައުންސިލުން ބުންޏެވެ.

"އަޅުގަނޑުމެންގެ އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރަށުގެ އެކި ސަރަހައްދުތަކުގައި ހުންނަ ނިކަ، މިދިލި ދެން އަޅުގަނޑުމެން އެބޭފުޅުންނަށް ދިން ބިމުގައި ހުރި ބޮޑެތި ގަސް ވެސް އުފުރައިގެން ވެލި ބަނދެގެން ބޭރުކުރާ މައްސަލަ،" އޭނާ ވިދާޅުވި އެވެ. 

މީގެއިތުރުން ލޭންޑްސްކޭޕިން ސޮލިއުޝަނަށް ދޫކޮށްފައިވާ ނާސަރީން ހައްދާ ގަސް ބޭރުކުރުމުގެ ހުއްދަ މިދިޔަ އަހަރު ހަމަވެފައިވާއިރު، އެ ކުންފުނިން ގަސް ބޭރުކުރަމުންދަނީ ހުއްދަވެސް ނެތިކަން ތޯހިރު ފާހަގަކުރެއްވި އެވެ. 

މައުލޫމާތު ލިބޭ ގޮތުގައި ނޭކުރެންދޫއިން ގަސް ބޭރުކުރާ ކޮންމެ ފަހަރަކު ގާތްގަނޑަކަށް 5،000 ވަރަކަށް ގަސް ބޭރުކުރެ އެވެ. މަހެއްގެ މައްޗަށް އެކި ފަހަރު މަތިން ގަސް ބޭރުކުރާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. 

މި މައްސަލަ އެންވަޔަރަމަންޓް ރެގިއުލޭޝަން އޮތޯރިޓީ (އީއާރްއޭ) އަށް ނޭކުރެންދޫ ކައުންސިލުން ހުށަހެޅުމުން އެ މައްސަލަ އެ އޮތޯރިޓީން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި މައްސަލަ ފުލުހަށް ހުށަހެެޅުމުން ފުލުހުން ވެސް އަންނަނީ މައްސަލަ ބަލަމުންނެވެ. 

އީއާރްއޭގެ ޗީފް އެގްޒެކެޓިވް ހަސަން މުހައްމަދު އަދަދު އަށް ވިދާޅުވީ ނޭކުރެންދޫ ކައުންސިލުން ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ ގޮތުން ފުލުހުންނާ ވާހަކަ ދައްކައިގެން ގަވާއިދާ ހިލާފަށް ކަޅު ވެލި ބޭރުކުރިތޯ ބަލަމުންދާ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox