ގަވާއިދާ ހިލާފަށް ގަސް ބޭރުކުރާތީ ކައުންސިލުގެ ކަންބޮޑުވުން
ހދ. ނޭކުރެންދޫގައި ނާސަރީ ހިންގާ ކުންފުންޏަކުން، ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ކަޅުވެއްޔާއި ބޮޑެތި ގަސްތައް ރަށުން ބޭރުކުރަމުންދާތީ އެ ރަށު ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ގަސް ބޭރުކުރުމުގެ ހުއްދަ ހަމަވެފައި ވަނިކޮށް ކުރިއަށްގެންދާ މި ހަރަކާތްތަކުގެ މައްސަލަ މިހާރު އީއާރްއޭ އާއި ފުލުހުން ދަނީ ތަހުގީގު ކުރަމުން.