އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި

Sep 22, 2026, 6:44 PM
އެމްޑީޕީގެ އެކްޓިވިސްޓް، މުހައްމަދު ޝާމިން ފުލުހުންގެ މަރުކަޒަކަށް ވައްދަނީ: އޭނާ ހައްޔަރުކުރީ ފުލުހުންގެ ބެރިކޭޑެއް ހުރަސްކުރި ކަމަށް ތުހުމަތުކޮށްފަ -- ފޮޓޯ: ކިޔުންތެރިއެއް

އެމްޑީޕީގެ އެކްޓިވިސްޓް، މުހައްމަދު ޝާމިން ފުލުހުންގެ މަރުކަޒަކަށް ވައްދަނީ: އޭނާ ހައްޔަރުކުރީ ފުލުހުންގެ ބެރިކޭޑެއް ހުރަސްކުރި ކަމަށް ތުހުމަތުކޮށްފަ -- ފޮޓޯ: ކިޔުންތެރިއެއް

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިދިޔަ މަހު މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން ބަންދުކޮށްފައި ހުރި ސަރަހައްދަކަށް ވަން މައްސަލައިގައި ހައްޔަރުކުރި އެ ޕާޓީގެ އެކްޓިވިސްޓު މުހައްމަދު ޝާމިން މިއަދު ދޫކޮށްލައިފި އެވެ.

މި މަހުގެ 8 ވަނަ ދުވަހު ޝާމިން ހައްޔަރުކުރީ، މިދިޔަ މަހުގެ 28 ގައި، އެމްޑީޕީން ކުރި މުޒާހަރާގައި ޗާންދަނީ މަގާއި ދީދީ ގޯޅިއާ ގުޅޭ ކަންމަތީގައި މަގު ބަންދުކުރުމަށް ފުލުހުން ޖަހާފައި ހުރި ބެރިކޭޑު ހުރަސްކުރި ކަމަށް ތުހުމަތުކޮށެވެ. 

އެ މައްސަލައިގައި ޝާމިންގެ މައްޗަށް ކުރަނީ ތިން ތުހުމަތެކެވެ. އެއީ މުދަލަށް ގެއްލުންދިނުގެ ތުހުމަތާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތުގެ އިތުރުން އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތެވެ. 

ޝާމިން ހައްޔަރުކޮށްގެން ގެންގޮސް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދުކރުީ 10 ދުވަހުގެ މުއްދަތަކަށެވެ. އެ ފަހަރު އޭނާ ބަންދުކުރީ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަކީ ބޮޑު ކުށަކަށްވާތީ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ކޯޓުން ނިންމާފަ އެވެ. 

ފުރަތަމަ ބަންދު އަމުރުގައި މިހެން އޮތް ނަމަވެސް، ޝާމިން ދޫކޮށްލަން ނެރުނު އަމުރުގައި ވަނީ އޭނާގެ މައްޗަށް ތުހުަމަތުކުރެވެނީ ޖިނާއީ ބޮޑު ކުށަކަށް ނޫން ކަމަށެވެ. އަދި، އޭނާ ކުރި ކަމެއްގެ ސަބަބުން މުަދަލަކަށް ލިބުނު ގެއްލުމެއް ނޫނީ ފުލުހަކަށް ލިބުނު އަނިޔާއެއް ނުވާ ކަމަށް ވެސް ގާޒީ ފާހަގަކުރެއްވި އެވެ.

"މީނާގެ މައްޗަށް ކުރެވިފައި ވަނީ ޖިނާއީ ބޮޑު ތުހުމަތަކަށް ނުވުމާއި މީނާގެ ތުހުމަތުގައި ތަހުގީގުގައި މި ވަގުތު ނުނިމިވަނީ ހަމައެކަނި ސީސީޓީވީ ފުޓޭޖު އެނަލައިސް ކުރުން ކަމަށް ފުލުހުން ބުނެފައި ވާތީ އާއި މި މައްސަލައިގައި މީނާގެ އަމަލަކުން މުދަލަކަށް، ފުލުހަކަށް ޖިސްމާނީ އަނިޔާއެއް ވެފައި ނުވާ ކަން ހުށަހެޅިފައިވާ ކަންކަމުން ސާފު ވާން އޮންނާތީ" ބަންދުން ދޫކޮށްލާ ސަބަބު ކަމަށް އަމުރުގައި ބަޔާންކޮށްފައި އޮތެވެ. 

ޝާމިން ދޫކޮށްލީ ފުރަތަމަ މުއްދަތު ހަމަވީ ފަހުން، ދެ ވަނަ ފަހަރަށް ބަންދުގެ މުއްދަތު ޖަހާފައި ވަނިކޮށެވެ. 

މީގެ ކުރިން މެއި މަހުގެ ތެރޭގައި ވެސް ފުލުހުން އޭނާ ހައްޔަރުކޮށް ބަންދުގައި ބެހެއްޓި އެވެ. އެފަހަރު އޭނާ ހައްޔަރުުކުރީ ނޫސްވެރިންގެ ހައްގުގައި މާލޭގައި ކުރި މުޒާހަރާތަކުގެ ތެރެއިންނެވެ. އެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox