ފަޅުރަށެއްގެ ގޮތުގައި މުއިއްޒު ކަނޑައެޅި ހިރިމަރަދޫގައި ވަޒީފާ އަދާކުރަން ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި

Sep 20, 2026, 6:30 PM
ހދ. ހިރިމަރަދޫ: އެ ރަށުގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމަށް ވަނީ ނިންމާފައި

ހދ. ހިރިމަރަދޫ: އެ ރަށުގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމަށް ވަނީ ނިންމާފައި

ޑިސެމްބަރު 2025، ގައި ރައީސް މުހައްމަދު މުއިއްޒުގެ ގަރާރަކުން ފަޅުރަށެއްގެ ގޮތުގައި ކަނޑައެޅި ހދ. ހިރިމަރަދޫގައި ވަޒީފާ އަދާކުރަން ޖެހޭ ގޮތަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުންނަށް ވަޒީފާ ދީފި އެވެ. 

އަދަދުއަށް ލިބިފައިވާ ލިޔެކިޔުމުން އެނގޭ ގޮތުގައި ހިރިމަރަދޫގެ އައިޝަތު ޖުވައިރިޔާ އަދި ޖުވައިރިޔާ އުސްމާނަށް ވަނީ 20،000ރ. ގެ މުސާރަ ލިބޭ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމު ދީފަ އެވެ. އޭގެ ތެރެއިން ޖުވައިރިޔާ އުސްމާނަށް މަގާމު ދިނީ އޮގަސަްޓު 27، ގައި ކަމަށްވާއިރު އައިޝަތު ޖުވައިރިޔާއަށް މަގާމު ދިނީ ސެޕްޓެމެްބަރު 6، ގަ އެވެ. 

އެ ދެ މީހުން ވެސް އައްޔަނުކުރީ ޔޫތު މިނިސްޓްރީއަށެވެ. ނަމަވެސް، ވަޒީފާ އަދާކުރަން ޖެހޭ ތަނެއް ކަމަށް ވަޒީފާ ދިންކަމުގެ ލިޔުމުގައި އޮތީ ހިރިމަރަދޫ އެވެ.  

އެ ރަށުގެ އެހެން މީހަކަށް ވެސް މިފަދަ މަގާމެއް ދިންކަން ވަނީ އެނގިފަ އެވެ. ނަމަވެސް އޭނާގެ މައުލޫމާތެއް މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެ އެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ތިން މީހުންނަކީ ވެސް ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހަރަކާތްތެރިންނެވެ. 

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކައުންސިލެއް އޮންނައިރު މި އަހަރު ބޭއްވި ކައުންސިލް އިންތިހާބުގައި ހިރިމަރަދޫއަށް ކައުންސިލެއް އިންތިހާބެއް ނުކުރެ އެވެ. އެއީ މުއިއްޒުގެ ގަރާރަކުން އެ ރަށުގެ ކައުންސިލް އުވާލުމުންނެވެ. ހިރިމަރަދޫ ކައުންސިލް އުވާލުމުން، އެ ރަށުގެ ރައްޔިތުން ވޯޓުލާން ޖެހުނީ ހަނިމާދޫ ކައުންސިލަށް މީހުން އިންތިހާބު ކުރުމަށެވެ.

ހިރިމަރަދޫ ކައުންސިލް އުވާލާފައިވާތީ އެ ރަށުގެ އަސާސީ އަދި ރަށްވެހި ހިދުމަތްތައް ދިނުމަށް ހަރަދު ކުރަން ޖެހެނީ ހަނިމާދޫ ކައުންސިލުންނެވެ. ސަރުކާރުން ނިންމީ ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމަށެވެ. ބޯހިމެނުން 2022 އިން ދައްކާ ގޮތުގައި ހިރިމަރަދޫގައި ދިރިއުޅެނީ 260 މީހުންނެވެ. 

ދ. މީދޫ ރައްޔިތުން ދަތުރުދާނެ ރަށެއްގެ ގޮތުގައި ކަނޑައެޅި އެ އަތޮޅު އުއްދޫ ބެލެހެއްޓުމަށް ޑެޕިއުޓީ މިނިސްޓަރެއް ވެސް މި ސަރުކާރުން އައްޔަނުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox