މެލޭޝިއާ ސަރުކާރު ވައްޓާލަން އެހީވާން ހުށަހެޅި ކަމަށް ބުނާ ތުހުމަތު އެމެރިކާއިން ދޮގުކޮށްފި

Sep 7, 2026, 11:54 AM
މެލޭޝިއާގައި ހުންނަ އެމެރިކާ އެމްބަސީގެ ޗާޖް ޑި އެފެއާޒް ޑޭވިޑް އެޗް ގޭމްބްލް ޖޫނިއާ. -- ފޮޓޯ: ފޭސްބުކް/ ޔޫއެސް އެމްބަސީ ކުއާލަލަމްޕޫރު

މެލޭޝިއާގައި ހުންނަ އެމެރިކާ އެމްބަސީގެ ޗާޖް ޑި އެފެއާޒް ޑޭވިޑް އެޗް ގޭމްބްލް ޖޫނިއާ. -- ފޮޓޯ: ފޭސްބުކް/ ޔޫއެސް އެމްބަސީ ކުއާލަލަމްޕޫރު

މެލޭޝިއާގެ ސިޔާސީ މަޝްރަހަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމަށް ބުނެ ކުރާ ތުހުމަތުތައް، އެ ގައުމުގައި ހުންނަ އެމެރިކާގެ އެމްބަސީން ދޮގުކޮށްފި އެވެ.

އެމްބަސީގެ ފޭސްބުކް ޕޭޖުގައި އާންމުކުރި ބަޔާނެއްގައި، އެމްބަސީ ހިންގެވުމާ ހަވާލުވެ ހުންނެވި ޑޭވިޑް އެޗް ގޭމްބްލް ޖޫނިއާ ވިދާޅުވީ، މެލޭޝިއާގެ ސިޔާސީ ލީޑަޝިޕް ކަނޑައެޅުމަށް އެމެރިކާއިން ދުވަހަކުވެސް މަސައްކަތް ކޮށްފައި ނުވާނެ ކަމަށެވެ.

އަދި އެ ނޫން ގޮތަކަށް ދެކެވޭ ކޮންމެ ވާހަކައަކީ ދޮގެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement

އެމެރިކާ އެމްބަސީން މިފަދަ ބަޔާނެއް ނެރެފައި މިވަނީ، 2014 ވަނަ އަހަރު މެލޭޝިއާގެ ސަރުކާރު ވައްޓާލުމަށް އެހީތެރިވެދޭނެ ކަމަށް އެމެރިކާއިން ހުށަހެޅި ކަމަށް، ޕާޓީ އިސްލާމް ސެ-މެލޭޝިއާ (ޕާސް) ގެ ރައީސް އަބްދުލް ހާދީ އަވާން ވިދާޅުވުމާ ގުޅިގެންނެވެ.

މެލޭޝިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެ ޕާޓީގެ އަހަރީ ކޮންގްރެސްގައި ހާދީ ވިދާޅުވީ، އެ ހުށަހެޅުން ލިބުނީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އެ އަހަރު މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް ކަމަށެވެ.

ހާދީ ވިދާޅުވި ގޮތުގައި، ޕާސް އަކީ އޭރުގެ އިދިކޮޅު ކޯލިޝަން ކަމަށްވާ "ޕަކަޓާން ރަކްޔަތު" ގެ ބައިވެރިއެއްގެ ގޮތުގައި އޮތް އިރު، ކުއާލަލަމްޕޫރުގައި ހުންނަ އެމެރިކާ އެމްބަސީގައި ބޭއްވި ބައްދަލުވުމަކަށް އެ ޕާޓީގެ ބައެއް އިސް ބޭފުޅުންނަށް ދައުވަތު ދިނެވެ.

އެ ބައްދަލުވުމުގައި ޕާސްގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް ތަކިޔުއްދީން ހަސަން އާއި، އޭރު ހާދީގެ ސިޔާސީ ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަހުމަދު ސަމްސޫރީ މުޚްތާރު ބައިވެރިވެވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ދަ މެލޭ މެއިލް" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ބައްދަލުވުމުގައި އެމެރިކާ އެމްބަސީގެ މަންދޫބުން ވަނީ އޭރުގެ ސަރުކާރު ވައްޓާލައި، ވެރިކަމާ ހަވާލުވުމަށް ޕާސް އަށް އެހީތެރިވެދިނުމުގެ ފުރުސަތު އޮތް ކަމަށް ބުނެފަ އެވެ.

ނަމަވެސް، ބޭރުގެ އެއްވެސް ގައުމަކުން އެފަދަ ގޮތަކަށް ކަންކަމުގެ ތެރެއަށް ވަނުމަށް އެ ޕާޓީގެ ލީޑަރުން އިންކާރު ކުރެއްވި ކަމަށް ހާދީ ވިދާޅުވި އެވެ.

ހާދީ އިތުރަށް ވިދާޅުވީ، އޭރު މެލޭޝިއާގައި ހުންނެވި އެމެރިކާގެ ސަފީރު ވަކިން އޭނާއާ ބައްދަލުކުރައްވައި، ޕާސް އިން ވެރިކަމާ ހަވާލުވެއްޖެ ނަމަ ބޮޑުވަޒީރުގެ މަގާމަށް ހުށަހަޅާނީ ކާކުގެ ނަންތޯ ސުވާލު ކުރެއްވި ކަމަށެވެ.

"ދަ ސްޓާ" ނޫހުގައިވާ ގޮތުން، އެ ސުވާލުގެ ޖަވާބުގައި "އެމެރިކާއިން އެއްބަސްވަނީ ކާކާ ހެއްޔެވެ؟" މިފަދައިން ސަފީރާ ސުވާލު ކުރެއްވި ކަމަށް ހާދީ ވިދާޅުވި އެވެ.

ހާދީ ވިދާޅުވި ގޮތުގައި އޭނާ ދެއްވި އެ ޖަވާބަށް މަހާތީރު މުހައްމަދު ވަނީ ތާއީދު ކުރައްވައި ތައުރީފު ކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މައިކްރޯސޮފްޓްގެ ހިދުމަތްތަކަށް ބުރޫ އަރައިފި

މައިކްރޯސޮފްޓްގެ އިންފްރާސްޓްރަކްޗާއަށް ބާރުބޮޑުވުމުގެ ސަބަބުން، އައުޓްލުކް އާއި ޓީމްސް ހިމެނޭހެން އެ ކުންފުނީގެ ގިނަ ހިދުމަތްތަކަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި މައްސަލަ ހައްލުކޮށް ހިދުމަތްތައް އާންމު ހާލަތަށް ގެނައުމަށްޓަކައި އެ ކުންފުނިން ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. ބައެއް ސަރަހައްދުތަކަށް މިހާރު ހިދުމަތް ލިބުނު ނަމަވެސް، މައްސަލަ އެއްކޮށް ހައްލުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ގާޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ ޑޮކްޓަރަކާއި ކުއްޖަކު މަރާލައިފި

ގާޒާގެ ނާސިރު ހޮސްޕިޓަލަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާއެއްގައި ޑޮކްޓަރަކާއި ކުޑަކުއްޖަކު ހިމެނޭހެން ހަ މީހަކު ޝަހީދުވެ، 40 މީހުންނަށް އަނިޔާވެއްޖެއެވެ. އެމެރިކާގައި އުފައްދާފައިވާ ބޮން ބޭނުންކޮށްގެން ދިން މި ހަމަލާގައި ހޮސްޕިޓަލުގެ ސާޖަރީ ޔުނިޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިޒްރޭލުން ބުނަނީ މިއީ ހަމާސްގެ ކޮމާންޑަރަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.

އެންވީޑިއާގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވީ، އޭނާ ބޭއްވި ނަހަމަ ގުޅުންތަކެއްގެ ތެރޭގައި ޗައިނާގެ ޖާސޫސަކު ހިމެނޭ ކަމަށް ތުހުމަތު ކުރެވި ގައުމީ ސަލާމަތަށް ނުރައްކާވުމާ ގުޅިގެންނެވެ. މި ހާދިސާއާ އެކު ކުންފުނީގެ ބާޒާރުގެ އަގުން 550 ބިލިއަން ޑޮލަރު އުނިވެފައިވާއިރު، ވަގުތީ ގޮތުން ކުންފުނި ހިންގުމާ ހަވާލުވެވަޑައިގަތީ ސީއެފްއޯ ކޮލެޓް ކްރެސް އެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ދަނީ މި މައްސަލަ ތަހުގީގުކޮށް، ޖެންސަން ކޮންގްރެސްއަށް ހާޒިރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

އޭއައި ފޮތްތަކެއް ގަތް މައްސަލަ އިންޑިއާގައި ތަހުގީގު ކުރަނީ

އިންޑިއާގެ ޓެމިލް ނާޑޫގައި އަލަށް ހުޅުވި ކުތުބުޚާނާއަކަށް އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ، ސައްހަ ނޫން މައުލޫމާތު ހިމެނޭ ފޮތްތަކެއް ގަތް މައްސަލަ ތަހުގީގުކުރަން އެ ގައުމުގެ ކޯޓުން އަމުރުކޮށްފިއެވެ. "އޭއައި ސްކޭމް" އެއްގެ ގޮތުގައި ސިފަކުރެވޭ މި މައްސަލައިގައި، ފޮތްތައް ސަޕްލައިކުރި ފަރާތުގެ އެކައުންޓްތައް ހިފެހެއްޓުމަށާއި މި ތަހުގީގު އެހެން ކުތުބުޚާނާތަކަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ.

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަނީ

ދެކުނު އޭޝިއާގެ އާބާދީ ހަލުވިކަމާއެކު މުސްކުޅިވަމުންދާތީ، ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި މަސައްކަތްކުރާ އުމުރުގެ އާބާދީ ދަށްވާން ފަށާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ވަނީ ދީފައެވެ. މި ބަދަލުގެ ސަބަބުން ސަރަހައްދުގެ އިގްތިސާދީ ކުރިއެރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، އުފެއްދުންތެރިކަން ދަށްވާނެ ކަމަށް އެ ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އާސިއާންގެ ތަރައްގީއަށް 7.1 ޓްރިލިއަން ޑޮލަރު ބޭނުންވޭ: އޭޑީބީ

ދެކުނު އިރުމަތީ އޭޝިއާގެ އިގްތިސާދީ ކުރިއެރުން ދެމެހެއްޓުމަށްޓަކައި 2040 ވަނަ އަހަރުގެ ނިޔަލަށް އުމްރާނީ ތަރައްގީއަށް 7.1 ޓްރިލިއަން ޑޮލަރު ބޭނުންވާ ކަމަށް އޭޑީބީގެ ރިޕޯޓަކުން ދައްކައިފިއެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ބޭނުންވަނީ ކަރަންޓާއި ދަތުރުފަތުރުގެ ދާއިރާއަށް ކަމަށްވާއިރު، ސަރުކާރުތަކުގެ ބަޖެޓުން މި ފައިސާ ހަމަޖެއްސުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އެ ބޭންކުން ފާހަގަކުރެއެވެ.

މައްސަލަ ތަހުގީގުކުރަން އެންވީޑިއާއިން ލޯ ފާމްތަކަކާ ހަވާލުކޮށްފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން، ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގުޅުން ބޭއްވި މައްސަލަ ތަހުގީގުކުރަން އެމެރިކާގެ ވަރުގަދަ ލޯ ފާމަކާ އެކުންފުނިން ހަވާލުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން އެފްބީއައި އިން ވެސް ތަހުގީގެއް ފަށާފައިވާއިރު، އެންވީޑިއާގެ ބާޒާރުގެ އަގުން 500 ބިލިއަން ޑޮލަރު ވަނީ ވެއްޓިފައެވެ. މިއީ އެމެރިކާގެ ގައުމީ ސަލާމަތާ ގުޅުންހުރި މުހިންމު މައްސަލައެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.

Newsletter

Get the latest news delivered straight to your inbox