ޔަމަން-ސައުދީ އަރަބިއްޔާ
7 ލިޔުން
ފަހުގެ
ދުނިޔެއެއާޕޯޓަކާއި ތެޔޮ ފެސިލިޓީއަކަށް ދިން ހަމަލާގައި ހަތަރު މަރު
ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާގެ އެއާޕޯޓަކަށާއި ތެޔޮ ފެސިލިޓީއަކަށް ދިން ޑްރޯން އަދި މިސައިލް ހަމަލާތަކެއްގައި ތަފާތު ގައުމުތަކަށް ނިސްބަތްވާ ހަތަރު މީހަކު މަރުވެ، އަށް މީހަކު ޒަޚަމްވެއްޖެއެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ ދައްމާމްގައި ހުންނަ ކިންގް ފަހުދު އެއާޕޯޓަށާއި އަރާމްކޯގެ ތެޔޮ ފެސިލިޓީއަކަށް ކަމަށްވާއިރު، ސައުދީ ކޯލިޝަނުން ވަނީ އިތުރު ހަމަލާތަކެއް ވައިގެ ތެރޭގައި ނާކާމިޔާބުކޮށްލާފައެވެ.
ދުނިޔެސައުދީ ދިފާއުކުރުމަށް އިނގިރޭސިވިލާތުގެ ބޯޓުތައް ފޮނުވަނީ
ޔަމަނުގެ ހޫތީން ދެމުންދާ މިސައިލް އަދި ޑްރޯން ހަމަލާތަކުން ސައުދީ އަރަބިއްޔާ ދިފާއުކުރުމަށް އެހީތެރިވުމުގެ ގޮތުން، އިނގިރޭސިވިލާތުގެ ރޯޔަލް އެއާ ފޯސްގެ މަތިންދާބޯޓުތައް ފޮނުވުމަށް އެ ގައުމުން ނިންމައިފިއެވެ. އިނގިރޭސި ސަރުކާރުން ހާމަކުރި ގޮތުގައި މި ބޯޓުތައް ބޭނުންކުރާނީ ހަމައެކަނި ސައުދީގެ އުމްރާނީ ވަސީލަތްތައް ރައްކާތެރިކުރުމުގެ ދިފާއީ މަސައްކަތްތަކަށެވެ.
