ކުޅުންތެރިންގެ ހިތްވަރާ މެދު ފަހުރުވެރިވަން، އަންހެން ފުޓްބޯޅަ ޕްލޭނެއްނެތި ކުރިއަށް ނުދާނެ: ސޮބާ

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ).--- ފޮޓޯ: މޯލްޑިވްސް ސޮކަ މޭޓްސް / ފޭސްބުކް

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ).--- ފޮޓޯ: މޯލްޑިވްސް ސޮކަ މޭޓްސް / ފޭސްބުކް

އިންޑިއާގެ ގޯއާގައި މިހާރު ކުރިއަށްދާ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ކުރި ހިތްވަރާ މެދު ފަހުރުވެރިވާ ކަމަށާއި، ހަގީގަތަކީ މި ސަރަހައްދުގެ އަންހެން ފުޓްބޯޅަ ކުރިއަރައިގެން ދާ ގޮތަށް ބަލާއިރު، ރާއްޖޭން ޕްލޭނެއް ނެތި ތިބެގެން ކުރިއަށް ނުދެވޭނެކަން ކަމަށް ގައުމީ އަންހެން ޓީމުގެ ކޯޗު، ސޮބާހު މުހައްމަދު (ސޮބާ) ބުނެފި އެވެ. 

ހަ ގައުމު މި ފަހަރުގެ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ވާދަކުރާއިރު، ރާއްޖެ ހިމެނުނީ މުބާރާތުގެ ކާމިޔާބު ދެ ގައުމު ކަމަށްވާ އިންޑިއާ އާއި ބަންގްލަދޭޝްއާ އެއް ގްރޫޕެއްގަ އެވެ. ފުރަތަމަ މެޗުގައި، ފަސް ފަހަރު ޗެމްޕިއަން ހޯދާފައިވާ އިންޑިއާ އަތުން 11-0 އިން ބަލިވިއިރު، އެންމެ ފަހުން ދެ ފަހަރު މުބާާރާތުގެ ޗެމްޕިއަންކަން ހޯދި ބަންގްލަދޭޝާ ދެކޮޅަށް ރޭ ފަހަތުން އަރައި، އެއްވަރުކުރި މެޗުން ރާއްޖެ ބަލިވީ 4-2 އިންނެވެ. 

ތިން ޓީމު ވާދަކުރާ މި ގްރޫޕުގައި ރާއްޖެ ދެ މެޗުން ބަލިވުމުން، އިންޑިއާ އާއި ބަންގްލަދޭޝް ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެެވެ. 

Advertisement

ޗެމްޕިއަން ބަންގްލަދޭޝް ކައިރީގައި ރާއްޖޭގެ ހިތްވަރުގަދަ ކުޅުމެއް

ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ކުޅުުނު ފަހު މެޗުގައި އެންމެ ފަހުން ދެ ފަަހަރުގެ ޗެމްޕިއަން، ބަންގްލަދޭޝް ކައިރީގައި ހިތްވަރުގަދަ ކުޅުމެއް ވަނީ ދައްކައިފައި. ރާއްޖޭން ފަހަތުން އަރައި، 2-2 އިން އެއްވަރުކުރި މި މެޗުގައި ބަންގްލަދޭޝް ވަނީ 4-2 އިން މޮޅުވެފައި.

ރޭގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ސޮބާ ބުނީ، އޭނާ އަކީ 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު ކަމަށާއި ގައުމީ އަންހެން ޓީމާ ހަވާލުވެ މުބާރާތަށް ތައްޔާރުވާން ލިބުނީ އެންމެ 28 ދުވަސް ކަމަށެވެ. އަދި، އެ މުއްދަތުގެ ތެރޭގައި، ކުރެވުނު މަސައްކަތާ އަޅާބަލާއިރު، ޓީމުގެ ފަރާތުން މި ދެ މެޗުގައި ފެނިގެންދިޔަ ކުރިއެރުމާއި ކަންކަމަށްޓަކައި، ފަހުރުވެރިވާ ކަމަށް ސޮބާ ވަނީ ބުނެފަ އެވެ. 

"އަހަރެން ވެސް ހައިރާންވި 90 މިނިޓް ވަންދެން، ބަންގްލަދޭޝް ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް، އަހަރެމެންގެ ކުދިން އެ ކުރި ހިތްވަރު ފެނިފައި،" ސޮބާ ބުންޏެވެ. 

އޭނާ ބުނީ، މުބާރާތުގެ ފުރަތަމަ މެޗުގެ ތިން ދުވަހެއް ވަރު ކުރިން ގޯއާ އަށް ދެވުނު ނަމަ ވެސް ތައްޔާރުވުމުގައި ތަފާތެއް ފެނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެކަމަކު، ފުރަތަމަ މެޗަށް އިންޑިއާގެ ގޯއާ އަށް ގޮސް މުޅި ޓީމު ހަމަވީ، މެޗާ ދެމެދު 24 ގަޑިއިރު ވެސް ނެތް ފަދަ ހާލަަތެއްގައި ކަން ސޮބާ ފާހަގަކުރި އެެވެ. އެއީ، އަންހެން ޓީމުގެ ކުޅުންތެރިންތަކެއްގެ ލަގެޖް ގެއްލިގެން، މުމްބައި އެއާޕޯޓުގައި ބައެއް ކުޅުންތެރިން ތާށިވެ، ގޯއާ އަށް ކަނެކްޓިން ފްލައިޓަށް ނޭރެވުމުންނެވެ.

ރާއްޖޭން މުބާރާތުގައި ކުުޅުނީ ޓީމުގެ އެއް ވަނަ ކީޕަރު، އައިމިނަތު ލީޒާ (ލިޒީ) ނެތި، ދެ ވަނަ ކީޕަރު، ފާތިމަތު ސައުޝަން ހިމަނައިގެންނެވެ. ސޮބާ ވަނީ ގިނަ މެޗުތަކެއް ކުޅެން ނުލިބި ސައުޝަން ދެ މެޗުގައި ކުރި މަސައްކަތް ވެސް ފާހަގަކޮށްފަ އެވެ. 

ސޮބާ ބުނީ، ތައްޔާރީތަައް ރަނގަޅުވެ، ފުރިހަމަ އަށް ކަންކަން ގޮސްގެން، މުބާރާތަށް އާދެވުނު ނަމަ އިންޑިއާ މެޗުގެ އެ ނަތީޖާގެ ފަރަގު ކުޑަކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް، މި މުބާރާތަށް ހުރިހާ ކަމެއް ރަނގަޅަށް އޮތް ކަމުގައި ވިޔަސް، ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމަށް މި ވަގުތުގެ ޖުމްލަ ހާލަތު އޮތްގޮތުން އިންޑިއާ އާއި ބަންގްލަދޭޝް، އެ އޮތް ލެވަލްގައި ވާދަކުރުމަކީ އަދި ނުކުރެވޭނެ ކަމެއްގެ ގޮތުގައި ސޮބާ ވަނީ ބުނެފަ އެވެ. 

"އިންޑިއާ އާއި ބަންގްލަދޭޝާ ވާދަކުރުމަކީ މުޅިން އެހެން ވާހަކައެއް. ފަހަރެއްގައި ސްރީ ލަންކާއާ ކުރެވިދާނެ، އެކަމަކު އެވެސް ނޭނގެ. ވަރަށް ބޮޑު އިހުތިރާމެއް އެބައޮތް، ސްރީ ލަންކާ އަށް ވެސް ބަންގްލަދޭޝް އަށް ވެސް. ނޭޕާލް ވެސް އެ އޮތީ ވަރަށް ރަނގަޅު ލެވަލެއްގައި،" ސޮބާ ބުންޏެވެ. 

"މި ރީޖަނުގައި އަންހެން ފުޓްބޯޅަ ޑިވެލޮޕްވަމުން އަންނަ ގޮތް އެބަފެނޭ އަަހަރެމެންނަށް. ބޫޓާން ވެސް ޑިވެލޮޕްވަމުން އެ ދަނީ. އިންޑިއާ އާއި ބަންގްލަދޭޝް އިން އެ އަންނަނީ ވަރަށް ބޮޑަށް އިންވެސްޓްކުރަމުން. މިހެން ބުނަން ވެސް ދެރަވޭ، މި ވަގުތު އަހަރެމެންގެ ނެތް އެ ކަހަލަ ކަމެއް،" 

އެއް ރެއިން ނޫނީ ކުރު މުއްދަތެއްގެ ތެރޭގައި ކުރާ މަސައްކަތުން އައިސް، ދިގު މުއްދަތެއްގެ ޑިވެލޮޕްމަންޓެއް ނެތި ކާމިޔާބެއް ނުލިބޭނެ ކަމަށާއި ރާއްޖޭގެ އަންހެން ފުޓްބޯޅަ ކުރިއަރުވަން ރަނގަޅު ޕްލޭނެއްގެ ތެރެއިން ކުރިއަށްދިއުން މުހިންމު ކަމަށް ސޮބާ ވަނީ ބުނެފަ އެވެ. 

އޭނާ އަށް މަސައްކަތް ކުރަން ލިބުނު މުއްދަތުގައި، ލިބިފައިވާ ތަޖުރިބާގެ އަލީގައި ކުޅުންތެރިންނަށް ގިނަ ކަންތައްތަކެއް ކިޔައިދީ އުނގަނައިދެވުނު ކަމަށާއި ދެ މެޗަށް ބަލާއިރު، އޭގެ ބޭނުން ހިފައިގެން ވަރަށް ހިތްވަރު ލައިގެން، ކުޅުންތެރިން މަސައްކަތް ކުރި ކަމަށް ސޮބާ ވަނީ ފާހަގަކޮށްފަ އެެވެ. 

އަންހެން ފުޓްބޯޅަ ޑިވެލޮޕްކުރުމުގެ މަސައްކަތް ކުރާނަމަ، ވީހާވެސް ގިނައިން މެޗުތައް ކުޅެން ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމަކީ އެންމެ މުހިންމު ކަންތައް ކަމުގައި ސޮބާ ވަނީ ބުނެފަ އެވެ. އަދި، އެފްއޭއެމްގެ ޕްލޭން އެ ގޮތަށް ރޭވިގެން ދިއުން އެއީ ކޮންމެ ހެން ކުރަން ޖެހޭ ކަމެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކެރިކް ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަން ޕޮޗެޓީނޯ އަށް: ރިޕޯޓް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިނަމަ، އެ މަގާމަށް އެމެރިކާ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ. ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ ޔުނައިޓެޑުން ކެރިކާ މެދު ގޮތެއް ނިންމުމަށް ބޯޑު ބައްދަލުވުންތައް ބާއްވަމުންދާއިރު، ޕޮޗެޓީނޯގެ އިތުރުން ނާގަލްސްމަން އާއި އެޑީ ހޯވް ފަދަ ކޯޗުންނަށްވެސް އެ ކްލަބުން ފާރަލަމުންދެއެވެ.

ޕާކިސްތާނުން ތަށްޓާ މެދު އަދި ނުވިސްނާ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި ނަމަވެސް، އެ ޓީމުގެ މިހާރުގެ އަމާޒަކީ ހަމައެކަނި ފައިނަލަށް ދިއުން ކަމަށް ކޯޗު ސޮލާނޯ ބުނެފި. އަށް އަހަރަށްފަހު ސެމީއަށް ދަތުރުކުރި ޕާކިސްތާނުން ތަށްޓާ މެދު ވިސްނުމުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ކުރިއަށް އޮތް ސެމީ މެޗަށް ރަނގަޅަށް ތައްޔާރުވުމަށް

ރައުލް، ރެއާލް އޮވިއޭޑޯގެ ކޯޗަކަށް ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް، ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބް ރެއާލް އޮވިއޭޑޯގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ނިޔަލަށް ހަމަޖައްސައިފި. އޭނާ މި މަގާމާ ހަވާލުވީ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގައި ހަ އަހަރު ދުވަހު ކޯޗުކަން ކުރުމަށްފަހު، ނަތީޖާ ދަށްވުމުގެ ސަބަބުން ވަކިކުރި ޖޫލިއަން ކަލޭރޯގެ ބަދަލުގައި

ތަޖުރިބާ ރަނގަޅު، ބޭނުމީ ވަރުގަދަ ޓީމުތަކާ ކުޅެން: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ތިންވަނަ ރާއްޖެއަށް ލިބުނުއިރު، މިއީ ގައުމީ ޓީމުގެ ކުރިއެރުމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ކެޕްޓަން އިމްރާން (އިންމި) ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ ޓީމުން މިހާރު ބޭނުންވަނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ފެންވަރު ރަނގަޅުކުރަން ކަމަށް

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

Newsletter

Get the latest news delivered straight to your inbox