ޕޯޗުގަލްގެ އާ ކޯޗު ޖީސޫސް ނެގި ފުރަތަމަ ސްކޮޑުގައި ރޮނާލްޑޯ ހިމަނައިފި

Sep 18, 2026, 8:13 PM
މިދިޔަ ސީޒަނުގެ އަލް ނަސްރު މެޗެއްގެ ތެރެއިން، ރޮނާލްޑޯ (ކ) އާއި ޖޯޖް ޖީސޫސް.

މިދިޔަ ސީޒަނުގެ އަލް ނަސްރު މެޗެއްގެ ތެރެއިން، ރޮނާލްޑޯ (ކ) އާއި ޖޯޖް ޖީސޫސް.

ލިޒްބަން، ޕޯޗުގަލް (ސެޕްޓެމްބަރު 18) - ޕޯޗުގަލްގެ އާ ކޯޗު ޖޯޖް ޖީސޫސް އެ ޓީމާ ހަވާލުވެ ނެގި ފުރަތަމަ ސްކޮޑުގައި އުމުރުން 41 އަހަރުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަނައިފި އެވެ. 

މި ފަހުން، ވޯގު އަށް ދިން އިންޓަވިއުއެއްގައި، ރޮނާލްޑޯ ވަނީ، މިއީ، ކެރިއަރުގައި އޭނާގެ ފަހު އަހަރަށް ވެދާނެ ކަމަށް ބުނެފަ އެވެ. ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ އަލް ނަސްރާ އެކު، ރޮނާލްޑޯ ހަދާފައި އޮތް ކޮންޓްރެކްޓް އަންނަ އަހަރުގެ ޖޫންގެ ނިޔަލަށް ހަމަވާނެ އެވެ.

ރޮނާލްޑޯ މި ސީޒަނަށް ފަހު ޕްރޮފެޝަނަލް ފުޓްބޯޅަ އިން ރިޓަޔާކުރަން ނިންމައިފި

ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ މި ސީޒަނަށް ފަހު ކުޅުން ހުއްޓާލަން ނިންމައިފިއެވެ. އުމުރުން 41 އަހަރުގެ ރޮނާލްޑޯ މިކަން ހާމަކުރީ ވޯގް އަށް ދިން އިންޓަވިއުއެއްގައި. އޭނާ މިހާރު ކުޅެމުންދާ އަލް ނަސްރާއާއެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރުގެ ޖޫން މަހަށް ހަމަވާނެ

ރޮނާލްޑޯ އަށް އަލް ނަސްރުގައި ކޯޗުކޮށްދިން ޖީސޫސް ވަނީ، ދާދި ފަހުން ޕޯޗުގަލްގެ ކޯޗުކަމާ ހަވާލުވެފަ އެވެ. އެއީ، މި ފަަހަރު، އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބޭއްވި ފީފާ ވޯލްޑް ކަޕަށް ފަހު ޕޯޗުގަލް ކޯޗުކަމުން، ރޮބާޓޯ މާޓިނޭޒް ވަކިވުމުންނެވެ. 

ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަންކަން ހަތް އަހަރަށް ފަހު، މިދިޔަ ސީޒަނުގައި އަލް ނަސްރަށް ހޯދައިދިން ބެންފީކާގެ ކުރީގެ ކޯޗު ޖީސޫސް މި ވަނީ ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކުގައި، ޕޯޗުގަލް އިން ކުޅޭ ޔުއެފާ ނޭޝަންސް ލީގުގެ ހަތަރު މެޗަށް ނެގި 25 ކުޅުންތެރިންގެ ސްކޮޑުގައި ރޮނާލްޑޯގެ ނަން ހިމަނައިފަ އެވެ. 

ޕޯޗުގަލްގެ ޕްރެކްޓިހެއްގެ ތެރެއިން ކްރިސްޓިއާނޯ ރޮނާލްޑޯ.
ޕޯޗުގަލްގެ ޕްރެކްޓިހެއްގެ ތެރެއިން ކްރިސްޓިއާނޯ ރޮނާލްޑޯ.

ޕޯޗުގަލް ގައުމީ ޓީމާ އެކު، 2016 ވަނަ އަހަރުގެ ޔޫރޯގެ އިތުރުން ޔުއެފާ ނޭޝަންސް ލީގުގެ ދެ ތަށި ހޯދި ރޮނާލްޑޯ އަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތް ކުޅުންތެރިޔާ އެވެ. ހަ ވޯލްޑް ކަޕެއްގައި ޕޯޗުގަލް އަށް ކުޅެދިން ރޮނާލްޑޯ ވަނީ، ގައުމީ ޓީމަށް ކުޅެދިން، 233 މެޗުން 146 ލަނޑު ޖަހައިފަ އެވެ. 

މި ފަހަރުގެ ވޯލްޑް ކަޕަށް ފަހު، ދެން ގައުމީ ޓީމުގެ މުބާރާތަކުން ފެނިދާނެތޯ ސުވާލުކުރުމުން، ރޮނާލްޑޯ އޭރު ބުނެފައިވަނީ އާއިލާއާ އެކު ވަގުތު ހޭދަކުރުމަށް ފަހު، އެ ކަމަށް ގޮތެއް ނިންމާނެ ކަމަށެވެ. 

ތަފާތު ހަ ވޯލްޑް ކަޕެއްގައި ކުޅެފައިވާ ރޮނާލްޑޯ އަށް އަންނަ އަހަރުގެ ނޭޝަންސް ލީގުގެ ފައިނަލްގެ ކުރިން، 42 އަހަރު ފުރޭނެ އެވެ. އަދި، 2028 ވަނަ އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނައިރު، ރޮނާލްޑޯގެ އުމުރުން 43 އަހަރުވާނެ އެވެ. 

ޔޫރޯއެއްގައި އެންމެ ފަހުން ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިއަކީ ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭ އެވެ. އެ ގޮތުން، 2024 ވަނަ އަހަރުގެ ޔޫރޯގައި ޕެޕޭ ކުޅުނުއިރު، އޭނާ އުމުރަކީ، 41 އަހަރާއި 130 ދުވަހެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox