ބަންކަރިން ހިދުމަތުން 80 މިލިއަން ޑޮލަރު ލިބިއްޖެ: ސައީދު

ސެޕްޓެމްބަރު 19، 2024 ގައި ބަންކަރިން ހިދުމަތް ފެށި ރަސްމިއްޔާތުގައި ސައީދު ވާހަކަ ދައްކަވަނީ: ސައީދުގެ "އަމާޒަކީ" ބަންކަރިން ހިދުމަތުން 400 މިލިއަން ޑޮލަރު ހޯދުން --- ފޮޓޯ: އެސްޓީއޯ

ސެޕްޓެމްބަރު 19، 2024 ގައި ބަންކަރިން ހިދުމަތް ފެށި ރަސްމިއްޔާތުގައި ސައީދު ވާހަކަ ދައްކަވަނީ: ސައީދުގެ "އަމާޒަކީ" ބަންކަރިން ހިދުމަތުން 400 މިލިއަން ޑޮލަރު ހޯދުން --- ފޮޓޯ: އެސްޓީއޯ

ޑޮލަރު އާމްދަނީ ވަންނަ މިންވަރު ވަރަށް ބޮޑަށް އިތުރުވެ، ބޮޑު ފައިދާއެއް ލިބޭނެ ކަމަށް ބުނެ ސަރުކާރުން ފެށި ބަންކަރިން ހިދުމަތުން 80 މިލިއަން ޑޮލަރު ލިބިއްޖެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މި އަދަދު ހިއްސާކުރައްވަމުން ސައީދު ވިދާޅުވީ، މިއީ މީގެ ކުރިން ރާއްޖެއަށް ވަން އާމްދަނީއެއް ނޫން ކަމަށެވެ. އަދި، އުއްމީދަކީ އެ ހިދުމަތުން ލިބޭ އާމްދަނީ މިއަށް ވުރެ ވެސް މަތި ވުން ކަމަށް އޭނާ ވިދާޅުވި އެވެ.

ސައީދު މިހެން ޖަވާބު ދެއްވީ ބަންކަރިން ހިދުމަތުން އަހަރެއްގެ ތެރޭގައި 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އޭނާ ކުރިން ވިދާޅުވެފައިވާ ވާހަކައާ ގުޅުވާ ނޫސްވެރިޔާ ސުވާލުކުރުމުންނެވެ. މިއީ މި ހިދުމަތް ފެށުމުގެ ކުރިން ޕީއެންސީ ހަރުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވި އަދަދެކެވެ.

Advertisement

ނަމަވެސް ފަހުން ސައީދު ވަނީ އެއީ އަމާޒެއް ކަމަށާއި، އެއްވެސް އިރެއްގައި ސީދާ އެވަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ނުބުނާ ކަމަށް ވިދާޅުވެ، ކުރިން ވިދާޅުވި ވާހަކަތަކުން ބަރީއަވެވަޑައިގެންފަ އެވެ. 

މިއަދު ވެސް ސައީދު ވިދާޅުވީ އެއީ ޕާޓީގެ ޕޯޑިއަމްގައި އޭނާ ދެއްކި ވާހަކައެއް ކަމަށެވެ. އަދި އެ ގޮތަށް ޕާޓީގެ ވަރަށް ބައިވަރު ވިސްނުންތައް ހުރި ކަމަށާއި، މިހާރު ކުރެވުނު މަސައްކަތުން އެ ކަންކަން ހާސިލުވާނެ ކަމުގެ އުއްމީދު ވަރަށް ބޮޑަށް އާވެގެން ގޮސްފި ކަމަށް އޭނާ ވިދާޅުވި އެވެ. 

ސައީދު ހާމަކުރެއްވި ގޮތުގައި ބަންކަރިންއިން މި ވަރުގެ އަދަދެއް ލިބުން ބޮޑު ކާމިޔާބީއަކަށް ވަނީ، ބަނދަރެއް ވެސް ނެތި ފަށައިގެން އާމްދަނީ ލިބެމުން އަންނާތީ އެވެ. 

ބަންކަރިންގެ ހިދުމަތާއެކު ސަރުކާރުން އިހަވަންދިއްޕޮޅުގައި މި ކަމަށް ހާއްސަ ބޮޑު ބަނދަރެއް ތަރައްގީކޮށް، ގިނަ ހިދުމަތްތަކެއް ތައާރަަފުކުރާނެ ކަމަށެވެ. އޭގެތެރޭގައި ޝިޕް ޓު ޝިޕް ސާވިސް އާއި ކްރޫ ޗޭންޖު ހިދުމަތުގެ އިތުރުން ވޯޓާ ބަންކަރިން އާއި މެއިންޓެނެންސް ހިދުމަތް އަދި ބޯޓުފަހަރަށް ޕްރޮވިޝަންސް ސަޕްލައި ކޮށްދިނުން ހިމެނި އެވެ. 

މިހެން ނަމަވެސް މިއަދާ ހަމައަށް އައިއިރު، މި މަޝްރޫއުގެ އަމަލީ މަސައްކަތެއް ނުފަށަ އެވެ. މިކަން ހަވާލުކޮށްފައިވާ އެސްޓީއޯއިން މިއަދާ ހަމައަށް މި ހިދުމަތް ދެމުން އަންނަނީ އެކި ސަރަހައްދުތަކުގައި އެ ކުންފުނީގެ ބަންކަރު ބޯޓުތައް ބާއްވައިގެންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސިނެޓެކްސްގެ ވެބްސައިޓް އަލުން ފަރުމާކޮށްފި

ދިވެހި ތިން ޒުވާނުން އުފެއްދި "ސިނެޓެކްސް" ކުންފުނިން ބައިނަލްއަގުވާމީ ބާޒާރަށް އަމާޒުކޮށް އެ ކުންފުނީގެ ވެބްސައިޓް އަލުން ފަރުމާކޮށްފިއެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ދިވެހިބަހާ އެއްގޮތަށް ޑިޖިޓަލް ވަސީލަތްތައް މަދު ބަސްތަކަށް އޭއައި މޮޑެލްތަކާއި ސައިބަރ ސެކިއުރިޓީ ހައްލުތައް ފޯރުކޮށްދިނުމެވެ. އެގޮތުން 'ތާނަ އޭއައި' މެދުވެރިކޮށް ލިބޭ ހިދުމަތްތައް ފުޅާކޮށް، ކުރިއަށް އޮތް "ސްލަޝް 2026" ކޮންފަރެންސްގައި ދުނިޔޭގެ ފެންވަރުގައި މި ޓެކްނޮލޮޖީ ތައާރަފުކުރުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

Newsletter

Get the latest news delivered straight to your inbox