ނޭމާ ނެތްތަން ފޫބައްދަން ބްރެޒިލަށް އުނދަގޫވާނެ: އަންޗެލޮޓީ

Sep 15, 2026, 8:15 AM
މި ފަހަރުގެ ވޯލްޑް ކަޕް މެޗެއްގެ ތެރެއިން އަންޗެލޮޓީ (ކ) އާއި ނޭމާ.

މި ފަހަރުގެ ވޯލްޑް ކަޕް މެޗެއްގެ ތެރެއިން އަންޗެލޮޓީ (ކ) އާއި ނޭމާ.

ރިއޯ ޑި ޖަނެއިރޯ. ބްރެޒިލް (ސެޕްޓެމްބަރު 15) - އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބޭއްވި ފީފާ ވޯލްޑް ކަޕަށް ފަހު ބްރެޒިލް ޓީމުން ރިޓަޔާކުރި ނޭމާ ނެތްތަން ފޫބައްދަން އެ ޓީމަށް އުނދަގޫވާނެ ކަމަށް ބްރެޒިލްގެ ކޯޗު، ކާލޯ އަންޗެލޮޓީ ބުނެފި އެވެ. 

އުމުުރުން 34 އަހަރުގެ ނޭމާ، މި ފަހަރުގެ ވޯލްޑް ކަޕްގެ ސްކޮޑުގައި ހިމެނި ތިން މެޗެއްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިއިރު، މިއީ، މިދިޔަ ތިން އަހަރު ތެރޭ އޭނާ ބްރެޒިލަށް ކުޅެދިން ފުރަތަަމަ މެޗުތަކެވެ. ވޯލްޑް ކަޕް ކޮލިފައިންގައި 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އުރުގުއޭއާ ކުޅެނިކޮށް އަނިޔާވެގެން، ނޭމާ އަށް ދިގު މުއްދަތަށް ކުޅުމާ ދުރުގައި ހުންނަން ޖެހުނުއިރު، ގައުމީ ޓީމަށް އަލުން އެރުމަށްޓަކައި ވެސް ދިގު އިންތިޒާރެއް ކުރަން ޖެހުނެވެ. 

ވޯލްޑް ކަޕްގެ ގަަދަ 16 ބުރުގައި ނޯވޭ އަތުން ބަލިވެ ބްރެޒިލް ކެޓި މެޗަށް ފަހު ގްލޯބޯ އެސްޕޯޓް ޓީވީ އަށް ދިން އިންޓަވިއުއެއްގައި ނޭމާ ބުނީ، ވަރަށް މަސައްކަތް ގައުމީ ޓީމުގައި ކުރެވިއްޖެ ކަމަށާއި ބްރެޒިލް ގައުމީ ޓީމަށް 2010 ވަނަ އަހަރު ފުރަތަމަ މެޗެއް ކުޅުނު މެޓްލައިފް ސްޓޭޑިއަމްގައި އެންމެ ފަހު މެޗު ކުޅެ، ގައުމީ ޓީމު ގެ ކެރިއަރު ނިމުނީ ކަމަށެވެ. 

ނޭމާ، ރިޓަޔާކުރި ފަހުން ބްރެޒިލް ކުޅޭ މެޗުތައް މި މަހުގެ ފަހުކޮޅާއި އަންނަ މަހު ކުރީކޮޅުގައި އޮންނާނެ އެވެ. އެއީ، އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅޭ ދެ މެޗާއި އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗެވެ. އަންޗެލޮޓީ ބުނީ، ކޮންމެ ޓީމަކާ ދެކޮޅަށް ބްރެޒިލުން ނުކުތް ކަމުގައި ވިޔަސް ނޭމާ ފަދަ ކުޅުންތެރިއެއް ނެތުމުގެ ކަންކަން ޓީމުން ފެނިގެންދާނެ ކަމަށެވެ. 

"ވޯލްޑް ކަޕް ސްކޮޑަށް ނޭމާ ނެގީ އޭނާ އަށް އެ މަގާމު ހައްގުވާތީ. އެ ތަފާތު ކޮލިޓީ އޭނަ ކިބައިގައި ހުރީމަ. ދެން، ނޭމާ މިހާރު އެ އޮތީ ޔަގީންކޮށްދީފައި ގައުމީ ޓީމަށް ކުޅުން ނިމުނީކަން. ނޭމާ ނެތްތަން ފޫނުބެއްދޭނެ، އޭނާ އަކީ އާދަޔާހިލާފު ހުނަރެއް ހުރި ކުޅުންތެރިއެއް. ދެ ވަނަ ނޭމާ އެއް ނުހުންނާނެ،" އަންޗެލޮޓީ ބުންޏެވެ. 

ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް ޕެލޭ އަތުން އަތުލި ނޭމާ، ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު، 130 މެޗުން 80 ގޯލު ވަނީ ޖަހައިފަ އެވެ. ބްރެޒިލަށް 2013 ވަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަން ކަޕް ކާމިޔާބުކޮށްދިން ނޭމާގެ ކެޕްޓަންކަމުގައި ބްރެޒިލުން ވަނީ 2016 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ރިއޯ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުން ރަން މެޑަލް ވެސް ހޯދައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox