ބަންގްލަދޭޝް އާއި ބްރެޒިލުން މެޗެއް ކުޅެން މަޝްވަރާކުރަނީ

Aug 24, 2026, 2:17 PM
ބަންގްލަދޭޝް ގައުމީ ފުޓްބޯޅަ ޓީމުގެ މެޗެއްގެ ތެރެއިން އެ ޓީމުގެ ތަރި، ހަމްޒާ ޗޯދުރީ، އެ ގައުމުގެ ފުޓްބޯޅަ ސަޕޯޓަރުންނާ އެކު.

ބަންގްލަދޭޝް ގައުމީ ފުޓްބޯޅަ ޓީމުގެ މެޗެއްގެ ތެރެއިން އެ ޓީމުގެ ތަރި، ހަމްޒާ ޗޯދުރީ، އެ ގައުމުގެ ފުޓްބޯޅަ ސަޕޯޓަރުންނާ އެކު.

ޑާކާ، ބަންގްލަދޭޝް (އޮގަސްޓް 24) - ބަންގްލަދޭޝްގައި ބްރެޒިލާ ދެކޮޅަށް އޮކްޓޫބަރު މަހު ކުރީކޮޅުގައި އެކުވެރިކަމުގެ މެޗެއް ކުޅުމަށްޓަކައި، ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަން (ސީބީއެފް)އާ އެކު، ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަން (ބީއެފްއެފް) އިން މަޝްވަރާ ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. 

ސެޕްޓެމްބަރު މަހުގެ ދިގު ފީފާ ބްރޭކް (ސެޕްޓެމްބަރު 21 އިން އޮކްޓޫބަރު 6 އަށް) ގެ ތެރޭގައި ބްރެޒިލުން ކުޅޭ ފުރަތަމަ ދެ މެޗު އޮތީ އޮސްޓްރޭލިއާގަ އެވެ. އެއީ، އޮސްޓްރޭލިއާ ގައުމީ ޓީމާ ދެކޮޅަށް، ސެޕްޓެމްބަރު މަހު 25 ވަނަ ދުވަހު ޓައުންސްވިލްގައި އަދި އޭގެ ހަތަރު ދުވަސް ފަހުން، ބްރިސްބޭންގަ އެވެ. 

އޭގެ ފަހުން، އޮކްޓޫބަރު ތިން ވަނަ ދުވަހު، އިންޑިއާގެ ކަލްކަތާގައި އިންޑިއާއާ ދެކޮޅަށް ބްރެޒިލުން ކުޅޭ މެޗު ވަނީ ތާވަލުކޮށްފަ އެވެ. އެ މެޗު ކުޅެން އިންޑިއާ އިން ބޭނުންކުރާ ފެސިލިޓީސްތައް ބެލުމަށްޓަކައި، ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަންގެ ޑެލިގޭޝަނެއް ދާދި ފަހުން ވަނީ ކަލްކަތާ އަށް ގޮސްފަ އެވެ. އަދި، ބްރެޒިލާއި އިންޑިއާގެ މެޗު ކުޅޭ ސޯލްޓް ލޭކް ސްޓޭޑިއަމްގެ ކަންކަން ވެސް ވަނީ ބަލައިފަ އެވެ. 

Advertisement

އިންޑިއާގެ ކަލްކަތާގެ ކަންކަން ބެލުމަށް ފަހު، ބްރެޒިލްގެ އެ ޑެލިގޭޝަނުން ވަނީ ބަންގްލަދޭޝަށް ވެސް ގޮސްފަ އެވެ. އަދި، ބަންގްލަދޭޝްގެ ނެޝަނަލް ސްޓޭޑިއަމްގެ ފެސިލިޓީސްތައް ބެލުމަށް ފަހު، ބަޝުންދަރާ ކިންގްސް އެރީނާގެ ކަންކަން ވެސް ވަނީ ޗެކް ކޮށްފަ އެވެ. އަދި، ބަންގްލަދޭޝްގެ ފުޓްބޯޅަ ރައީސް، ތާބިތު އައްވަލްއާ ވެސް ބައްދަލުކުރި އެވެ. 

ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނުގެ އޮފިޝަލަކާ ހަވާލާދީ އެ ގައުމުގެ މީޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބަންގްލަދޭޝް އާއި ބްރެޒިލުން އޮކްޓޫބަރު މަހު 5 ނޫނީ 6 ވަނަ ދުވަހު. މެޗެއް ކުޅެން އަންނަނީ މަޝްވަރާ ކުރަމުންނެވެ. 

އިންޑިއާ އިން ބްރެޒިލާ ދެކޮޅަށް ކުޅެން އޮތް މެޗާއި އެހެން މެޗުތަކަކަށް ފޯކަސް ކުރަން ފީފާ އާސިއާން ކަޕްގެ ފުރުސަތު ދޫކޮށްލުމުން، އެ ޖާގަ އަށް އާސިއާން ކަޕަށް ދަނީ ބަންގްލަދޭޝް އެވެ. އާސިއާން ކަޕްގެ ކުޅުން ނިމެނީ އޮކްޓޫބަރު މަހު ތިން ވަނަ ދުވަހު އެވެ. އެހެންކަމުން ބަންގްލަދޭޝް އަށް ބްރެޒިލް މެޗު ހަމަޖެއްސެން އޮތީ އާސިއާން ކަޕް ނިމޭއިރަށް ރިކަވަރީ މުއްދަތެއް ދީފަ އެވެ. 

ބަންގްލަދޭޝް އިން މިދިޔަ ޖޫން މަހު ޔޫރަޕްގައި ސެން މެރީނޯއާ ދެކޮޅަށް މެޗެއް ކުޅެފައިވާއިރު، އަމިއްލަ ގައުމުގައި ބޮޑު ގައުމަކާ ދެކޮޅަށް މެޗެއް ކުޅެފައިނުވެ އެެވެ. ބަންގްލަދޭޝްގައި މިހާތަނަށް މެޗެއް ކުޅުނު ދުނިޔޭގެ ނަން މަޝްހޫރު ޓީމަކީ، އާޖެންޓީނާ އެވެ. އެއީ، 2011 ވަަނަަ އަހަރު އާޖެންޓީނާ އިން ނައިޖީރިއާއާ ކުޅުނު މެޗެެވެ. އެ މެޗުގައި، ލިއޮނަލް މެސީ ވެސް ކުޅުނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox