މާފިއާ ބައްޕައާ ދެކޮޅަށް ހެކިބަސްދިން އަންހެން ދަރި މަރުވެއްޖެ
އިޓަލީގެ ނުފޫޒުގަދަ މާފިއާ ގްރޫޕަކުން އޭނާގެ މަންމަ މަރާލި މައްސަލާގައި ބައްޕައާ ދެކޮޅަށް ހެކިބަސް ދިން ހިތްވަރުގަދަ ޑެނީޒް ކޮސްކޯ، އަމިއްލައަށް މަރުވެފައިވާ ކަމަށް ބެލެވޭ ހާލަތެއްގައި ފެނިއްޖެއެވެ. މަންމަ މަރާލި އުމުރުގައި މަރުވި ޑެނީޒްއަކީ މާފިއާއާ ދެކޮޅަށް ތެދުވުމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި ދިރިއުޅުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނު އަންހެނެކެވެ.