އެކްސްޕްލޯމާގެ އައުޓްބޯޑް އިންޖީނު ރާއްޖެއަށް އެތެރެކޮށް ވިއްކުމުގެ އެކްސްކްލޫސިވް އޭޖެންޓަކަށް އީއޮންގްރިޑް ހަމަޖައްސައިފި

Sep 8, 2026, 9:03 PM
އެކްސްޕްލޯމާގެ އެކްސްކްލޫސިވް އޭޖެންޓަކަށް އިއޮންގްރިޑް ޕްރައިވެޓް ލިމިޓެޑް ހަމަޖެއްސުމަށްފަހު އެއްބަސްވުމާއެކު ބައެއް އިސްވެރިން

އެކްސްޕްލޯމާގެ އެކްސްކްލޫސިވް އޭޖެންޓަކަށް އިއޮންގްރިޑް ޕްރައިވެޓް ލިމިޓެޑް ހަމަޖެއްސުމަށްފަހު އެއްބަސްވުމާއެކު ބައެއް އިސްވެރިން

އޭސީ އަދި ޑީސީ ކަރަންޓުން ރީޗާޖު ކުރެވޭ ހައި-ޕާފޯމަންސް އިލެކްޓްރިކް އައުޓްބޯޑް އިންޖީނު އުފައްދާ މަޝްހޫރު ކުންފުނި އެކްސްޕްލޯމާއިން، އެ ކުންފުނީގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކޮށް ވިއްކުމުގެ އެކްސްކްލޫސިވް އޭޖެންޓަކަށް އިއޮންގްރިޑް ޕްރައިވެޓް ލިމިޓެޑް ހަމަޖައްސައިފި އެވެ.

މިއީ ރާއްޖޭގެ ކަނޑުދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާއަށް ތިމާވެއްޓާ ރައްޓެހި، އަޑުމަޑު އަދި ޚަރަދު ކުޑަ އިލެކްޓްރިކް އިންޖީނު ތައާރަފުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އެކްސްޕްލޯމާ ކުންފުނިން އުފައްދާ 70، 150 އަދި 300 ހޯސްޕަވަރުގެ އިލެކްޓްރިކް އައުޓްބޯޑް އިންޖީނުތަކަކީ ތެލުގެ ދުން ބޭރުނުވާ، އަޑު މަޑު އަދި މަރާމާތުކުރަން ފަސޭހަ އިންޖީނުތަކެކެވެ. މި އިންޖީނުތަކުގެ ސަބަބުން ރިސޯޓުތަކުގެ ޓްރާންސްފާތަކާއި، މޫދު ކުޅިވަރުތަކުގެ އިތުރުން އާންމު ދަތުރުފަތުރުގެ ޚިދުމަތްތަކަށް ބޮޑު ތަފާތެއް އަންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

Advertisement

އެކްސްޕްލޯމާގެ ސޭލްސް ޑައިރެކްޓަރު އަދި ބޯޑު މެންބަރު ޖޯނަތަން ވަންގް ވިދާޅުވީ، ރާއްޖެއަކީ ކަނޑާއި ފަތުރުވެރިކަން ވަރަށް ބޮޑަށް ގުޅިފައިވާ ގައުމެއް ކަމަށާއި، މި ބަދަލާއެކު ރާއްޖޭގެ ކަނޑުދަތުރުފަތުރަށް އިންގިލާބީ ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

އިއޮންގްރިޑްގެ ޑައިރެކްޓަރު މުހައްމަދު ޝާފީ ވިދާޅުވީ، ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ މުސްތަގުބަލުގައި އިލެކްޓްރިކް އިންޖީނުގެ ދައުރު ބޮޑު ކަމަށާއި، އެކްސްޕްލޯމާއާއެކު ވެވުނު މިއެގްރީމެންޓުގެ ދަށުން އިތުބާރު ހުރި، ތިމާވެއްޓާ ރައްޓެހި އުފެއްދުންތައް ދިވެހި މާކެޓަށް ފޯރުކޮށްދިނުމަށް އީއޯންގްރިޑުން މަސައްކަތް ކުރާނެ ކަމަށެވެ.

އޭގެ ދަށުން، ިއޮންގްރިޑުން ރާއްޖޭގައި ޝޯރޫމްތައް ހުޅުވައި، ޓެސްޓު ދަތުރުތައް ކުރިއަށްގެންދިއުމަށް ވަނީ ރާވާފަ އެވެ. އަދި އިންޖީނުގެ އިތުރުން މެރިން ބެޓެރި، ޗާޖިން ސޮލިއުޝަންސް އަދި އާފްޓާ-ސޭލްސް ޓެކްނިކަލް ޚިދުމަތްތައްވެސް އެ ކުންފުނިން ފޯރުކޮށްދޭނެ އެވެ.

2021 ވަނަ އަހަރު އުފެދުނު އެކްސްޕްލޯމާއަކީ އިލެކްޓްރިކް އުޅަނދުތަކާއި މެރިން އަދި އޭވިއޭޝަން ދާއިރާގެ މާހިރުން ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ. އީއޯންގްރިޑް ޕްރައިވެޓް ލިމިޓެޑަކީ ރާއްޖެއަށް ތިމާވެއްޓާ ރައްޓެހި، އިޔާދަކުރަނިވި ހަކަތައިގެ ހައްލުތައް ތައާރަފުކުރުމަށް އުފައްދާފައިވާ ދިވެހި ކުންފުންޏެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox