ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ 40 ޕަސެންޓު މާރުކުރާ ގޮތަށް ހެދީ މަޝްވަރާކޮށްފަ: ސަރުކާރު

މަޓީގެ 36 ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން: މަޓީން ބުނަނީ 40 ޕަސެންޓު މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް --- ފޮޓޯ: މަޓީ

މަޓީގެ 36 ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން: މަޓީން ބުނަނީ 40 ޕަސެންޓު މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް --- ފޮޓޯ: މަޓީ

ރިސޯޓުތަކާއި ބޮޑެތި ހޮޓާތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 ޕަސެންޓު މާރުކުރަން ޖެހޭ ގޮތަށް ގާނޫނު ބަދަލުކުރީ، ޓޫރިޒަމް ދާއިރާއާ މަޝްވަރާކޮށްފައި ކަމަށް ސަރުކާރުން އިއްޔެ ބުނެފި އެވެ. 

ސަރުކާރުގެ އިސް ތަރުޖަމާނު، މުހައްމަދު ހުސެއިން ޝަރީފު (މުންދު) ނޫސްވެރިންނާ އެކީ ބޭއްވި ބައްދަލުވުމެއްގައި މިހެން ވިދާޅުވީ، މި މިންވަރަށް ފައިސާ މާރުނުކުރެވޭނެ ކަމަށް ރިސޯޓު ވިޔަފާރިތައް ތަމްސީލުކުރާ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ) އިން ބުނެފައި ވަނިކޮށެވެ. 

މަޓީގެ މި ކަންބޮޑުވުންތައް ހުރި ނަމަވެސް، މުންދު ވިދާޅުވީ، ޑޮލަރު މާރުކުރަން ޖެހޭ ނިސްބަތަށް ބަދަލު ގެނައި ކުރަން ޖެހޭ ދިރާސާތައް ކުރުމަށް ފަހު، މަޝްވަރާ ކުރަން ޖެހޭ ބަޔަކާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އޭނާ ވިދާޅުވީ، 40 ޕަސެންޓު މާރުކުރުމާ ގުޅޭ ގޮތުން އެއް ފަހަރަށް ވުރެ ގިނަ ފަހަރު މަޓީއާ މަޝްވަރާ ވެސް ކުރި ކަމަށެވެ. އަދި، އިންޑަސްޓްރީގެ ވިޔަފާރިތަކާ ވަކިވަކިން ވެސް ސަރުކާރުން ވާހަކަ ދެއްކި ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅުތަކެއް އަޅަން އެބަ ޖެހެއޭ، ކޮންމެ ގޮތެއް ވިޔަސް ވަރަށް ބޮޑަށް ޑޮލަރައިޒްޑްއޭ މިހާރު އިކޮނޮމީ. އަޅުގަނޑުމެންނަށް ކުރިއަށްދާއިރު ސަސްޓެއިނަބަލްކޮށް މި މައްސަލައިގައި ހައްލެއް ހޯދަން އަޅުގަނޑުމެން އެބަ ޖެހެއޭ ފިޔަވަޅުތަކެއް އަޅަން،" ޓޫރިޒަމް އިންޑަސްޓްރީއާ ކުރި މަޝްވަރާތަކުގެ ތަފުސީލުތައް ހިއްސާކުރައްވަމުން މުންދު ވިދާޅުވި އެވެ. 

ޑޮލަރުތައް މާރުކުރުމުގެ މައްސަލައިގައި، މުންދު ވިދާޅުވީ، ސަރުކާރުން ބޭނުންވީ ޓޫރިޒަމް އިންޑަސްޓްރީއާ މަޝްވަރާކޮށްގެން، އެ މީހުން ހުށަހަޅާ ކަންކަން ވެސް ހިމަނައިގެން ކުރިއަށް ދާން ކަމަށެވެ. އަދި، މިކަމަށް ޓަކައި ސަރުކާރުން އެދުނީ ސައްހަ މައުލޫމާތު ފޯރުކޮށްދީ، އެއްބާރުލުން ދޭން ކަމަށް އޭނާ ވިދާޅުވި އެވެ.

އާމްދަނީގެ 40 ޕަސަންޓު މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން: މަޓީ

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަން މަޖުބޫރުކުރުމަކީ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވާނެ، ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށް މަޓީން ބުނޭ. އެ އެސޯސިއޭޝަނުން ބުނީ ވަކިވަކި އޮޕަރޭޓަރުންނަށް ކުރެވޭ ތުހުމަތުތަކެއްގެ ސަބަބުން މުޅި ސިނާއަތަށް ބުރަވާނެ ފަދަ ސިޔާސަތުތަކެއް ކަނޑައެޅުމަކީ އިންސާފެއް ނޫން ކަމަށް.

މިހެން ނަމަވެސް، މަޝްވަރާގައި ދައްކާ ވާހަކައާ އަމަލާ ދިމާނުވާ ކަމަށް މުންދު ވިދާޅުވި އެވެ. އޭނާގެ މި ނުކުތާއަށް ބާރު ދެއްވަން ބޭނުންކުރެއްވީ، އަށް ވަރަކަށް ވިޔަފާރިން ކަޅު ބާޒާރަށް މާރުކުރި ފައިސާ އެވެ. 

"ހާއްސަކޮށް އަޅުގަނޑުމެންނަށް ފާހަގަވީ، ތިން ހަތަރު މަހެއްގެ ތެރޭގައި ހަމަ ބްލެކް މާކެޓަށް [] އެބަ އޮތް ޑައިރެކްޓްލީ މި ދެންނެވީ ސެވަން ޓު އެއިޓް ބިޒްނަސަސްއުން ގާތްގަނޑަކަށް 79 މިލިއަން ޑޮލާސް ބޭރުކޮށްފަ،" މުންދު ވިދާޅުވި އެވެ. 

ޑޮލަރު މާރުކުރަން ޖެހޭ މިންވަރު ބޮޑުކުރުމާ ގުޅިގެން ނުތަނަވަސްކަން ބޮޑުވެފައިވާއިރު، މިކަމާ ދެކޮޅު ޓޫރިޒަމް ވިޔަފާރިތަކުން ބުނަނީ ސަރުކާރަށް ދައްކަން ޖެހޭ ޓެކްސްތަކާއި، ކުލިތަކާއި، ފީތަކުގެ އިތުރުން ގަންނަ މުދަލާއި ހޯދާ ހިދުމަތްތަކާއި ނަގާފައިވާ ލޯނުތަކާއި މުވައްޒަފުންގެ މުސާރަތައް ދެނީ ޑޮލަރުން ކަމުން މިކަން ނުވާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން ބުނަނީ މިހާރު ހުށަހަޅާފައިވާ މިންވަރަށް މާރުކޮށްގެން އޮޕަރޭޝަނަލް ނުވަތަ ހިންގުމުގެ ހަރަދުތައް ކުރަން އެއްވެސް ދައްޗެއް ކުރިމަތި ނުވާނެ ކަަމަށެވެ.

މި މައްސަލައިގައި ސަރުކާރުން ޓޫރިޒަމް ވިޔަފާރިތަކަށް ގޮންޖެހި ނަމަވެސް، ބޭރު ފައިސާގެ ގާނޫނަށް ގެނައި ބަދަލުތައް ތަސްދީގުކުރެއްވި ދުވަހު ރައީސް މުހައްމަދު މުއިއްޒު ވަނީ މަޝްވަރާކުރަން ފުރުސަތު އޮތް ކަމަށް ވިދާޅުވެފަ އެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނަށް މިހާރު އަމަލުކުރަން ފަށާފައިވާއިރު، މި މަހުގެ ތެރޭގައި ރިސޯޓުތަކާއި އެ ގާނޫނުގެ ކެޓެގަރީ "އޭ" ގައި ހިމެނޭ އެހެން ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 ޕަސެންޓު އަންނަ މަހުގެ ތެރޭގައި ރާއްޖޭގެ ބޭންކަކަށް މާރުކުރަން ޖެހޭނެ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ޓުއާ އޮޕަރޭޓަރުން އަތުން ނަގާ ޓެކްސް އުވާލަން ކޮމިޓީން ފާސްކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ގާނޫނަށް ގެނައި ބަދަލު އުވާލުމަށާއި، ޖީއެސްޓީ ނަގަންޖެހޭ އާމްދަނީގެ މިންގަނޑު 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ވަނީ ފާސްކޮށްފައި. މި އިސްލާހުތަކުގެ މަގުސަދަކީ ކުދި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ކުޑަކޮށް، ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތު ދިން.

ހަރަދުގެ ތަފްސީލް ބަލަހައްޓާފައިނުވާތީ އަދާލަތު ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް ހަރަދުތަކުގެ ތަފްސީލު ބަލަހައްޓާފައި ނުވާތީ، އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ 25,000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި. މި ފިޔަވަޅު އެޅީ އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބައެއް މުދަލާއި ތަކެތީގެ އަގު ކަށަވަރުކުރެވޭނެ ލިޔެކިޔުންތައް ނެތްކަން ފާހަގަކޮށްފައިވާތީ.

މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފި

ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރިސޯޓުތަކުގައި ދީނުގެ ހުރުމަތް ކެނޑިގެން ނުވާނެ: އަދާލަތު

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ އަދާލަތު ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަމުގައި ބައިވެރިވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކާ ހިލާފު މިފަދަ އަމަލުތައް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފެނަކައިގެ މަހިބަދޫ ބްރާންޗުން 11 މުވައްޒަފަކު ވަކިކޮށްފި

އދ. މަހިބަދޫ ފެނަކަ ބްރާންޗުގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށްފަހު، ވަޒީފާގެ ޔަގީންކަން ދީފައިވަނިކޮށް 11 މުވައްޒަފަކު ވަނީ ކުއްލި ގޮތަކަށް ވަނީ ވަކިކޮށްފައި. ވަކިކުރި މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި މިއީ ސިޔާސީ ނިންމުމެއް ކަމަށާއި، ވަޒީފާގައި ބޭތިއްބީ ހަމައެކަނި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މުވައްޒަފުން.

ފެންފުއްޓާ ފަރަށް އެރި "ދެރަހަ" ބޯޓުގެ ފަޅުވެރިން ސަލާމަތްކޮށްފި

މި ހާދިސާ ހިނގާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ދަތުރުކޮށް، އެހީތެރިކަން ފޯރުކޮށްދޭން ފަށާފަ އެވެ.

ސޯޝަލްމީޑިއާގައި ދަރިވަރަކަށް ބުލީކުރި މައްސަލައެއް ބަލަނީ

މިއީ އިންޓަނެޓު މެދުވެރިކޮށް ބުލީކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު، މި މައްސަލަ ބަލަމުންދަނީ ކަމާގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox