ޝާހިދުގެ ކެމްޕޭނުގައި އަލީ ވަހީދު ބައިވެރިވާތީ ފާޑުކިޔުން އަމާޒުވެއްޖެ

ކުޅުދުއްފުށި ސިޓީގައި ރޭ ބޭއްވި ޝާހިދުގެ ކެމްޕޭން ޖަލްސާގައި އަލީ ވަހީދު ވާހަކަދައްކަވަނީ -- ފޮޓޯ: ސޯޝަލްމީޑިއާ

ކުޅުދުއްފުށި ސިޓީގައި ރޭ ބޭއްވި ޝާހިދުގެ ކެމްޕޭން ޖަލްސާގައި އަލީ ވަހީދު ވާހަކަދައްކަވަނީ -- ފޮޓޯ: ސޯޝަލްމީޑިއާ

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ އެ ޕާޓީގެ ކުރީގެ ރައީސް، އަބްދުﷲ ޝާހިދުގެ ކެމްޕޭނުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު، އަލީ ވަހީދު ބައިވެރިވެވަޑައިގަންނަވާތީ އެކަމަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ޝާހިދުގެ ކެމްޕޭނުގައި އަލީ ވަހީދު ބައިވެރިވާކަމުގެ އަޑުތައް މީގެކުރިން ވެސް ކޮންމެވެސް ވަރަކަށް ތިލަވި އެވެ. ނަމަވެސް، ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި އަލީ ވަހީދު ވަނީ ރަސްމީކޮށް ކެމްޕޭނަށް ނިކުމެވަޑައިގެން ވާހަކަ ވެސް ދައްކަވައިފަ އެވެ.

ފާޑުކިޔުން އަމާޒުވީ، ފަތުރުވެރިކަމާ ބެހޭ މިނިސްޓަރުގެ މަގާމުގައި އަލީ ވަހީދު ހުންނެވިއިރު ސަރުކާރުގެ ވަޒީފާގައި ތިބި ބަޔަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު މީގެ ކުރިން އަމާޒުވެފައި އޮތުމުންނެވެ. އެ މައްސަލައިގައި ފާޑުކީ ބައެއް މީހުން ބުނެފައި ވަނީ އަލީ ވަހީދު ކައިރިކޮށްގެން ޝާހިދުއަށް ލިބޭ ވޯޓަށްވުރެ ގެއްލޭ ވޯޓު އިތުރުވާނެ ކަމަށެވެ.

"އަލީ ވަހީދުގެ ސަބަބުން ޝާހިދުއަށް ވަރަށް ބޮޑަށް ގެއްލުން ކުރާނެ، މީނާ ދުރުކޮށްލަންޖެހޭ،" އެކްސްގައި މީހަކު ކުރި ޕޯސްޓެއްގައި ލިޔެފައިވެ އެވެ.

އެކަމަށް ފާޑުކިޔައި ސޯޝަލްމީޑިއާގައި ޕޯސްޓުކުރި އެހެން މީހަކު ބުނެފައި ވަނީ އަލީ ވަހީދު އެންމެ ކުރީބަރީގައި ބައިންދައިގެން އަންހެނުންގެ ބާރުވެރިކުރުވާ ވާހަކަދެއްކުމަކީ ވެސް ލަދެއް ކަމަށެވެ.

އެކަމާ ގުޅޭގޮތުން އަލީ ވަހީދު އަދަދު އަށް ވިދާޅުވީ އޭނާއަށް ގިނައިން ފާޑުކިޔަނީ "ފެށުނީއްސުރެ" ޒާތީގޮތުން އޭނާއަށް ޓާގެޓުކުރާ "ވަގު އެކައުންޓަކުން" ކަމަށާއި އެމްޑީޕީ ތެރެއިން ވެސް އޭނާއަށް ފާޑުކިޔަނީ އޭނާއަށް ތާއީދުނުކުރާ މީހުން ކަމަށެވެ. ނަމަވެސް، އޭނާއަށް ފާޑުކިޔާ މީހުން، އެ މައްސަލައިގެ ފަސްފަހަތް ބެލުން ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަލީ ވަހީދު ވިދާޅުވީ އޭނާގެ މައްޗަށް ކުރި ތުހުމަތުތަކަކީ ސިޔާސީ ގޮތުން ކުރި ތުހުމަތުތަކެއް ކަމަށެވެ.

"އަޅުގަނޑު އޭގައި ޑޭ ވަންގައި ވެސް ދެންނެވިން އެއީ އަޅުގަނޑާ ދެކޮޅަށް ސިޔާސީ ގޮތުން ހިންގި ޖަރީމާއެކޭ، ހަމަ މިއަދު ވެސް ދަންނަވަން އޮތީ އެހެން،" އަލީ ވަހީދު ވިދާޅުވި އެވެ.

އޭގެ އިތުރުން، އެ ބާވަތުގެ ތުހުމަތުތަކެއް ކޮށްފިނަމަ، އެކަމުގެ މައްޗަށް ފުލުހުން ހިންގާ ތަހުގީގަށް އެ ތުހުމަތުކުރާ ފަރާތްތަކުން އެއްބާރުލުން ވެސް ދޭންޖެހޭ ކަމަށް އޭނާ އަލީ ވަހީދު ވިދާޅުވި އެވެ. ނަމަވެސް، އޭނާގެ ތުހުމަތު ކުރި އެއްވެސް މީހަކު މެޑިކަލް ލީގަލް ރިޕޯޓާއި ސައިކޯ ސޯޝަލް ރިޕޯޓެއް ހެދުމަށް ފުލުހުންނަށް އެއްބާރުލުން ދީފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއިން އެއްވެސް ކަމަކަށް ވެސް އަޅުގަނޑަށް ތުހުމަތުކުރި އެއްވެސް މީހަކު ގޮސްފައެއް ނުވޭ، ފުލުހުންގެ ތަހުގީގު ރަނގަޅަށް ބައްލަވައިލެއްވީމާ އެނގޭނެ،" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ އޭނާއަށް ޖަވާބުދާރީ ނުވެވޭވަރުގެ އެއްވެސް ކަމެއް އޭނާ ކުރައްވާފައި ނުވާނެ ކަމަށެވެ. ނަމަވެސް، ސިޔާސީ މައިދާނުގައި އުޅޭއިރު، ތަފާތު އެކި ތުހުމަތުތައް ކޮންމެ މީހަކަށް ވެސް އަމާޒުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ސިޔާސީ ކަންކަމުގައި ވެސް އުޅޭނަން، ޕަބްލިކްގައި ވެސް އުޅޭނަން، އަޅުގަނޑު ފޮރުވަންޖެހޭ ކަމެއް އޮތްނަމަތާ ފަހަތުގައި އޮންނަންޖެހޭނީ، އަޅުގަނޑު ޖެހިލުން ވާންޖެހޭ ކަމެއް، ލަދުގަންނަންޖެހޭ ކަމެއް ކޮށްފައެއް ނޯންނާނެ، އަޅުގަނޑަކީ ވަރަށް އިހުލާސްތެރިކަމާއެކު ޓޫރިޒަމް މިނިސްޓަރުކަމުގައި ވެސް އަދި ރާއްޖެއަށް ދިމާވި ކޮވިޑުގެ ތެރޭގައި ވެސް މަސައްކަތްކުރި މީހެއް،" އަލީ ވަހީދު ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުގައި އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރުކަމަށް އައްޔަން ކުރީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ. އެ މަގާމުގައި ހުންނަވައި ޓޫރިޒަމް މިނިސްޓަރީގައި މަސައްކަތް ކުރި އަންހެނުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އަލީ ވަހީދުގެ މައްޗަށް ކުރެވުނީ 2021 ގަ އެވެ.

އެ މައްސަލަ ފެންމަތިވީ ޓޫރިޒަމް މިނިސްޓަރީގައި މަސައްކަތް ކުރި 13 މުވައްޒަފުން އޭރުގެ ޖެންޑާ މިނިސްޓަރާ އެކު ރައީސް އޮފީހަށް ގޮސް އަލީ ވަހީދުގެ ޖިންސީ ގޯނާގެ މައްސަލަ ރައީސްއަށް ކިޔައިދިނުމުންނެވެ. އެ ވާހަކަތައް ކިޔައިދިނުމުން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ކީރިތި ކުރެއްވުނު ކަމަށް ވެސް އޭރު މީޑިއާތަކުން ރިޕޯޓު ކުރި އެވެ.

އެ މައްސަލަ ތަހުގީގުކޮށް ޕީޖީން އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރަން ވެސް އޭރު ފޮނުވި އެވެ. އެ ޝަރީއަތްތައް ކުރިއަށް ދަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ އަލީ ވަހީދު ގައުމުން ބޭރަށް ފުރައިގެން ވަޑައިގަތީ އެވެ.

އިނގިރޭސިވިލާތުގައި އަލީ ވަހީދާ ހުންނަވަނިކޮށް އޭނާއާ ދެކޮޅަށް ހެކީގެ ގޮތުގައި ހުށަހަޅާފައި ހުރި ބަޔާންތައް އަނިޔާ ލިބުނު ކަމަށް ބުނާ ކުދިން އަނބުރާ ނެގުމުން ޕީޖީން ވެސް އެ މައްސަލަ އަނބުރާ ގެންދިޔައީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox