ސިންގަޕޫރުގެ އާބާދީ އިތުރުކުރުމަށްޓަކައި އުފަންވާ ކޮންމެ ކުއްޖަކަށް 55،000 ޑޮލަރު ދެނީ

Aug 25, 2026, 8:28 AM
ސިންގަޕޫރުގެ ފާޓިލިޓީ ރޭޓް މިދިޔަ އަހަރު ވަނީ ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފަ. މިދިޔަ އަހަރު އެ ގައުމުގެ ފާޓިލިޓީ ރޭޓް ހުރީ އަންހެނަކަށް 0.87 ކުދިންގެ މަގުން. މިއީ އާބާދީ އެއް މިންވަރެއްގައި ހިފެހެއްޓުމަށް ބޭނުންވާ 2.1 ގެ ރޭޓަށް ވުރެ އެތައް ގުނައެއް ދަށް އަދަދެއް. ---ފޮޓޯ: ވޮލަސް ވޫން/ އީޕީއޭ-އީއެފްއީ

ސިންގަޕޫރުގެ ފާޓިލިޓީ ރޭޓް މިދިޔަ އަހަރު ވަނީ ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފަ. މިދިޔަ އަހަރު އެ ގައުމުގެ ފާޓިލިޓީ ރޭޓް ހުރީ އަންހެނަކަށް 0.87 ކުދިންގެ މަގުން. މިއީ އާބާދީ އެއް މިންވަރެއްގައި ހިފެހެއްޓުމަށް ބޭނުންވާ 2.1 ގެ ރޭޓަށް ވުރެ އެތައް ގުނައެއް ދަށް އަދަދެއް. ---ފޮޓޯ: ވޮލަސް ވޫން/ އީޕީއޭ-އީއެފްއީ

ސިންގަޕޫރުގެ ދަރިމައިވާ ނިސްބަތް ވަރަށް ބޮޑަށް ދަށަށް ދާތީ އާބާދީ އިތުރުކުރުމަށްޓަކައި އުފަންވާ ކޮންމެ ކުއްޖަކަށް 55،000 އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާގެ އެހީ ދިނުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

އިއްޔެ ބޭއްވި ސިންގަޕޫރުގެގައުމީ ދުވަހުގެ ޖަލްސާގައި ބޮޑުވަޒީރު ލޯރެންސް ވޮންގް ވިދާޅުވި ގޮތުގައި ދުނިޔޭގައި އެންމެ ހަލުވިކަމާއެކު އާބާދީ މުސްކުޅިވަމުންދާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެ ގައުމު ހިމެނޭތީ މި ފިޔަވަޅު އެޅީ، އާއިލާ ބިނާކުރުމަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުގެ އެހީތެރިކަން އިތުރުކުރުމުގެ މަގްސަދުގަ އެވެ.

ވޮންގް ވިދާޅުވީ، ދަރިން ހޯދުމަށް ނިންމާ ކޮންމެ އާއިލާއަކާއެކު ސަރުކާރު އޮންނާނެ ކަމަށާއި، ކުރިއަށް އޮތް އަހަރުތަކުގައި އެހީތެރިކަން އިތުރަށް ފުޅާކުރައްވާނެ ކަމަށެވެ.

އާ ސިޔާސަތުގެ ދަށުން، ކުއްޖާއަށް 17 އަހަރު ފުރެންދެން ސަރުކާރުން ގާތްގަނޑަކަށް 70،000 ސިންގަޕޫރު ޑޮލަރު ނުވަތަ 55،150 އެމެރިކާ ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

މީގެ ތެރޭގައި ކުއްޖާ އުފަންވުމުން ދޭ 10،000 ޑޮލަރުގެ ހަދިޔާއަކާއި، ތައުލީމީ ކަންކަމަށް އެހީވުމުގެ ގޮތުން ދޭ 10،000 ޑޮލަރުގެ ފައިސާ ހިމެނެއެވެ. މީގެ އިތުރުން، މައިންބަފައިންނަށް ދޭ ޗުއްޓީ އިތުރުކުރުމާއި، އަލަށް ކައިވެނިކުރާ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުން ވެސް މި ޕެކޭޖުގައި ހިމެނެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރު ސިންގަޕޫރުގެ ދަރިމައިވުމުގެ ރޭޓް ވަނީ ރެކޯޑް މިންވަރަކަށް ދަށްވެފައެވެ. އެގޮތުން ކޮންމެ އަންހެނަކަށް ޖެހޭ ކުދިންގެ ނިސްބަތް ވަނީ 0.87 އަށް ވެއްޓިފަ އެވެ. މިއީ ދުނިޔޭގެ އެންމެ ދަށް ރޭޓް އޮތް ދެކުނު ކޮރެއާގެ 0.8 އާ ވަރަށް ގާތް އަދަދެކެވެ. އާބާދީއެއް ހަމަހަމަކަންމަތީ ދެމެހެއްޓުމަށްޓަކައި މި ނިސްބަތް 2.1 ގައި ހުންނަން ޖެހޭ ކަމަށް މާހިރުން ލަފާކުރެ އެވެ.

އުފަންވާ ރޭޓް ދަށްވުމާއި ސިއްހީ ހިދުމަތްތައް ރަނގަޅުވުމުގެ ސަބަބުން މީހުން ދިރިއުޅޭ މުއްދަތު އިތުރުވުމަކީ ސިންގަޕޫރުގެ އާބާދީ "ސުޕަރ-އޭޖްޑް" ނުވަތަ އާބާދީގެ ބޮޑު ބައެއް މުސްކުޅިންނަށް ވުމަށް މެދުވެރިވާ ސަބަބެކެވެ. އދ. އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބަލާއިރު، އާބާދީގެ 21 ޕަސެންޓަށް ވުރެ ގިނަ މީހުންނަކީ 65 އަހަރުން މަތީގެ މީހުން ކަމުގައިވާނަމަ އެއީ މުސްކުޅި އާބާދީއެއް އޮތް ގައުމެކެވެ. ލަފާކުރެވޭ ގޮތުގައި 2030 ވަނަ އަހަރާ ހަމައަށްދާއިރު ސިންގަޕޫރުގެ ކޮންމެ ހަތަރު މީހަކުން އެކަކީ 65 އަހަރުން މަތީގެ މީހަކަށް ވާނެއެވެ.

ބޮޑުވަޒީރު ވޮންގް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން ކިތަންމެ ގިނަ އެހީތަކެއް ދިން ނަމަވެސް، ގިނަ ޒުވާނުން މިހާރު އިސްކަންދެނީ މާލީ ގޮތުން ފުދުންތެރިވުމަށް ކަމަށްވާތީ ކުދިން ހޯދުން ލަސްކުރެއެވެ. އެހެންކަމުން، ހަމައެކަނި އުފަންވާ ކުދިންގެ އަދަދަށް ބުރަވެގެން އާބާދީ ދެމެހެއްޓުމަކީ ދަތި ކަމަކަށް ވާނެތީ، ބޭރު ގައުމުތަކުގެ މީހުންނަށް ރަށްވެހިކަން ދިނުމުގެ ސިޔާސަތު ވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މިކަން ކުރާނީ ސިންގަޕޫރުގެ އަސްލު ރައްޔިތުންގެ އަގުލަބިއްޔަތު ނުގެއްލޭނެ ފަދަ މިންގަނޑެއްގެ ތެރެއިން ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox