މޯލްޓާ ނޫސްވެރިޔާގެ މަރުގެ މައްސަލައިގައި ވިޔަފާވެރިޔާގެ މައްޗަށް ކުށް ސާބިތެއް ނުވި

Sep 4, 2026, 6:30 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ތަހުގީގީ ނޫސްވެރިޔާ ޑެފްނީ ކަރޫއާނާ ގަލީޒިއާ މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ މޯލްޓާގެ ވިޔަފާވެރިޔާ، ޔޯގެން ފެނެކްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ނިންމައިފި އެވެ.

އުމުރުން 44 އަހަރުގެ ފެނެކްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ނޫސްވެރިޔާ މަރާލުމުގައި ބައިވެރިވުމުގެ ދައުވާއާއި، މީހަކު މަރާލުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ. ނަމަވެސް، ޝަރީއަތުގައި އޭނާ ވަނީ މި ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފަ އެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި، މޯލްޓާ އާއި ގައުމުން ބޭރުގައި ހިންގާ ކޮރަޕްޝަންގެ ބޮޑެތި ވިއުގަތައް ފަޅާއަރުވަމުންދިޔަ ކަރޫއާނާ ގަލީޒިއާ މަރާލި މައްސަލައިގައި، 2022 ވަނަ އަހަރު ދެބެއިން ކަމަށްވާ ޖޯޖް އަދި އަލްފްރެޑް ޑެގިއޯޖިއޯގެ މައްޗަށް ކުށް ސާބިތުވެ 40 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.

Advertisement

ކަރޫއާނާ ގަލީޒިއާ މަރާލާފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި، އޭނާ ދަތުރުކުރި ކާރުގައި ބޮމެއް ގޮއްވާލައިގެންނެވެ. އެ ދުވަސްވަރު ގިނަ ބަޔަކު ތުހުމަތުކުރި ގޮތުގައި، މި މަރުގެ ފަހަތުގައި ސަރުކާރާއި ދައުލަތުގެ އިސް ފަރާތްތަކެއްގެ އަތެއްވެ އެވެ.

ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މައްސަލަ ބެލި ޖޫރީން އަށް ގަޑިއިރަށްވުރެ ގިނަ އިރު މަޝްވަރާކުރުމަށްފަހު، ފެނެކްގެ މައްޗަށް އުފުލި ދެ ދައުވާ ވެސް ސާބިތުނުވާ ކަމަށް ނިންމީ ޖޫރީގެ އަށް މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

މޯލްޓާގެ ވެރިރަށް ވެލެޓާގައި ހުންނަ ކޯޓު ރޫމް ފުރިފައި އޮތްއިރު، ހުކުމް އިއްވުމާއެކު ފެނެކްގެ އާއިލާގެ މެންބަރުން އުފަލުން ހަޅޭއްލަވަން ފެށި ކަމަށާއި، ނަމަވެސް ކަރޫއާނާ ގަލީޒިއާގެ އާއިލާގެ މެންބަރުން ތިބީ ހިތާމަފާޅުކުރަން ކަމަށް ރޮއިޓާސްއިން ބުނެފައިވެ އެވެ.

"ޑެފްނީގެ އަނިޔާވެރި މަރަށް ނުވަ އަހަރު ވެގެންދިޔައިރުވެސް، އޭނާ މަރާލުމަށް މަގުފަހިވި މުއައްސަސާތަކުގެ ނުކުޅެދުންތެރިކަމަށް އެއްވެސް ހައްލެއް ލިބި، އިސްލާހެއް ނުކުރެވޭ،" މޯލްޓާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ކަރޫއާނާ ގަލީޒިއާގެ އާއިލާގެ ބަޔާނުގައިވެ އެވެ.

އެ އާއިލާއިން އިތުރަށް ބުނެފައިވަނީ، ދާއިމީ އިންސާފަކީ އެހެން އެއްވެސް މީހަކަށް މިފަދަ ނުރައްކަލަކާ ކުރިމަތިލާން ނުޖެހުން ކަމަށާއި، ޑެފްނީގެ ފުރާނަ ސަލާމަތްކުރުމުގައި ގައުމު ނުކުޅެދިފައިވާތީ، އެހެން މީހުންގެ ފުރާނަ ސަލާމަތްކޮށްދިނުމަކީ ދައުލަތުގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ.

ޑެފްނީ ކަރޫއާނާ ގަލީޒިއާ ބައިނަލްއަގުވާމީ ސަމާލުކަމަށް އައީ އޭނާގެ "ރަނިން ކޮމެންޓްރީ" ބްލޮގް މެދުވެރިކޮށް ކޮރަޕްޝަނާއި، މަނީ ލޯންޑަރިން އަދި ރޭވުންތެރިކަމާއެކު ހިންގާ ކުށްތަކާ ގުޅޭގޮތުން ކުރި ތަހުގީގީ ރިޕޯޓުތަކުގެ ސަބަބުންނެވެ.

އޭނާއަކީ 2016 ވަނަ އަހަރު ޕެނަމާގެ ލޯ ފާމަކުން ލީކުވި ސިއްރު ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށް ހިންގި "ޕެނަމާ ޕޭޕާސް" ތަހުގީގުގައި އިސް ދައުރެއް އަދާކުރި ނޫސްވެރިއެކެވެ. އެ ތަހުގީގުން ވަނީ މޯލްޓާ ސަރުކާރުގެ އިސް އޮފިޝަލުންތަކެއްގެ ކޮރަޕްޝަންގެ މައްސަލަތަކާއި، ގަވާއިދާ ހިލާފަށް ފައިސާ ރައްކާކުރަން ހަދާފައިވާ އޮފްޝޯ ނެޓްވޯކްތައް ފަޅާއަރުވާލާފަ އެވެ.

އުމުރުން 53 އަހަރުގައި ކަރޫއާނާ ގަލީޒިއާ މަރާލުމާ ގުޅިގެން، އެ ދުވަސްވަރު މޯލްޓާގެ މަގުތަކުގައި އާންމުން ނުކުމެ ބޮޑެތި މުޒާހަރާތަކެއްކޮށް، ނުރުހުން ފާޅުކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދަރިވަރުންގެ މުޒާހަރާ ރޫޅާލަން ރަބަރު ވަޒަން ބޭނުންކޮށްފި

އަލްބޭނިއާގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވުމަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ރަބަރު ވަޒަނާއި ކަރުނަގޭސް ބޭނުންކުރުމުގެ ސަބަބުން ނޫސްވެރިންނާއި ބައެއް ދަރިވަރުންނަށް ވަނީ އަނިޔާވެފައެވެ. ސަރުކާރުގެ ކޮރަޕްޝަނާއި ތައުލީމީ ދާއިރާގެ މައްސަލަތަކާ ގުޅިގެން ކުރިއަށްދާ މި މުޒާހަރާތަކުގައި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފި ކަމުގެ ތުހުމަތުގައި ހަތް ފުލުހަކު މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.

ހިންދޫ ފެސްޓިވަލެއްގެ ތެރޭގައި ފިތިގެން 17 މީހުން މަރުވެއްޖެ

އިންޑިއާގެ ކޮލްކަޓާގައި ބޭއްވި "ދުރުގާ ޕޫޖާ" ފެސްޓިވަލްގެ ތެރޭގައި، ބޯކޮށް ވާރޭވެހި މީހުން ތޮއްޖެހުމުގެ ސަބަބުން ހިނގި ހާދިސާއެއްގައި 17 މީހުން މަރުވެ އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި އަނިޔާވި މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާގެ ބޮޑުވަޒީރުގެ އޮފީހުން ވަނީ ނިންމާފައެވެ.

ޔަހޫދީ ވަޒަންވެރިން ޔޫރަޕްގެ ޑިޕްލޮމެޓުންނަށް ވެސް ހަމަލާދީފި

ހުޅަނގު އައްސޭރީގައި މޫނު ނިވާކޮށްގެން ތިބި ޔަހޫދީ ވަޒަންވެރިންތަކެއް ބެލްޖިއަމްގެ ކޮންސުލް ޖެނެރަލް ހިމެނޭހެން ޔޫރަޕްގެ ޑިޕްލޮމޭޓުންގެ ވަފުދަކަށް ހަމަލާދީފިއެވެ. މި ހަމަލާ ބެލްޖިއަމް އާއި އެމެރިކާއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވާއިރު، އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ވަނީ މި ހާދިސާއާ މެދު ޝައްކު އުފައްދައި މިއީ އިސްރާއީލުގެ އަގުވައްޓާލަން ހިންގާ ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ.

ފްރާންސްގައި ފިހާރަތައް ލޫޓުވައި ތަންތަނުގައި ހުޅުޖަހައިފި

ފްރާންސްގެ ދިރިއުޅުމުގެ އަގުތައް އުފުލުމާއި ސްކޫލްތަކުގެ ހާލަތާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި، ފިހާރަތައް ލޫޓުވައި އިމާރާތްތަކުގައި ވަނީ ހުޅުޖަހާފައެވެ. މި ކުރިމަތިލުންތަކުގައި 150 ފުލުހުންނަށް އަނިޔާވެ، 1،200 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު، ސަރުކާރުން ވަނީ މިއީ ނުރައްކާތެރި މިންވަރަކަށް އިތުރުވެފައިވާ ހަމަނުޖެހުންތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ސައުދީގެ ދިފާއުގައި ނުކުތުމަށް މިސްރުން މަޖިލީހުގެ ހުއްދަ ހޯދަނީ

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދޭ ހަމަލާތަކުން އެ ގައުމު ދިފާއުކުރުމަށްޓަކައި، މިސްރުގެ އަސްކަރިއްޔާ ބޭނުންކުރުމުގެ ހުއްދަ ހޯދުމަށް ރައީސް ސީސީ ވަނީ ޕާލަމެންޓަށް ހުށަހަޅުއްވާފައެވެ. ސައުދީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިސްރުން ތައްޔާރަށް އޮތްކަން ހާމަކުރައްވައި، މިކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ޕާލަމެންޓުގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް މިހާރު ވަނީ ނިންމާފައެވެ.

ބަންގްލަދޭޝްގައި ހިމަބިހީގެ ހާލަތު އަދިވެސް ވަރަށް ގޯސް

ބަންގްލަދޭޝްގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ނުވެ، މިހާތަނަށް 2 ލައްކައަށް ވުރެ ގިނަ މީހުންނަށް ބަލިޖެހި 1,147 މީހުން ވަނީ މަރުވެފައެވެ. މި ހާލަތު ގޯސްވީ ވެކްސިން ދިނުމުގެ ޕްރޮގްރާމްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވުމުން ކަމަށްވާއިރު، މަރުވި މީހުންގެ ތެރޭގައި ގިނައީ ފަސް އަހަރުން ދަށުގެ ކުޑަކުދިންނެވެ. ސިއްހީ މާހިރުން މިކަން ސިފަކުރަނީ ވެކްސިން ޖެހުމުގެ މުހިންމުކަން އަންގައިދޭ، އެހެން ގައުމުތަކަށް ލިބުނު ވަރުގަދަ އިންޒާރެއްގެ ގޮތުގައެވެ.

ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އަނިޔާވެރިކަން އިތުރުވަނީ

ހުޅަނގު އައްސޭރީގައި ޒައިތޫނި ބިންނަ މޫސުމާ ދިމާކޮށް، މޫނު ނިވާކޮށްގެން ތިބި ޔަހޫދީ ވަޒަންވެރިން ފަލަސްތީނުގެ ދަނޑުވެރިންނަށް ހަމަލާދީ، އުޅަނދުތަކާއި ގަސްތަކުގައި ހުޅުޖަހައި ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. މި ހަމަލާތަކުގައި 12 މީހަކު ޒަޚަމްވެފައިވާއިރު، އދ. އިން ހާމަކުރާ ގޮތުގައި މި އަހަރު ވަޒަންވެރިން ދޭ ހަމަލާތައް ވަނީ ނިސްބަތުން ވަރަށް ބޮޑަށް އިތުރުވެފައެވެ.

Newsletter

Get the latest news delivered straight to your inbox