ނޫސްވެރިޔާގެ މަރުގެ މައްސަލައިގައި ކުށް ސާބިތެއް ނުވި
ތަހުގީގީ ނޫސްވެރިޔާ ޑެފްނީ ކަރޫއާނާ ގަލީޒިއާ މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ދައުވާ އުފުލި ވިޔަފާވެރިޔާ ޔޯގެން ފެނެކްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ. މި މައްސަލައިގައި ޖޫރީން ނިންމި ނިންމުމާ ގުޅިގެން ނޫސްވެރިޔާގެ އާއިލާއިން ވަނީ އިންސާފު ނުލިބޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.