ހިމަލަޔަން ބޯޑަރު ކާރިސާ: ޓިބެޓުން 23 ގައުމަކަށް ނިސްބަތްވާ 261 މީހުން ގެއްލުނު

Aug 30, 2026, 9:32 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ހިމަލަޔާ ސަރަހައްދަށް ކުރިމަތިވި ހާދިސާއާ ގުޅިގެން، ނޭޕާލާ އިންވެގެން އޮންނަ ޓިބެޓުގެ ބޯޑަރު ސަރަހައްދުން 23 ގައުމަކަށް ނިސްބަތްވާ 261 ބޭރު މީހުން ގެއްލިފައިވާ ކަމަށް ޗައިނާއިން އާދިއްތަ ދުވަހު ބުނެފި އެވެ.

މި ހާދިސާގައި ޓިބެޓުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 16 އަށް އަރާފަ އެވެ.

ޗައިނާގެ ޓިބެޓް އޮޓޮނޮމަސް ރީޖަންގެ އޮފިޝަލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ގެއްލުނު ބޭރު މީހުންގެ ތެރޭގައި އެންމެ ގިނައީ ނޭޕާލްގެ ރައްޔިތުން ކަމަށެވެ. އެގޮތުން ނޭޕާލްގެ 104 މީހަކާއި، އިންޑިއާގެ 49 މީހަކާއި، ލެޓްވިއާގެ 33 މީހަކާއި، އެމެރިކާގެ 18 މީހެއްގެ އިތުރުން އިނގިރޭސިވިލާތުގެ 15 ރައްޔިތަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. 

Advertisement

މިކަމާ ގުޅޭ މައުލޫމާތު ބެއިޖިންގައި ހުންނަ ބޭރު ގައުމުތަކުގެ މިޝަންތަކަށް މިހާރު އަންގާފައިވާ ކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ.

މިދިޔަ ބުދަ ދުވަހު ފަރުބަދަމަތިން ސްނޯ ފައިބައިގެން ގޮސް، ހިމަލަޔާގެ ކޯރުތަކަށް އައިސްގަނޑުތަކާއި، ހިލަޔާއި، ކިސަޑު އަދި ކުނިބުނިތައް އޮހިގަތް ހާދިސާއަށްފަހު، ގެއްލުނު މީހުންގެ ގައުމުތަކުގެ ތަފުސީލު ޗައިނާ ސަރުކާރުން ހާމަކުރި މިއީ ފުރަތަމަ ފަހަރެވެ.

ކަމާބެހޭ އިދާރާތަކުން ހާމަކުރި ގޮތުގައި، ހޮނިހިރު ދުވަހުގެ އިރުއޮއްސުމާ ހަމައަށް ޓިބެޓުގެ ގީރޮންގް ކައުންޓީން 16 މީހަކު މަރުވެފައިވާއިރު، ޖުމްލަ 546 މީހަކު ވަނީ ގެއްލިފަ އެވެ.

ނޭޕާލުގެ ޑިޒާސްޓާ އޮތޯރިޓީން ބުނި ގޮތުގައި، ބޯޑަރުގެ ނޭޕާލް ފަޅިން މިހާތަނަށް މަދުވެގެން 675 މީހުން މަރުވެ، 2,498 މީހުން ވަނީ ގެއްލިފަ އެވެ. އަދި މިހާތަނަށް 7,514 މީހަކު ސަލާމަތްކުރެވިފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox