މާރަންދޫ ފެނަކައިން ކުއްލި ގޮތަކަށް 13 މީހަކު ވަކިކުރީ އިދިކޮޅު ސިޔާސީ ފިކުރުތަކުގެ މީހުން ބަލިކަށިކޮށްލަން: ކައުންސިލް

ހއ. މާރަންދޫގެ މަތިން ފެންނަ ފޮޓޯއެއް: އެ ރަށުން 13 މުވައްޒަފުން ވަކިކޮށްފައި ވަނީ އިންޒާރެއް ދިނުމަކާ ނުލައި ކަމަށް ކައުންސިލުން ބުނި -- ފޮޓޯ: ޒުވާން މަސްވެރިޔާ

ހއ. މާރަންދޫގެ މަތިން ފެންނަ ފޮޓޯއެއް: އެ ރަށުން 13 މުވައްޒަފުން ވަކިކޮށްފައި ވަނީ އިންޒާރެއް ދިނުމަކާ ނުލައި ކަމަށް ކައުންސިލުން ބުނި -- ފޮޓޯ: ޒުވާން މަސްވެރިޔާ

ހއ. މާރަންދޫ ފެނަކަ އޮފީހުން އިންޒާރަކާ ނުލައި 13 މުވައްޒަފުން ވަކިކުރީ އިދިކޮޅު ސިޔާސީ ފިކުރުތަކުގެ މީހުން ބަލިކޮށްލުމަށްޓަކައި ވަކި ބަޔަކަށް ޓާގެޓުކޮށްގެން ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

މާރަންދޫ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ އެ 13 މުވައްޒަފުން ވަޒީފާއިން ވަކިކުރުން ކުށްވެރިކޮށް އެއީ ފިނޑި އަމެލެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

"ވަޒީފާގެ ޔަގީންކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅު ބޮލާލައި ޖެހުމަށްފަހު، ކުންފުނި ރައިޓްސައިޒް ކުރުމުގެ ނަމުގައި އިދިކޮޅު ސިޔާސީ ފިކުރުތަކުގެ މީހުން ބަލިކަށިކޮށްލުމަށް ވަކި ބަޔަކަށް އަމާޒުކޮށް ވަޒީފާއިން ވަކިކުރުމަކީ ވަރަށް ފިނޑި، އަދި ބަލައިގަނެވޭނެ އަމަލެއް ނޫންކަމުގައި މި ކައުންސިލުން ދެކެން،" އެ ބަޔާނުގައި ބުންޏެވެ.

ކުންފުނިތައް ރައިޓްސައިޒް ކުރުމުގެ ނަމުގައި ދަށް ފަންތީގެ އެތައް މުވައްޒަފުންނެއް ވަޒީފާއިން ވަކިކޮށް އެމީހުންގެ އާއިލާތައް ބިކަ ކުރުމަށްފަހު، ސިޔާސީ ބޮޑެތި މަގާމުތަކަށް މީހުން އައްޔަނުކުރަންމުން ދިޔުމަކީ ވަރަށް ނާތަހުޒީބު އަމަލެއްގެ ގޮތުގައި އެ ކައުންސިލުން ވަނީ ސިފަކޮށްފަ އެވެ.

"މިއީ ސިޔާސީ ގޮތުން، ރައްޔިތުން ބަލިކަށިކޮށް ރައްޔިތުން އަޅުދާސްތުކުރުމަށްޓަކައި އަޅަމުންދާ އަނިޔާވެރި ފިޔަވަޅުތަކެއް ކަމުގައި މި ކައުންސިލުން ދެކޭހިނދު، ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް އިންސާފު ހޯދައިދިނުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކަށް ގޮވައިލަން،" އެ ބަޔާނުގައި ބުންޏެވެ.

އައްޑޫ ފެނަކައިން ވަކިކުރި 189 މުވައްޒަފުންގެ ހައްގުގައި މުޒާހަރާކުރަން ފަށައިފި

އައްޑޫ ސިޓީ ފެނަކައިގެ 189 މުވައްޒަފަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކުރުމާ ގުޅިގެން، އެ މީހުންގެ ހައްގުގައި ހިތަދޫ ފެނަކަ އޮފީސް ދޮރުމަތީގައި މުޒާހަރާކުރަން ވަނީ ފަށާފައި. މި މުޒާހަރާގައި ސިޓީ ކައުންސިލަރުންނާއި އާންމުން ބައިވެރިވާއިރު، މިއީ ސިޔާސީ ނުފޫޒުންނާއި ނާއިންސާފުން ކޮށްފައިވާ ކަމެއް ކަމަށް މޭޔަރު އަލީ ނިޒާރު ވަނީ ތުހުމަތު ކުރައްވާފައި.

މާރަންދޫގެ އިތުރުން ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ދަނީ ވަޒީފާއިން ވަކިކުރަމުންނެވެ. 

އޭގެ ސަބަބެއްގެ ގޮތުގައި ކުންފުނިތަކުން ދައްކަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނެރެފައިވާ ސާކިއުލާ އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުން 33 ޕަސެންޓު މުވައްޒަފުން ވަކިކުރަން ޕީސީބީން އެންގީ މިދިޔަ އޭޕްރިލް މަހު އެވެ. ޕީސީބީގެ އެ އެންގުމަކީ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީގެ ސަބަބުން، އެންެގި އެންގުމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އެ ސާކިއުލާއާ އެއްގޮތަށް، ސަރުކާރު ހިއްސާވާ ކުންފުނިތަކުން 33 ޕަސެންޓު މުވައްޒަފުން ތިން މަސްދުވަހުގެ ތެރޭގައި ވަކިކޮށް ނިންމުމަށް އަންގައި މިދިޔަ މަހުގެ 18، ގައި ޕީސީބީން ވަނީ އިތުރު ސާކިއުލާއެއް ނެރެފަ އެވެ. އެ ސާކިއުލާގައި އަންގާފައި ވަނީ ޖުލައި 13. އިން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި އެ މަސައްކަތްކޮށް ނިންމުމަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ އޮކްޓޫބަރު މަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox