ހިމަލަޔަން ބޯޑަރު ކާރިސާ: 1،500 މީހުން ގެއްލި، 165 މަރު
ހިމަލަޔަން ފަރުބަދަތަކުގެ ބައެއް ކަނޑައިގެން ގޮސް ކޯރަކަށް ފޭބުމުގެ ސަބަބުން ނޭޕާލާއި ޓިބެޓަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި 165 މީހުން މަރުވެ، 1،500 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. ގެއްލުނު މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ބޭރު ގައުމުތަކުގެ ފަތުރުވެރިން ހިމެނޭއިރު، މަގުތައް ހަލާކުވުމުގެ ސަބަބުން މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި މިހާރު ބޭނުންކުރަމުންދަނީ ހެލިކޮޕްޓަރެވެ.