މެކްސްވެލްގެ ހުކުމް ބާތިލްކުރަން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

Aug 26, 2026, 7:00 AM
ފޮޓޯ: ބީބީސީ

ފޮޓޯ: ބީބީސީ

ޖިންސީ ފުރައްސާރަ އާއި އިންސާނީ ވަގުފާރީގެ ކުށް ސާބިތުވެފައިވާ ގިލެއިން މެކްސްވެލްގެ ހުކުމް ބާތިލްކުރުމަށް އޭނާ ހުށަހެޅި އެންމެ ފަހުގެ ހުށަހެޅުން އެމެރިކާގެ ފަނޑިޔާރަކު ބޭރުކޮށްލައިފި އެވެ. 

އުމުރުން 64 އަހަރުގެ މެކްސްވެލް މިހާރު ގެންދަނީ 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އޭނާގެ މައްޗަށް މި ހުކުމް އައީ، މަރުވެފައިވާ ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއަށް އަންހެން ކުދިން ހޯދައިދިނުމުގައި އަދާކުރި ދައުރާ ގުޅިގެން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކުށް ސާބިތުވުމުންނެވެ.

މެކްސްވެލް ވަނީ އޭނާގެ މައްޗަށް ސާބިތުވި ފަސް ޖިނާއީ ކުށުގެ ހުކުމް އިސްތިއުނާފުކޮށް، އޭނާގެ ދުސްތޫރީ ހައްގުތަކަށް އެކި ގޮތްގޮތުން އުނިކަން ލިބިފައިވާ ކަމަށް ބުނެފަ އެވެ.

ނަމަވެސް ނިއުޔޯކްގެ ފަނޑިޔާރު ވަނީ އެ އިސްތިއުނާފު އެއްކޮށް ބޭރުކޮށްލައްވާފަ އެވެ. އަދި އެއީ ވަރަށް ދިގު، އެއްވެސް ތަރުތީބެއް ނެތް ހުށަހެޅުމެއްގެ ގޮތުގައި ފަނޑިޔާރު ސިފަކުރެއްވި އެވެ.

މެކްސްވެލް ބުނެފައިވަނީ، މި އަހަރުގެ ކުރީކޮޅު އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އާންމުކުރި އެޕްސްޓީންއާ ގުޅޭ ލިޔެކިޔުންތަކުން، އޭނާގެ މައްޗަށް ކުށް ސާބިތުވީ ނުބައިކޮށްކަން ހާމަވާ ކަމަށެވެ.

އެހެންނަމަވެސް ފަނޑިޔާރު ނިންމެވީ، އެ ލިޔެކިޔުންތަކުން އޭނާ ކުށުން ބަރީއަވުމުގެ ބަދަލުގައި، އޭނާގެ ކުށްވެރިކަން އިތުރަށް ހާމަވާ ކަމަށާއި، ކުރިން ކުރި ހުކުމަކީ ރަނގަޅު ހުކުމެއްކަން އެ ލިޔުންތަކުން ކަށަވަރުވާ ކަމަށެވެ.

ފަނޑިޔާރު އިތުރަށް ވިދާޅުވީ، މެކްސްވެލްގެ އިސްތިއުނާފަކީ އެއްވެސް އަމާޒެއް ނެތް ކަމެއް ކަމަށެވެ. އަދި އޭނާ ހުށަހެޅި ގިނަ ކަންކަމަކީ އިޖުރާއީ ގޮތުން ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށާއި، ޝަރީއަތަށް ހުށަހެޅުނު ގިނަ ހެކިތަކުން އޭނާގެ ކުށް ކަށަވަރުވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. މީގެ އިތުރުން މެކްސްވެލްގެ ހުށަހެޅުމަކީ އެއްވެސް އަސާސެއް ނެތް، ހީތަކާއި ހަގީގަތް އޮޅުވާލުމުގެ މައްޗަށް ބިނާވެފައިވާ ކަންކަން ކަމަށްވެސް ފަނޑިޔާރު ފާހަގަކުރެއްވި އެވެ.

ޝަރީއަތުގެ ނަތީޖާއަށް ބަދަލެއް އަތުވެދާނެ ފަދަ އެއްވެސް ހަގީގީ ހެއްކެއް މެކްސްވެލްއަށް ހުށަހެޅިފައި ނުވާ ކަމަށްވެސް ފަނޑިޔާރު ވިދާޅުވި އެވެ.

މި އަހަރުގެ ފެބްރުއަރީ މަހު އެމެރިކާގެ ހައުސް އޯވަސައިޓް ކޮމިޓީގެ ކުރިމައްޗަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މެކްސްވެލް ހާޒިރުކުރެވުނެވެ. ނަމަވެސް، ގާނޫނުއަސާސީގެ ފަސްވަނަ އިސްލާހުގެ ދަށުން ލިބިދޭ ހަނުހުރުމުގެ ހައްގުގެ ބޭނުން ހިފައި، އޭނާ ވަނީ ސުވާލުތަކަށް ޖަވާބު ދިނުމަށް އިންކާރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox