މެކްސްވެލްގެ ހުކުމް ބާތިލްކުރަން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
ޖެފްރީ އެޕްސްޓީންއަށް އަންހެން ކުދިން ހޯދައިދިން މައްސަލާގައި 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ގިލެއިން މެކްސްވެލްގެ ހުކުމް ބާތިލްކުރަން ހުށަހެޅި މައްސަލަ އެމެރިކާގެ ފަނޑިޔާރަކު ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު ނިންމެވީ މެކްސްވެލް ހުށަހެޅި ކަންކަމަކީ އެއްވެސް އަސާސެއް ނެތް ކަންތައްތަކެއް ކަމަށާއި، އޭނާގެ ކުށްވެރިކަން ހެކިތަކުން ސާފުކޮށް އެނގެން އޮތް ކަމަށެވެ.