ބަންގްލަދޭޝް އިން އާސިއާން ކަޕްގައި ކުޅުމުގެ ފުރުސަތު ހޯދައިފި

Aug 15, 2026, 5:44 AM
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތެއްގެ ތެރެއިން ބަންގްލަދޭޝް ސަޕޯޓަރަކު ވުވުޒެލާ ފުމެނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތެއްގެ ތެރެއިން ބަންގްލަދޭޝް ސަޕޯޓަރަކު ވުވުޒެލާ ފުމެނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

ޑާކާ، ބަންގްލަދޭޝް (އޮގަސްޓް 15) - ފީފާ އާސިއާން ކަަޕުގައި ބަައިވެރިވާން ނިންމައި ފަަހުން އެ ފުރުސަތު ދޫކޮށްލި އިންޑިއާގެ ޖާގަ ހޯދަން ބަންގްލަދޭޝް އިން ހޯދައިފި އެވެ.

ފީފާ އާސިއާން ކަޕް އޮތީ ސެޕްޓެމްބަރު 23 އިން އޮކްޓޫބަރު ތިން ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތުގައި ކުޅޭ ކޮންމެ ގައުމަކަށް، 125،000 ޑޮލަރުގެ ބޯނަހެއް ދޭން ވެސް ވަނީ ނިންމައިފަ އެވެ. އާސިއާން ކަޕްގެ ގުރުއަތުލުން ބޭއްވިއިރު އިންޑިއާ ހިމެނުނީ، ޕްްރިމިއާ ޑިވިޝަނުގަ އެވެ. ޗެމްޕިއަނުންނަށް އެއް މިލިއަން ޑޮލަރު ދޭ މި ޑިވިޝަނުގައި އިންޑިއާ ހިމެނެނީ، ގްރޫޕް އޭގަ އެވެ. އިންޑިއާގެ އިތުރުން އެ ގްރޫޕްގައި އޮތީ އިންޑޮނޭޝިއާ، މެލޭޝިއާ އަދި ސިންގަޕޫރު އެވެ.

އިންޑިއާ އިން އާސިއާ ކަޕުން ވަަކިވި މައިގަނޑު ސަބަބަކީ، އޮކްޓޫބަރު ތިން ވަނަ ދުވަހު އެ ގައުމުގައި ބްރެޒިލްއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ތައްޔާރުވުމަށެެވެ. 

އާސިއާން ކަޕުން އިންޑިއާ ވަކިވުމުން، ފީފާ އިން އެ ޖާގަ މި ފަހަރު، އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބޭއްވި ފީފާ ވޯލްޑް ކަޕްގައި ކުޅުނު ޓީމެއް ގެންނަން މަޝްވަރާ ކުރި އެވެ. އެހެން ނަމަވެސް، އެ ޖާގަ ލިބޭތޯ، ބަންގްލަދޭޝް ފުޓްބޯލް ފެޑެރޭޝަން (ބީއެފްއެފް) އިން ކުރި މަސައްކަތް ކާމިޔާބުކުރީ އެވެ. 

އާސިއާން ކަޕުން އިންޑިއާ ދޫކޮށްލި ޖާގަ ހޯދަން ބަންގްލަދޭޝް އިން މަސައްކަތްކުރަނީ

އަންނަ މަހު ބާއްވާ އާސިއާން ކަޕުން އިންޑިއާ ވަކިވުމާ ގުޅިގެން، އެ ގައުމަށް ލިބުނު ޖާގަ ހޯދުމަށް ބަންގްލަދޭޝް އާއި ސްރީ ލަންކާ އިން ދަނީ މަސައްކަތް ކުރަމުން. ޚާއްސަކޮށް ބަންގްލަދޭޝް އިން މި ފުރުސަތު ހޯދުމަށް ބޮޑު އިސްކަމެއް ދެނީ، ކުރިއަށް އޮތް ފީފާ ބްރޭކަށް އެ ގައުމުން އަދި އެހެން މެޗުތަކެއް ކަށަވަރުވެފައި ނުވާތީ

ސްރީ ލަންކާ އަށް ވުރެން ބޮޑަށް އާސިއާން ކަޕްގެ ޖާގަ ލިބޭތޯ މަސައްކަތް ކުރަމުން އަންނަނީ، ބަންގްލަދޭޝް އިންނެވެ. ލަންކާ އިން އަންނަ މަހުގެ ފީފާ ބްރޭކް ތެރޭގައި، މޮރިޝަސް އާއި ސީޝެލްސްއާ ކުޅެން ވަނީ އެއްބަސްވެފަ އެވެ. އެކަމަކު، ބަންގްލަދޭޝް އިން ކުރިއަށް އޮތް ފީފާ ބްރޭކަށް މެޗުތަކެއް ހަމަޖައްސަން ކުރާ މަސައްކަތުގައި ގޮތްތަކެއް ނިމިފައިނުވާތީ ބީއެފްއެފް އިން އާސިއާން ކަޕްގައި ކުޅެން ނިންމީ އެވެ. 

ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަންގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރު، ސައީދު ހަސަން ކެނޮން ވިދާޅުވީ، ބަންގްލަދޭޝްގެ ފުޓްބޯޅަ ރައީސް، ތާބިތު އައްވަލުގެ މަސަައްކަތުން އާސިއާން ކަޕްގައި ކުޅުމުގެ ފުރުސަތު ހޯދައި، އޭގެ އަށް ގޮތެއް ނިންމަން އެގްޒެކްޓިވް ކޮމިޓީ އަށް ހުށަހެޅުމުން، ހުރިހާ މެމްބަރުންގެ އިއްތިފާގުން އެ ނިންމުން ފާސްކޮށްފައިވާ ކަމަށެވެ. 

އެ ގޮތުން، ބަންގްލަދޭޝް އިން ވާދަކުރާނީ، އިންޑިއާ ހިމެނުނު ގްރޫޕްގަ އެވެ. އެއީ، އިންޑޮނޭޝިއާ، މެލޭޝިއާ އަދި ސިންގަޕޫރާ ދެކޮޅަށް ކުޅެން ގްރޫޕް އޭގަ އެވެ. 

ބަންގްލަދޭޝް އިން ވަނީ މިދިޔަ ޖޫން މަހު، ޔޫރަޕްގެ ސެން މެރީނޯއާ ދެކޮޅަށް އެ ގައުމުގައި މެޗެއް ކުޅެ މޮޅުވެފަ އެވެ. 

ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕް މި ފަހަރު އޮތީ ބަންގްލަދޭޝްގަ އެވެ. އެ މުބާރާތް އޮތީ  ނޮވެމްބަރު 4-17 އަށް ބަންގްލަދޭޝްގެ ވެރި ރަށް ޑާކާގަ އެވެ. 

އާސިއާން ކަޕުން ޗައިނާ އަށް ލިބުނު ފުރުސަތު ދޫކޮށްލުމުން، އެ ޖާގަ އަށް އެންމެ ބޮޑަށް މަަސައްކަތްކުރީ ލަންކާ އާއި ޕާކިސްތާން އެވެ. ޕާކިސްތާނުން އެ ޖާގަ ހޯދީ ގިނަ ގޮތްގޮތުން މަސައްކަތްކޮށްގެންނެވެ. 

އާސިއާން ކަޕް ކުރިއަށްދަނީ، ދެ ޑިވިޝަނަކަށެވެ. އެއީ، ޕްރިމިއާ ޑިވިޝަންގެ އިތުރުން ޗެލެންޖް ޑިވިޝަން އެވެ. 

ޗެލެންޖު ޑިވިޝަނުގެ ގްރޫޕް އޭގައި ހިމެނެނީ، ހޮންގް ކޮންގް، މިޔަންމާ އަދި ބުރުނާއީ އެވެ. އަދި، ގްރޫޕް ބީގައި އޮތީ ކެމްބޯޑިއާ، ލާއޯސް އަދި ޓިމޯ ލެސްޓޭ އެެވެ. މި ތަނުން ކޮންމެ ގްރޫޕެއްގެ އެއް ވަނަ ފައިނަލަށް ދަތުރުކުރާއިރު، ފައިނަލުން މޮޅުވާ ޓީމަކަށް 300،000 ޑޮލަރުގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ. ޗެލެންޖު ޑިވިޝަނުން، ޖުމްލަ ތިން މެޗު ކުޅެގެން މުބާރާތުގެ ޗެމްޕިއަންކަން ހޯދޭނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox