އާސިއާން ކަޕުން އިންޑިއާ ދޫކޮށްލި ޖާގަ ހޯދަން ބަންގްލަދޭޝް އިން މަސައްކަތްކުރަނީ

Aug 14, 2026, 7:22 PM
ބަންގްލަދޭޝް ގައުމީ ޓީމުގެ މިޑްފީލްޑަރު ހަމްޒާ ޗޯދުރީ، މެޗަކަށް ފަހު ސަޕޯޓަރުންނާ އެކު އުފާފާޅުކުރަނީ

ބަންގްލަދޭޝް ގައުމީ ޓީމުގެ މިޑްފީލްޑަރު ހަމްޒާ ޗޯދުރީ، މެޗަކަށް ފަހު ސަޕޯޓަރުންނާ އެކު އުފާފާޅުކުރަނީ

ޑާކާ، ބަންގްލަދޭޝް (އޮގަސްޓް 14) - އަންނަ މަހު ބާއްވާ ފީފާ އާސިއާން ކަަޕުގައި ބަައިވެރިވާން ނިންމައި ފަަހުން އެ ފުރުސަތު ދޫކޮށްލި އިންޑިއާގެ ޖާގަ ހޯދަން ބަންގްލަދޭޝް އިން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. 

ފީފާ އާސިއާން ކަޕް އޮތީ ސެޕްޓެމްބަރު 23 އިން އޮކްޓޫބަރު ތިން ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތުގައި ކުޅޭ ކޮންމެ ގައުމަކަށް، 125،000 ޑޮލަރުގެ ބޯނަހެއް ދޭން ވެސް ވަނީ ނިންމައިފަ އެވެ.

އާސިއާން ކަޕްގެ ގުރުއަތުލުން ބޭއްވިއިރު އިންޑިއާ ހިމެނުނީ، ޕްްރިމިއާ ޑިވިޝަނުގަ އެވެ. ޗެމްޕިއަނުންނަށް އެއް މިލިއަން ޑޮލަރު ދޭ މި ޑިވިޝަނުގައި އިންޑިއާ ހިމެނެނީ، ގްރޫޕް އޭގަ އެވެ. އިންޑިއާގެ އިތުރުން އެ ގްރޫޕްގައި އޮތީ އިންޑޮނޭޝިއާ، މެލޭޝިއާ އަދި ސިންގަޕޫރު އެވެ.

Advertisement

އިންޑިއާ އިން އާސިއާ ކަޕުން ވަަކިވި މައިގަނޑު ސަބަބަކީ، އޮކްޓޫބަރު ތިން ވަނަ ދުވަހު އެ ގައުމުގައި ބްރެޒިލްއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ތައްޔާރުވުމަށެެވެ. 

އާސިއާން ކަޕުން އިންޑިއާ ވަކިވުމުން، ފީފާ އިން އަންނަނީ އެ މުބާރާތަށް މި ފަހަރު، އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބޭއްވި ފީފާ ވޯލްޑް ކަޕްގައި ކުޅުނު ޓީމެއް ގެންނަން މަޝްވަރާ ކުރަމުންނެވެ. އެހެން ނަމަވެސް، އެ ޖާގަ ލިބޭތޯ، ދެކުނު އޭޝިއާގެ ދެ ގައުމު ކަމަށްވާ ސްރީ ލަންކާ އާއި ބަންގްލަދޭޝް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. 

ލަންކާ އަށް ވުރެން ބޮޑަށް އާސިއާން ކަޕްގެ ޖާގަ ލިބޭތޯ މަސައްކަތް ކުރަމުން އަންނަނީ، ބަންގްލަދޭޝް އިންނެވެ. ލަންކާ އިން އަންނަ މަހުގެ ފީފާ ބްރޭކް ތެރޭގައި، މޮރިޝަސް އާއި ސީޝެލްސްއާ ކުޅެން ވަނީ އެއްބަސްވެފަ އެވެ. އެކަމަކު، ބަންގްލަދޭޝް އިން ކުރިއަށް އޮތް ފީފާ ބްރޭކަށް މެޗުތަކެއް ހަމަޖައްސަން ކުރާ މަސައްކަތުގައި ގޮތްތަކެއް ނިމިފައިނުވެ އެވެ. ކިރްގިސްތާންގައި އޮތް ޓްރައި-ނޭޝަން މުބާރާތަކަށް ދިއުމުގެ ވާހަކަތައް ދެކެވުނަސް އަދި ގޮތެއް ނުނިންމެ އެވެ. 

ބަންގްލަދޭޝްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، ތާބިތު އައްވަލް އަންނަނީ އާސިއާން ކަޕުން ބަންގްލަދޭޝް އަށް ފުރުސަތެއް ލިބޭތޯ މަސައްކަތް ކުރަމުންނެވެ. ބަންގްލަދޭޝް އިން ވަނީ މިދިޔަ ޖޫން މަހު، ޔޫރަޕްގެ ސެން މެރީނޯއާ ދެކޮޅަށް އެ ގައުމުގައި މެޗެއް ކުޅެ މޮޅުވެފަ އެވެ. 

ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕް މި ފަހަރު އޮތީ ބަންގްލަދޭޝްގަ އެވެ. އެ މުބާރާތް އޮތީ  ނޮވެމްބަރު 4-17 އަށް ބަންގްލަދޭޝްގެ ވެރި ރަށް ޑާކާގަ އެވެ. 

އާސިއާން ކަޕުން ޗައިނާ އަށް ލިބުނު ފުރުސަތު ދޫކޮށްލުމުން، އެ ޖާގަ އަށް އެންމެ ބޮޑަށް މަަސައްކަތްކުރީ ލަންކާ އާއި ޕާކިސްތާން އެވެ. ޕާކިސްތާނުން އެ ޖާގަ ހޯދީ ގިނަ ގޮތްގޮތުން މަސައްކަތްކޮށްގެންނެވެ. 

އާސިއާން ކަޕް ކުރިއަށްދަނީ، ދެ ޑިވިޝަނަކަށެވެ. އެއީ، ޕްރިމިއާ ޑިވިޝަންގެ އިތުރުން ޗެލެންޖް ޑިވިޝަން އެވެ. 

ޗެލެންޖު ޑިވިޝަނުގެ ގްރޫޕް އޭގައި ހިމެނެނީ، ހޮންގް ކޮންގް، މިޔަންމާ އަދި ބުރުނާއީ އެވެ. އަދި، ގްރޫޕް ބީގައި އޮތީ ކެމްބޯޑިއާ، ލާއޯސް އަދި ޓިމޯ ލެސްޓޭ އެެވެ. މި ތަނުން ކޮންމެ ގްރޫޕެއްގެ އެއް ވަނަ ފައިނަލަށް ދަތުރުކުރާއިރު، ފައިނަލުން މޮޅުވާ ޓީމަކަށް 300،000 ޑޮލަރުގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ. ޗެލެންޖު ޑިވިޝަނުން، ޖުމްލަ ތިން މެޗު ކުޅެގެން މުބާރާތުގެ ޗެމްޕިއަންކަން ހޯދޭނެ އެވެ. 


ކޮމެންޓް

ފަހުގެ ޚަބަރު

ކޮމްޕެނީ އަށް ހޮސްޕިޓަލްގައި ފަރުވާދެނީ

ބަޔާން މިއުނިކްގެ ދެވަނަ ޓީމުގެ ފަރިތަކުރުންތަކުގައި ހުއްޓާ ހާލު ދެރަވެގެން އެ ކްލަބުގެ ކޯޗު ވިންސެންޓް ކޮމްޕެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި. ވައިރަލް ރޯގާއެއްގެ ސަބަބުން ކޮމްޕެނީގެ ހާލަތު ގޯސްވުމާ ގުޅިގެން، ކުރިއަށް އޮތް މެޗުތަކުގައި ޓީމަށް އިރުޝާދުދޭނީ އޭނާގެ އެސިސްޓަންޓް ކޯޗުން ކަމަށް ބަޔާނުން ވަނީ ބުނެފައި

ޔުނައިޓެޑް އުޅެނީ މާ ބޮޑަށް މާޒީގައި: ފެނާންޑޭސް

މެންޗެސްޓާ ޔުނައިޓެޑުން މުސްތަގުބަލަށް ވިސްނުމުގެ ބަދަލުގައި މާ ބޮޑަށް މާޒީގެ ކާމިޔާބީތަކަށް ފޯކަސްކުރާ ކަމަށް އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ބުނެފި. އޭނާ މިހެން ބުނީ ކޯމޯ އަތުން ބަލިވި މެޗަށްފަހު، ކްލަބުގެ މިހާރުގެ ހާލަތު ބަދަލުކޮށް މެޗުތަކުން މޮޅުވުމަށް އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭކަން ފާހަގަކުރަމުން.

ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗު ފަސްކުރަން އެދެފި

ފްރާންސްގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗު ފަސްކުރުމަށް ފުލުހުން ވަނީ އެދިފައި. ތަކެތީގެ އަގުބޮޑުވުމާއި ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހިގެން ޒުވާނުން ކުރިއަށްގެންދާ މި ހަރަކާތްތަކުގެ ސަބަބުން، ލީގުގެ ބައެއް އެހެން މެޗުތައް ވެސް ފަސްކޮށްފައިވޭ.

ގްރީސް މުބާރާތުގެ ކުއާޓާގައި ނަބާ އާއި ނަބީގެ އަށް ނާކާމިޔާބު

ގްރީސްގައި ބޭއްވި ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުގައި ޑެންމާކްގެ ޕެއާ އަތުން ބަލިވެ، ރާއްޖޭގެ ނަބީހާ އާއި ނަބާހާގެ ޕެއާ މުބާރާތުން ކަޓައިފި. މީގެ އިތުރުން، މި މުބާރާތުގެ ފިރިހެން ޑަބަލްސް އާއި މިކްސް ޑަބަލްސް އިވެންޓްތަކުގައި ވާދަކުރި ރިވައިވަލްގެ ކުޅުންތެރިން ވަނީ ގަދަ 16 އާ ހަމައަށް ދަތުރުކުރި.

މިލާން ބަލިކޮށް ބޯންމައުތަށް ތާރީހީ ނަތީޖާއެއް

ޔުއެފާ ޔޫރޮޕާ ލީގުގައި އޭސީ މިލާން އަތުން 3-0 އިން މޮޅުވެ، ބޯންމައުތުން އެ ކްލަބުގެ ތާރީހުގައި ފާހަގަކޮށްލެވޭ މޮޅެއް ހޯދައިފި. މިލާންގެ ކީޕަރަށް ރަތް ކާޑު ދެއްކުމުން އެ ޓީމުން މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި، ބޯންމައުތުން ވަނީ ޔޫރޮޕާ ލީގުގައި އެ ޓީމުން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފައި

އޮކްޓޫބަރަކީ ތަށި ލިބޭ މަހެއް ނޫން: ފްލިކް

ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން ބާސެލޯނާ ބަލިވި ނަމަވެސް، އޮކްޓޫބަރު މަހަކީ ތަށި ހޯދާ މަސް ނޫން ކަމަށާއި މިއީ ސީޒަންގެ ކުރީކޮޅު ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި. ފްލިކް ފާހަގަކުރި ގޮތުގައި މި މެޗުގައި ހެދުނު ގޯސްތަކުން ދަސްކޮށް، ކުރިއަށް އޮތް މެޗުތަކުގައި ކަންކަން ރަނގަޅު ކުރުމަށް ބާސެލޯނާ އިން މަސައްކަތް ކުރާނެ.

ފުޓްބޯޅައިގެ ފުރަތަަމަ މަލްޓި ބިލިއަނަރަކީ ރޮނާލްޑޯ

މިދިޔަ ސީޒަނުގައި 300 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިގެން، ފުޓްބޯޅަ ކެރިއަރުގައި ދެ ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ކުޅުންތެރިޔަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެއެވެ. ފޯބްސްގެ ލިސްޓުގެ އެއްވަނަ ރޮނާލްޑޯ ހޯދިއިރު، 145 މިލިއަން ޑޮލަރާއެކު ދެވަނަ ލިބުނީ ލިއޮނަލް މެސީ އަށެވެ. ރޮނާލްޑޯގެ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ސައުދީގެ އަލް ނަސްރުން ލިބޭ މުސާރަ އާއި އިސްތިހާރުތަކުން ލިބޭ ފައިސާއެވެ.

Newsletter

Get the latest news delivered straight to your inbox