ފަހި ފްލެޓުތަކުގެ ކޮމާޝަލް ޔުނިޓުތައް ދިން ވިިޔަފާރިތަކުގެ ލިސްޓަކީ ވިޔަފާރި ސިއްރެއް ކަމަށް ބުނެ ނުދިން

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު، ހަމްދާން ޝަކީލް -- ފޮޓޯ: އަދަދު

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު، ހަމްދާން ޝަކީލް -- ފޮޓޯ: އަދަދު

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ "އަމާން ދޯދި" އަދި "އަމާން ހިޔާ" ޓަވަރުތަކުގެ ކޮމާޝާލް ޔުނިޓުތައް ދޫކޮށްފައިވާ ވިޔަފާރިތަކާއި އެ ވިޔަފާރިތަކަށް އެ ތަންތަން ދޫކޮށްފައިވާ އަގަކީ ވިޔަފާރި ސިއްރެއް ކަމަށް ބުނެ އެ މައުލޫމާތު ހާމަކުރަން އެ ކުންފުނިން ދެކޮޅުހަދައިފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ މައުލޫމާތު ހޯދުމަށް އެދި އަދަދު ނޫހުގެ ނޫސްވެރިޔަކު ހުށަހެޅި ސުވާލަށް ފުރަތަމަ ދިން ޖަވާބުގައި އެ ކުންފުނިން ކޮމާޝަލް ޖާގައިގެ ގޮތުގައި ކަނޑައަޅާފައިވާ ޖުމްލަ ސަރަހައްދާއި، ޔުނިޓުތައް ކުއްޔަށް ދޫކޮށްފައިވާ ރޭޓުތަކުގެ މ ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީ އާއި ތަންތަން ހަވާލުކުރި ކަމަށް ބުނާ އުސޫލު ފަދަ މައުލޫމާތު ހިއްސާކޮށްފަ އެވެ. 

ނަމަވެސް ވިޔަފާރިތަކުގެ ލިސްޓާ ގުޅިގެން އާރުޓީއައިގައި ކުރި ސުވާލަށް ދިން ޖަވާބުގައި ބުނީ، ކޮމާޝަލް ޔުނިޓުތައް ދޫކުރެވިފައި ވަނީ ސަރުކާރުގެ ކުންފުނިތަކާއި ބޮޑެތި ވިޔަފާރިތަކަށް ކަމަށެވެ. އޭގެ އިތުރުން، އަލަށް ފަށާ ވިޔަފާރިތަކަށް ބައެއް ޖާގަތައް ހާއްސަކުރެވިފައި ވާނެ ކަމަށް އެފްޑީސީން ބުންޏެވެ. 

އެ ޖަވާބު އަލުން މުރާޖައާ ކުރުމުން އެ ކުންފުނީގެ މުރާޖައާ ކޮމިޓީން ދިން ޖަވާބުގައި ވެސް ބުނެފައި ވަނީ އެ މައުލޫމާތަކީ އާރުޓީއައި ގާނޫނުގެ ދަށުން އިސްތިސްނާ ކުރެވިފައިވާ މައުލޫމާތުތަކެއް ކަމަށެވެ.

"މި މައުލޫމާތަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 22 ވަނަ މާއްދާ އާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުގެ 120(1) ވަނަ މާއްދާގެ އިތުރުން، ގާނޫނުގެ 25 ވަނަ މާއްދާ އައި ގަވާއިދުގެ 123(1) އަދި (2) ވަނަ މާއްދާގެ ދަށުން އިސްތިސްނާ ކުރެވިފައިވާ މައުލޫމާތުތަކެކެވެ،" އެފްޑީސީގެ މުރާޖައާ ކޮމިޓީން ދިން ޖަވާބުގައި ބުންޏެވެ.

އެފްޑީސީގެ މުރާޖާއާ ކޮމިޓީން އެހެން ބުނި ނަމަވެސް، އާންމުކޮށް އެއްވެސް އިސްތިސްނާއެއް ނެތި ރާއްޖޭގެ ހުރިހާ ވިޔަފާރިއަކަށް ވެސް ކުއްޔަށް ހިފުމުގެ ފުރުސަތު ލިބެންޖެހޭ ތަނެއް، ކުއްޔަށް ދޫކުރި އަގާއި އެ ތަންތަން ދޫކޮށްފައިވާ ވިޔަފާރިތަކުގެ ނަންތައް ފަދަ އެއްވެސް މައުލޫމާތެއް ސިއްރުކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައެއް ނުވެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ނުދީ ހިފެހެއްޓޭނެ މައުލޫމާތުތައް، ހާލަތްތަކާއެކު ވަރަށް ތަފުސީލުކޮށް ގާނޫނުގައި ބަޔާންކޮށްފައި އޮވެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެފްޑީސީން އިމާރާތްކުރި 32 ޓަވަރުގެގައި ހިމެނޭ ކޮމާޝަލް ޔުނިޓުތައް ޖުމުލަ ހަ ޒޯނަކަށް ބަހާލައިފައިވާ ކަމަށް އެފްޑީސީން ފުރަތަމަ ދިން ޖަވާބުގައި ބުނެފައިވެ އެވެ. އެ ޒޯނުތައް ކަނޑައަޅާފައި ވަނީ އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް ދިނުމަށް ހާއްސަކޮށްގެން ކަމަށް އެ ކުންފުނިން ބުންޏެވެ.

ކޮމާޝަލް ޔުނިޓުތަކުގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެފްޑީސީން އިމާރާތްކޮށްފައިވާ 32 ޓަވަރުގެ އެންމެ ތިރި އާއި ފުރަތަމަ ފަންގިފިލާގެ ވަކި ސަރަހައްދުތަކަކުން ގާތްގަނޑަކަށް 215،000 އަކަފޫޓެވެ. އެ ޔުނިޓުތައް ދޫކުރެވިފައި ވަނީ ސަރުކާރުގެ އިދާރާތަކާއި ބޮޑެތި ވިޔަފާރިތަކުގެ އިތުރުން، އަލަށް ފަށާ ވިޔަފާރިތަކަށް ކަމަށް އެފްޑީސީން ބުންޏެވެ. ނަމަވެސް، އޭގެ ތަފުސީލެއް އެ ކުންފުނިން ނުދިނެވެ.

އަމާން ޓަވަރުތަކުގެ ކޮމާޝަލް ޔުނިޓުތަކުން ކުލީގެ ގޮތުގައި އަހަރަކު ފަންސާސް މިލިއަނާއި އަށްޑިހަ މިލިއަން ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ލިބޭނެކަމަށް އެފްޑީސީން ލަފާކުރެ އެވެ. އެއީ ކުރިއަށް އޮތް ފަސް އަހަރަށް ބަލައިފިނަމަ، 250،000،000ރ. އާއި 350،000،000ރ. އާ ދެމެދުގެ އަދަދެކެވެ. އެ ޔުނިޓުތައް ދޫކޮށްފައި ވަނީ އަކަފޫޓަކަށް 15ރ. އާއި 50ރ. އާ ދެމެދުގެއް އަގުތަކެއް ކަނޑައަޅައިގެން ކަމަށް ވެސް އެފްޑީސީން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox