އެފްޑީސީ ފްލެޓްތަކުގެ އިންޓަނެޓް އެއްބަސްވުމުގައި ބޮޑެތި ޖޫރިމަނާތަކެއް، ސޮއިކުރުން މަޖުބޫރު!

Jul 13, 2026, 8:40 AM
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފްލެޓުތަކެއް

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފްލެޓުތަކެއް

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފްލެޓުތަކަށް އިންޓަނެޓްގެ ހިދުމަތް ދިނުމަށް އެކުލަވާލާފައިވާ "ޖީޕީއޯއެން ސާވިސަސް އެގްރީމެންޓް" ގެ ދަށުން، ފްލެޓުގެ ވެރިފަރާތުން އަމަލުކުރަންޖެހޭ ހަރުކަށި ޝަރުތުތަކަކާއި ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅައި، އެ އެއްބަސްވުން ގަބޫލުކުރުން މަޖުބޫރުވާ ގޮތަށް ހަމަޖައްސައިފި އެވެ.

ފަހި ޕޯޓަލް މެދުވެރިކޮށް އިލެކްޓްރޯނިކްކޮށް ގަބޫލުކުރަންޖެހޭ މި އެއްބަސްވުމުގައިވާ ގޮތުން، އިންޓަނެޓުގެ ހިދުމަތް ހޯދަން ބޭނުންނުވިޔަސް، އެފްޑީސީގެ ފަހި ޕޯޓަލްގެ ހިދުމަތްތައް ބޭނުންކުރުމުގެ ފުރުސަތު ލިބެނީ މި އެއްބަސްވުން ގަބޫލުކޮށްގެންނެވެ.

މީގެ ސަބަބުން، އިންޓަނެޓް ބޭނުންނުވާ ފަރާތްތަކަށް ވެސް މި އެއްބަސްވުމުގައިވާ ހަރުކަށި ޝަރުތުތަކަށް އަމަލުކުރަން މަޖުބޫރުވެ އެވެ.

އެއްބަސްވުމުގައިވާ އެންމެ ފާހަގަކޮށްލެވޭ ބަޔަކީ، ފްލެޓްތަކުގައި ހަރުކުރާ އޮޕްޓިކަލް ނެޓްވޯކް ޓާމިނަލް (ރައުޓަރު) ބޭނުންކުރަން ފަށާތާ ފަސް އަހަރު ނުވަނީސް ހިދުމަތް މެދުކަނޑާލައިފި ނަމަ، ފްލެޓުގެ ވެރި ފަރާތުން ރައުޓަރު އަނބުރާ އެފްޑީސީއަށް ރައްދުކުރުމާއެކު 5000ރ. ގެ ޖޫރިމަނާއެއް ދައްކަންޖެހުމެވެ. 

ފަހި ޕޯޓަލް
ފަހި ޕޯޓަލް

މީގެ އިތުރުން، އެ ކުންފުނިން ހުއްދަދީފައިވާ އޮޕަރޭޓަރުން ފިޔަވައި އެހެން ފަރާތެއްގެ ހިދުމަތް ހޯދުމަށް މި ފައިބަ ނެޓްވޯކް ބޭނުންކޮށްފިނަމަ ވެސް، ހިދުމަތް މެދުކަނޑާލުމުގެ އިތުރުން 5،000ރ. ގެ ޖޫރިމަނާއެއް ދައްކަންޖެހޭނެ ކަމަށް އެއްބަސްވުމުގައިވެ އެވެ. 

ރައުޓަރު ގެއްލިއްޖެނަމަ ނުވަތަ ގެއްލުމެއް ލިބިއްޖެނަމަ 2،500ރގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެ އެވެ. އަދި އެއްބަސްވުން އުވާލާތާ ނުވަތަ އެ ކުންފުނިން ލިޔުމުން އެދޭތާ 14 ކަލަންޑަރު ދުވަހުގެ ތެރޭގައި ރައުޓަރު އަނބުރާ ހަވާލުނުކޮށްފިނަމަ ވެސް 2،500ރ ދައްކަންޖެހެ އެވެ. 

ހުޅުމާލޭ ފޭސް 2 ގައި ހަދާފައިވާ 4000 ހައުސިން ޔުނިޓަށް އިންޓަނެޓާއި ކޭބަލް ޓީވީގެ ހިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ފައިބާ ކޭބަލް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox