ތެޔޮ އިމްޕޯޓަށް ބޭނުންވާ 50 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި އޭޑީބީއާއެކު ސޮއިކޮށްފި

އޮގަސްޓު 16، 2026: ދިވެހި ސަރުކާރާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާ ދެމެދު، ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި 50 މިލިއަން ޑޮލަރުގެ "އެނާޖީ ސެކިއުރިޓީ އިމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް" އެއްބަސްވުމުގައި ސޮއިކުރުން --- ފޮޓޯ- ފިނޭންސް މިނިސްޓްރ

އޮގަސްޓު 16، 2026: ދިވެހި ސަރުކާރާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާ ދެމެދު، ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި 50 މިލިއަން ޑޮލަރުގެ "އެނާޖީ ސެކިއުރިޓީ އިމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް" އެއްބަސްވުމުގައި ސޮއިކުރުން --- ފޮޓޯ- ފިނޭންސް މިނިސްޓްރ

އިރާނު ހަނގުރާމައާ ގުޅިގެން ހަކަތައިގެ އަގު އުފުލި، ތެލުގެ އިމްޕޯޓުތަކަށް ހަރަދުކުރަން ޖެހޭ ފައިސާ ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައި، ތެޔޮ އިމްޕޯޓަށް ބޭނުންވާ 50 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފި އެވެ. 

މިއަދު ލޯނު އެގްރީމެންޓުަގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އެވެ. މިއީ "އެނާޖީ ސެކިއުރިޓީ އެމަޖެންސީސް ޕްރޮޖެކްޓް" ގެ ނަމުގައި ސޮއިކުރި ލޯނެކެވެ. ރާއްޖެއަށް ތެޔޮ އިމްޕޯޓުކުރާ ސަރުކާރުގެ ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ފަރާތުން ޕްރޮޖެކްޓު އެގްރީމެންޓުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އެވެ. 

އެ ދެ އެއްބަސްވުމުގައި އޭޑީބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ހެޑް އޮފް ރީޖަނަލް ކޯޕަރޭޝަން އެންޑް އިންޓެގްރޭޝަން ޔުނިޓް، ޑރ. ތިއަމް ހީ އަންގު އެވެ.  

Advertisement

މި ފައިސާ ހަމަޖައްސައިދިނީ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި، ޓޫރިސްޓުން މަދުވެ، ތެޔޮ އިމްޕޯޓުކުރަން ބޭނުންވާ ފައިސާ ހޯދުމުގެ ގާބިލުކަން ކުޑަވެފައިވާތީ ކަމަށް މީގެކުރިން އޭޑީބީން ބުނެފައިވެ އެވެ. 

އޭޑީބީން 50 މިލިއަން ޑޮލަރު ނެގިއިރު، މީގެ ކުރިން ސަރުކާރުން ވަނީ ހަމަ މި ބޭނުމަށް ވާލްޑް ބޭންކުން 40 މިލިއަން ޑޮލަރު (618 މިލިއަން ރުފިޔާ) ގެ ލޯނެއް ނަގާފަ އެވެ.  މިއާ އެކީ މި އަހަރުގެ ތެރޭގައި ތެޔޮ އިމްޕޯޓުކުރަން ހޯދި ޖުމްލަ އަދަދު ވަނީ 90 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) އަށް އަރާފަ އެވެ. 

ރާއްޖޭގައި އުފައްދާ ތެލާއި ފެނުގެ 94 ޕަސެންޓު އުފައްދަނީ ޑީސަލް ބޭނުންކޮށްގެންނެވެ. ސަރުކާރުން ބުނަނީ އިރާން ހަނގުރާމަ ފެށުމުގެ ކުރިން، މި ބޭނުންތަކަށް ތެޔޮ އިމްޕޯޓުކުރަން މަހަކު  50 މިލިއަން ޑޮލަރު ހަރަދުވީއިރު، މިހާރު މަހަކު 116 މިލިއަން ޑޮލަރު (1.7 ބިލިއަން ރުފިޔާ) ހަރަދުވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox