ޑޮލަރުގެ އަގު އުފުލުމާއި، ނޫސްތަކުގައި ޖަހާ ސުރުހީތަކާ ގުޅުމެއް ނެތް: މާހިރުން

"ޑޮލަރު ސައްލާ" ޕެނަލް ޑިސްކަޝަންގެ ތެރެއިން: ހުރިހާ މާހިރުން ވެސް އިއްތިފާގުވީ ޑޮލަރުގެ އަގާ ސުރުހީތަކާ މާ ބޮޑު ގުޅުމެއް ނެތް ކަމަށް --- ފޮޓޯ: އަދަދު

"ޑޮލަރު ސައްލާ" ޕެނަލް ޑިސްކަޝަންގެ ތެރެއިން: ހުރިހާ މާހިރުން ވެސް އިއްތިފާގުވީ ޑޮލަރުގެ އަގާ ސުރުހީތަކާ މާ ބޮޑު ގުޅުމެއް ނެތް ކަމަށް --- ފޮޓޯ: އަދަދު

ޑޮލަރުގެ އަގު އުފުލުމާއި ނޫސްތަކުގައި ޖަހާ ސުރުހީތަކާ މާ ބޮޑު ގުޅުމެއް އޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށް މާލީ އަދި އިގުތިސޯދީ ދާއިރާގެ މާހިރުންތަކެއް ބުނެފި އެވެ.

މާހިރުން މި ގޮތަށް ބުނީ  އަދަދު ނޫހާއި ސަންގު ޓީވީ ގުޅިގެން ގެނެސްދިން "ޑޮލަރު ސައްލާ" ޕެނަލް ޑިސްކަޝަންގައި އެެވެ. މި ޕެނަލްގައި ބައިވެރިވެ ވަޑައިގެންނެވި ފިނޭންސް މިނިސްޓްރީގެ ކުރީގެ ޗީފް ބަޖެޓު އެގްޒެކެޓިން މުހައްމަދު ސަރުވަޝް އާދަމް އާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ވިޔަފާރިވެރިޔާ ހުސެއިން އަމްރު އާއި ތަޖުރިބާކާރު އޮޑިޓަރު އިސްމާއިލް ޒަރިޔަންދު ވަނީ މި ކަމަށް އިއްތިފާގުވެ ވަޑައިގެންފަ އެވެ. 

އެ ގޮތުން ކުރެވުނު މަޝްވަރާތަކުގައި ސަރުވަޝް ވިދާޅުވީ، ސްޕެކިއުލޭޝަންގެ ސަބަބުން ނޫނީ ބާޒާރުގައި ހުންނާނީ މިވެނި އަގުތަކެއް ކަމަށް އަންދާޒާކުރުމުގެ ސަބަބުން ޑޮލަރުގެ އަގަށް ކޮންމެ ވެސް ވަރަކަށް އަސަރު ކުރާ ކަމަށެވެ. ނަމަވެސް އެ ސްޕެކިއުލޭޝަންގެ އަސަރަކީ ވަރަަށް އަވަހަށް ފިލައިގެންދާ އަސަރެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. 

Advertisement

"ހަގީގަތަކީ، ސަރުކާރަށް ޑޮލަރެއް ނުހޯދޭ. ފައިނޭންސިން ނުކުރެވޭ. ދިވެހި ރުފިޔާގެ ސަޕްލައި އިތުރުވެއްޖެ. އެހެންވީމަ އޭގެ ސަބަބުން އާންމުން ޑޮލަރަށް ޑިމާންޑު ކުރާ ވަރު ގިނަ ވެއްޖެ," ސަރުވަޝް ވިދާޅުވި އެވެ. 

ސަރުވަޝް ވިދާޅުވި ގޮތުގައި އިގުތިސޯދުގެ މި ހަގީގަތްތައް ބަދަލު ނުކުރެވުމުގެ ސަބަބުން ސްޕެކިއުލޭޝަނަށް ބާރު ދެވިގެންދާ ކަމަށެވެ. މިހެން ކަން އޮތް އިރު، ސަރުކާރުން ކަންކަން އިސްލާހުކޮށްގެން، ބަދަލު ކުރަން ޖެހޭ ސިޔާސަތުތައް ބަދަލުކޮށްގެން ނޫނީ، ޑޮލަރު މައްސަލަ ހައްލު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މި މައްސަލައިގައި ޒަރިޔަންދު ވެސް ވިދާޅުވީ، ނޫސްތަކުގައި ލިޔާ ހަބަރަކުން  ޑޮލަރުގެ އަގަށް އަސަރު ކުރާ ކަމީ އޭނާ ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ވިޔަފާރިވެރިން ރާއްޖޭން ބޭރުން ގެންނަ މުދަލަށް ފައިސާ ދަައްކަނީ ނޫހެއްގައި އޮންނަ ސުރުހީއެއް ކިޔާފައި ގޮސް ނޫނެވެ. 

"އަޅުގަނޑު ބައިވަރު ވިޔަފާރިވެރިން ކައިރިއަށް ގޮސް މަސައްކަތްކޮށްލަދީ އުޅެން. އެއިން މީހަކު އެއް ގޮތަކަށް ވެސް ތި ނޫހުގައި ޖަހާފަ އޮންނަ އެއްޗަކަށް ބަލައިގެންނެއް ނޫން. އެ މީހުންނަށް އެނގޭ ޑޮލަރު ރޭޓަށް ވެފަ އިން ގޮތް، ޑޮލަރުގެ ޑިމާންޑު،" ޒަރިޔަންދު ވިދާޅުވި އެވެ. 

ހަމަ މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން އަމްރު ވިދާޅުވީ، ޑޮލަރު ލިބުމަކީ ބޭނުން އިރެއްގައި ބޭންކަށް ގޮސް ރަސްމީ ރޭޓުގައި ޑޮލަރު ގަނެވޭ ގޮތަށް އޮތުން ކަމަށެވެ. އޭނާ ވިދާޅުވީ، މިހެން ކަންކަން ހިނގާ ނަމަ ޑޮލަރު އެހެން ތަނަކުން ހޯދަން އުޅޭކަށް ވެސް ނުޖެހޭނެ އެވެ. 

ޑޮލަރުގެ އަގުބޮޑުވަނީ ދެ ނޫހެއްގެ ސުރުހީގެ ސަބަބުން: ސައީދު

ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެނީ ބައެއް ނޫސްތަކުން ފަތުރާ ހަގީގަތާ ހިލާފު ސުރުހީތަކުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ސިފަކުރެއްވި ގޮތުގައި މިއީ ސިޔާސީ ބޭނުމަކަށް އިގުތިސާދީ އިތުބާރު ނަގާލުމަށް ގަސްދުގައި ފަތުރާ "ފޭކް ނިއުސް" ތަކެކެވެ.

މިހާރުގެ ހާލަތަކީ، އަމްރު ވިދާޅުވި ގޮތުން ނަމަ، ޑޮލަރު ނެތްކަން އެންމެނަށް އެނގޭތީ ބޯމަތިވެފައިވާ ހާލަތެކެވެ. އަދި، މީގެ ސަބަބުން ވިޔަފާރިވެރިންނަށް ޖެހިފައި ވަނީ ވިޔަފާރި ކުރިއެރުވުމާ މެދު ވިސްނުން ދޫކޮށް، ހަރަދު ކުރަން ބޭނުންވާ ޑޮލަރު ހޯދާނީ ކިހިނެއްތޯ ވިސްނަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ވިޔަފާރިވެރިއެއް، ރެސްޓޯރަންޓު ހިންގާ މީހަކަށް ވިޔަސް، ރީޓެއިލް ވިޔަފާރި ކުރާ މީހަކަށް ވިޔަސް، އަދި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހަކަށް ވިޔަސް، އަސްލުގައި ވިސްނަން މި ޖެހެނީ ކިހިނެއްތޯ ކަސްޓަމަރުން އިތުރުކުރާނީ، ކިހިނެއްތޯ މާކެޓު އިތުރުކުރާނީ، ކިހިނެއްތޯ ވިޔަފާރި ފުޅާ ކުރާނީ،" އަމްރު ވިދާޅުވި އެވެ. 

"އެކަމަކު މިހާރު މި ޖެހެނީ އޭގެ ބަދަލުގައި މި އަންނަ މަހު ބޭނުންވާ ޑޮލަރުކޮޅު ހޯދާނީ ކިހިނެއްތޯ،" 

އަމްރު ވިދާޅުވީ މި ބިރުވެރިކަމުގެ ތެރޭގައި ވިޔަފާރިތަކާއި އާންމުން ވެސް މަސައްކަތް ކުރަމުން ދަނީ ފައިސާ ހުރިއިރެއްގައި ވީހާ ވެސް ގިނަ ޑޮލަރެއް ހޯދަން ކަމަށެވެ. މިހެން ވާތީ ޑޮލަރުގެ އަގަށް އިތުރަށް ވާން ކުރާ އޭނާ ވިދާޅުވި އެވެ. 

"ޑޮލަރު ސައްލާ" ޕެނަލް ޑިސްކަޝަންގައި ހަބަރުތަކުގެ ސުރުހީއާ ޑޮލަރުގެ އަގާ އޮންނަ ގުޅުމުގެ ސުވާލު ކުރަން ޖެހުނީ، ޑޮލަރުގެ އަގު އުފުލެނީ ދެ ނޫހެއްގައި ޖަހާ ސުރުހީއެއްގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވުމާ ގުޅިގެންނެނެވެ. 

މިދިޔަ ހޯމަ ދުވަހު ޕީއެސްއެމްއިން ގެނެސްދިން "އިގުތިސޯދުގެ ދެ ފަރާތް" ފޯރަމްގައި  ސައީދު ވިދާޅުވީ، ހެނދުނު މުޅި ގައުމު ހޭލާއިރު ދެ ނޫހެއްގެ ސުރުހީގައި ޑޮލަރުގެ ރޭޓަކީ 22ރ. އޭ ނުވަތަ 24ރ. އޭ ބުނެ ހަބަރު ފެތުރުމުން މާކެޓުން އެއަށް ރިއެކްޓްކުރާ ކަމަށެވެ. މިހެން ވިދާޅުވި ނަމަވެސް އެއީ ކޮން ދެ ނޫހެއްކަން އޭނާ ވިދާޅެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

Newsletter

Get the latest news delivered straight to your inbox