ބާސްކެޓްބޯޅައިގެ ގަދަބާރު އެލްއޭ ލޭކާސް 12.5 ބިލިއަން ޑޮލަރަށް ވިއްކާލަނީ

Aug 13, 2026, 7:00 AM
ލޮސް އެންޖެލްސް ލޭކާސްގެ ލޫކަ ޑޮންޗިޗް މެޗެއްގެ ތެރެއިން.

ލޮސް އެންޖެލްސް ލޭކާސްގެ ލޫކަ ޑޮންޗިޗް މެޗެއްގެ ތެރެއިން.

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 13) - ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބާސްކެޓްބޯޅަ ކްލަބް، ލޮސް އެންޖެލްސް ލޭކޭސް (އެލްއޭ ލޭކާސް)، 12.5 ބިލިއަން ޑޮލަރުގެ އަގަކަށް ވިއްކާލަން ތައްޔާރުވެއްޖެ އެވެ. 

އެމެރިކާގެ ރައީސް، ޑޮނާލްޑް ޓްރަމްޕްގެ ދަނބިދަރި، ޖަރެޑް ކުޝްނާގެ ބޭބެ ޖޯޝް ކުޝްނާ އާއި ޑިޒްނީގެ ކުރީގެ ޗީފް، ބޮބް އައިގާ، ގުޅިގެން، އެލްއޭ ލޭކާސް، ގަންނަން ނިންމާފައި މި ވަނީ، މާކް ވޯލްޓާސް އެ ކްލަބްގެ މެޖޯރިޓީ ހިއްސާ ގަތްތާ އަހަރެއް ވެސް ނުވަނީހެވެ. 

އެ ގޮތުން، މިދިޔަ އަހަރު ވޯލްޓާސް، އެލްއޭ ލޭކާސްގެ މެޖޯރިޓީ ހިއްސާ ގަތީ 10 ބިލިއަަން ޑޮލަރު ހަރަދުކޮށްފަ އެވެ. ބަސް ފެމިލީ އަތުން މެޖޯރިޓީ ހިއްސާ ގަންނަން ވޯލްޓާސް ކުރިއަށް ގެންދިޔަ ޑީލް، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު، އެންބީއޭގެ ބޯޑް އޮފް ގަވަރްނާސް އިން ވަނީ އެޕްރޫވްކޮށްފަ އެެވެ. 

ޖެރީ ބަސް، 1979 ވަނަ އަހަރު އެލްއޭ ލޭކާސް ގަތީ 67.5 މިލިއަން ޑޮލަރު ދީފަ އެވެ. އެ ފަހަރުގެ ޑީލުގައި އެލްއޭ ލޭކާސްގެ އިތުރުން، ލޮސް އެންޖެލްސް ކިންގްސް ހޮކީ ޓީމާއި ލޮސް އެންޖެލްސް އެރީނާ ވެސް ހިމެނެ އެވެ. ޖެރީ، 2013 ވަނަ އަހަރު މަރުވުމުން، އޭނާގެ ހިއްސާތައް ވަނީ ހަ ދަރިންނަށް ލިބޭ ގޮތަށް ޓްރަސްޓެއް އެކުލަވާލައިފަ އެވެ. އެކަމަކު، ފަހުން، އެ ކްލަބްގެ ކޮންޓްރޯލް މިދިޔަ އަަހަރު ވޯލްޓާސް އަށް ވިއްކާލަން އެ ޓްރަސްޓުން ނިންމީ އެވެ. 

އެލްއޭ ލޭކާސް ވަނީ 17 ފަހަރު އެންބީއޭގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މިއީ، އެންމެ ގިނައިން ޗެމްޕިއަންކަން ހޯދާފައިވާ ބޮސްޓަން ސެލްޓިކްސް އަށް ވުރެން އެއް ތަށި މަދު އަދަދެކެވެ. މި ފަހަރުގެ ޓްރާންސްފާގައި، އެލްއޭ ލޭކާސް އަށް ވަނީ 41 އަހަރުގެ ލެޖެންޑަރީ ތަރި، ލެބްރަން ޖޭމްސް ގެއްލިފަ އެވެ. ލެބްރަން ޖޭމްސް ވަނީ، ފިލަޑެލްފިއާ 96އާސް އަށް ބަދަލުވެފަ އެެވެ. ލެބްރަން ޖޭމްސް ނެތްތަނަށް ދެން ލީޑަރަކަށް ހުންނާނީ، ލޫކާ ޑޮންޗިޗް އެވެ. ޑޮންޗިޗް، އެލްއޭ ލޭކާސް އަށް އައީ މިދިިޔަ އަހަރުގެ ފެބްރުއަރީ މަހު ޑަލަސް މެވްރިކްސް ދޫކޮށްލުމަށް ފަހު އެވެ. 

އެލްއޭ ލޭކާސްގެ މެޖޯރިޓީ ހިއްސާ ގަންނަން މަސައްކަތްކުރާ  ގްރޫޕްގައި ހިމެނޭ ކުޝްނާ އަކީ، ދާދި ފަހުން، ފީފާއާ އެކު ޑީލެއް ކުރިއަށްގެންދަން މަސައްކަތްކުރި ފަރާތެކެވެ. އެ ގޮތުން، ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯ، އިސްވެ، އުފައްދަން އުޅުނު ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ ދަށުން ފީފާ ވޯލްޑް ކަޕް ހިމެނޭހެން ފީފާގެ މުބާރާތްތަކުގެ ހިއްސާއެއް ވިއްކާލާ ޑީލުގައި، ކުޝްނާގެ ކުންފުނި ތުރައިވް ކެޕިޓަލް ބައިވެރިވުމަށް އޮތީ ހަމަޖެހިފަ އެވެ. އެކަމަކު، އެ ޑީލްގެ ކަންކަން މުޅިން ހުއްޓާލައި، އެފްއެފްއީ ކުރިއަށް ނުގެންދަން، ފީފާ އިން ނިންމީ ގިނަ ގައުމުތަކެއްގެ ޕްރެޝަރާ އެކުގަ އެވެ. 

އޭގެ ފަހުން، ކުޝްނާ ބައިވެރިވެ، އެލްއޭ ލޭކާސް ގަންނަން މި ކުރިއަށްދާ ޑީލަކީ، ކުޅިވަަރުގެ މާކެޓް/ވިޔަފާރި ތެރެއަށް ވަނުމަށްޓަކައި އޭނާ ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ބައެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox