ބެންކްސީގެ ކުރެހުންތައް ފޮހެލުމަށް 150،000 ޕައުންޑު ހޭދަކޮށްފި
މަޝްހޫރު އާޓިސްޓް ބެންކްސީގެ ތިން ކުރެހުމެއް ފޮހެލުމަށާއި އެ ސަރަހައްދުތަކުގެ ސަލާމަތީ ކަންކަމަށް އިނގިރޭސިވިލާތުގެ ޓެކްސް ފައިސާއިން 150,000 އަށްވުރެ ގިނަ ޕައުންޑް ވަނީ ހޭދަކޮށްފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ހިނގާފައިވަނީ އާސާރީ އިމާރާތެއްގެ ފާރުގައި ކުރެހި ކުރެހުމެއް ފޮހެލުމަށެވެ. މި ހަރަދުތަކުގެ ތަފްސީލާއެކު، ބެންކްސީގެ ކުރެހުންތަކަކީ ފަންނީ މަސައްކަތެއްތޯ ނުވަތަ މުދަލަށްދޭ ގެއްލުމެއްތޯ ކުރެވޭ ބަހުސް ވަނީ އަލުން ފެށިފައެވެ.