ވައިކަރަދޫގެ ގަސްކަރަ ހިމާޔަތްކުރަން މައްސަލައެއް ހުށަހަޅައިފި
ހދ. ވައިކަރަދޫ ކައުންސިލުން އެ ރަށުގެ ގިނަ އަދަދެއްގެ ގަސްތައް ބޭރުކުރަމުންދާ މައްސަލަ ހުއްޓުވައި، ތިމާވެށި ހިމާޔަތްކުރުމަށް އެދި އެ ރަށު މީހަކު ކޯޓަށް މައްސަލައެއް ހުށަހަޅައިފި. މި މައްސަލަ ހުށަހެޅި އަލީ ރިފްހާންގެ ފަރާތުން ބުނީ ގަސްތައް ހިމާޔަތްކުރުމުގައި ކައުންސިލުން ގާނޫނީ ޒިންމާ އަދާކުރަމުން ނުދާ ކަމަށް.