ވައިކަރަދޫ ދަނޑުބިންތަކުން ކުލި ނަގަން ފަށައި، ފަޅުގޮވާން ކުރަން ވެސް ބިން ދޫކުރަން ނިންމައިފި

Aug 23, 2024, 6:41 AM
ވައިކަރަދޫ ދަނޑުބިންތަކުގެ ޗާޓެއް: ދަނޑުބިންތަކުގެ ކުލީގެ ގޮތުގައި ދޮޅުލައްކައަށް ވުރެ ގިނަ ރުފިޔާ ކައުންސިލަށްސް ލިބޭނެ ކަމަށް ބެލެވޭ -- ފޮޓޯ: ކައުންސިލް

ވައިކަރަދޫ ދަނޑުބިންތަކުގެ ޗާޓެއް: ދަނޑުބިންތަކުގެ ކުލީގެ ގޮތުގައި ދޮޅުލައްކައަށް ވުރެ ގިނަ ރުފިޔާ ކައުންސިލަށްސް ލިބޭނެ ކަމަށް ބެލެވޭ -- ފޮޓޯ: ކައުންސިލް

ހދ. ވައިކަރަދޫ ދަނޑުބިންތަކުން މުޅިން އަލަށް ކުލި ނަގަން ފަށައި، ފަޅުގޮވާން ކުރަން މޫދާއި އެއްގަމުން ބިން ދޫކުރަން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

ވައިކަރަދޫ ރަށު ކައުންސިލުން ބުރާސްފަތި ދުވަހު ގެޒެޓު ކުރި އިއުލާނެއްގައި ބުނީ އަންނަ އޮކްޓޯބަރު މަހުން ފެށިގެން މިހާރު ދޫކޮށްފައިވާ ހުރިހާ ދަނޑުބިންތަކެއްގެ ކުލި ހިނގަން ފަށާނެ ކަމަށެވެ.

ކުލީގެ ގޮތުގައި ނަގާނީ އަކަފޫޓަކަށް ދެ ލާރި ކަމަށް ވެސް ރަށު ކައުންސިލުން ބުނެފައި އޮތެވެ. ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރާ ވައިކަރަދޫ ދަނޑުބިންތަކުން ކުލި ނަގަން މި ފަށަނީ އަލަށެވެ.

ކައުންސިލުން ކުރިން ނިންމާފައި އޮތީ ކުލީގެ ގޮތުގައި އަކަފޫޓަކަށް ފަސް ލާރި ނެގުމަށެވެ. ނަމަވެސް ގިނަ ބަޔަކު އެކަމާ ނުރުހުމުން ދެ ލާރިއަށް ކުލި ތިރި ކުރީ އެވެ. އެނގިފައިވާ ގޮތުގައި ދަނޑުބިމުގެ ކުލީގެ ގޮތުގައި އެއްވެސް މިންވަރަށް ފައިސާ ނެގުމާމެދު ގިނަ ބަޔަކު ނުރުހެ އެވެ.

ކުލި ނަގަން ފެށުމުގެ ކުރިން ބިންތަކުގައި މިން އެޅޭނެ ގޮތަށް ދަނޑުގެ ވަށައިގެންވާ އިމާއި މަގުފަޅި ރަނގަޅަށް ސާފު ކުރަން ވެސް ކައުންސިލުން އެދެ އެވެ.

އެ ރަށު ކައުންސިލުން މިވަގުތު 161 ބިމެއް އޮތީ ދޫކޮށްފަ އެވެ. އެހެންކަމުން މިހާރު ދޫކޮށްފައި ވަނީ 5000 އަކަފޫޓުގެ ބިންތަކެއް ކަމުގައި ބެލި ނަމަވެސް ކުލީގެ ގޮތުގައި ކައުންސިލަށް މަހަކު 16،100ރ. ލިބޭނެ އެވެ. އަދި އެވަރު ބިމެއްގެ ކުލީގެ ގޮތުގައި 100ރ. ދައްކަންޖެހޭނެ އެވެ.

ފަޅުގޮވާން ކުރަން ދޫކުރަނީ ކިތައް ބިން ކަމެއް ވައިކަރަދޫ ކައުންސިލަކުން ނުބުނެ އެވެ. ފަޅު ގޮވާން ކުރަން މޫދުން ބަޔަކާއެކު ބިން ވެސް ދޫކުރާނެ އެވެ. އެ މަސައްކަތް ކުރަން ޝައުގުވެރިކަން ހުރި ފަރާތްތަކުން ސެޕްޓެމްބަރު 25، ގެ ނިޔަލަށް ރަޖިސްޓްރީ ކުރަން ކައުންސިލުން އެދެ އެވެ.

ފަޅުގޮވާން ކުރަން ދޫކުރާ ބިންތަކުން އަކަފޫޓަކަށް ކުލީގެ ގޮތުގައި ނަގާނީ ފަސް ލާރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox