ލަންކާގެ ދެ ޖަލެއްގައި އަނެއްކާވެސް ހަމަނުޖެހުން، މިފަހަރު ތިން މަރު

Aug 8, 2026, 1:25 PM
ފޮޓޯ: ނިއުސްވަޔާ

ފޮޓޯ: ނިއުސްވަޔާ

ސްރީލަންކާގެ ޖަލުތައް ތޮއްޖެހިފައިވުމުގެ ސަބަބުން އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ހަމަނުޖެހުންތައް ހިނގަމުންދަނިކޮށް، އަނެއްކާވެސް ދެ ޖަލެއްގައި ހިނގި ކުރިމަތިލުންތަކެއްގައި ތިން ގައިދީއަކު މަރުވެ، މަދުވެގެން 23 މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ކޮލަމްބޯގެ ނިއު މެގަޒިން ޕްރިޒަންގައި ބުރާސްފަތި ދުވަހުގެ ރޭ ފެށުނު ހަމަނުޖެހުންތަކުގައި އެކަކު މަރުވެ 10 މީހުން ޒަހަމްވެފައިވާއިރު، ވެރިރަށް ކޮލަމްބޯއާ ގާތްގަނޑަކަށް 80 ކިލޯމީޓަރު ދުރުގައި އޮންނަ ކުރުވީޓާ ޖަލުގައި ހިނގި ދެވަނަ ހަމަނުޖެހުމުގައި ދެ ގައިދީއަކު މަރުވެ 14 މީހަކު ޒަހަމްވެފައިވާ ކަމަށް ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު އާނަންދަ ވިޖޭޕާލާ ގާނޫނު ހަދާ މަޖިލީހުގައި ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން މިވަނީ ހާލަތު ކޮންޓްރޯލްކޮށްފައި. ސަލާމަތީ ގޮތުން ކަންބޮޑުވާންޖެހޭ ކަމެއް މިހާރު ނެތް. މި ހުރިހާ ހާދިސާތަކަށް އެކުގައި ބަލާއިރު، މިއީ ރޭވުންތެރިކަމާއެކު ގައުމުގެ އަމާންކަން ނަގާލުމަށް ދީފައިވާ ހަމަލާތަކެއް ކަމަށް ބެލެވޭ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް އެނގޭނީ ފުރިހަމަ ތަހުގީގަކަށް ފަހު،" މިނިސްޓަރު ވިޖޭޕާލާ މެންބަރުންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

މިދިޔަ ޖުލައި މަހުގެ ކުރީކޮޅު ކޮލަމްބޯގެ އުތުރުން 35 ކިލޯމީޓަރު ދުރުގައި އޮންނަ ނިގަމްބޯގެ ޖަލެއްގައި ދެ ދުވަސް ވަންދެން ހިނގި ކުރިމަތިލުންތަކުގައި ޖަލު އޮފިސަރުންގެ 10 މީހުންނާއި 20 ގައިދީން މަރުވެފައިވެ އެވެ. މީގެ އިތުރުން، މިދިޔަ ހަފުތާ ބަންދުގައި ކޮލަމްބޯއާ 14 ކިލޯމީޓަރު ދުރުގައި އޮންނަ މަހާރާ ޖަލުގައި ހިނގި ހަމަނުޖެހުމެއްގައި ވެސް އެއް ގައިދީއަކު މަރުވެ، އިތުރު ބަޔަކު ވަނީ ޒަހަމްވެފަ އެވެ.

ސްރީލަންކާގެ ކޯޓުތަކުގައި ނުނިމި ހުރި އެއް މިލިއަނަށް ވުރެ ގިނަ މައްސަލަތައް އަވަސްކޮށް، ޖަލުތަކުގައި ތިބި ގައިދީންގެ އަދަދު މަދުކުރުމަށް ކުރާ މަސައްކަތުގެ ދަށުން، މަތީ މަރުހަލާގެ ކޯޓުތަކުގެ ފަނޑިޔާރުންގެ މަގާމުގެ މުއްދަތު ދެ އަހަރަށް އިތުރުކުރުމަށް އެ ގައުމުގެ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް މިހާރު ދަނީ ރާވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗައިނާގެ ޖައްވީ މަރުކަޒަށް ޕާކިސްތާނުގެ ޒީޝާން

ޗައިނާގެ "ޓިއަންގޮންގް" ޖައްވީ މަރުކަޒަށް ދަތުރުކުރި ބޭރު ގައުމެއްގެ ފުރަތަމަ އެސްޓްރޮނޯޓުގެ ޝަރަފު ޕާކިސްތާނުގެ ޒީޝާން އަލީ ހޯދައިފިއެވެ. "ޝެންޒޯ-24" އުޅަނދުގައި މި ދަތުރުކުރި ޒީޝާން، ޕޭލޯޑް ސްޕެޝަލިސްޓެއްގެ ގޮތުގައި ޖައްވީ މަރުކަޒުގައި 5 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތަކަށް މަސައްކަތް ކުރާނެއެވެ. މިއީ ޖައްވީ ހޯދުންތަކުގެ ދާއިރާއިން ޗައިނާ އާއި ޕާކިސްތާނުގެ ގުޅުން ބަދަހިކުރުމަށް ލިބުނު ތާރީޚީ ކުރިއެރުމެކެވެ.

ޓެމިލް ނާޑޫއަށް 5.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓުގެ އެކި ދާއިރާތަކުން 5.38 ބިލިއަން ޑޮލަރުގެ އަގުހުރި 70 އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި އުފެއްދުންތެރިކަމާއި، ސާފު ހަކަތަ އަދި އިލެކްޓްރޯނިކްސް ފަދަ މުހިންމު ދާއިރާތައް ހިމެނޭއިރު، މީގެ މަގްސަދަކީ އެ ސްޓޭޓަކީ އުފެއްދުންތެރިކަމުގެ ބޮޑު މަރުކަޒަކަށް ހަދައި އިގްތިސާދު ކުރިއެރުވުމެވެ.

ޕޯޕް ފްރާންސިސްއަށް އިބިލީސް ފެނުނު ކަމަށް ބުނެފި

ޕޯޕް ފްރާންސިސްގެ އަމިއްލަ ޑައިރީން ހާމަވި ގޮތުގައި، އޭނާގެ ހަޔާތުގައި ތިން ފަހަރެއްގެ މަތިން ޝައިތާނާ ފެނުމުގެ އިތުރުން "ނަރަކައިގެ ދޮރުތައް" ވެސް ފެނިފައިވެއެވެ. މި ޑައިރީގައި ޝައިތާނާ ފެނުނު ތަފާތު ތަންތަނުގެ ވާހަކައާއި، ޗިލީގައި ފާދިރީން ހިންގި ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ކުރިމަތިވި ހިތާމަވެރި ތަޖުރިބާތައް ވެސް ހިމަނާފައިވެއެވެ.

ހުއާވޭއިން ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގިކަން ސާބިތުވެއްޖެ

އެމެރިކާގެ ކުންފުނިތަކުގެ ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގުމާއި ބޭންކުތަކަށް އޮޅުވާލިކަމުގެ ކުށް ހުއާވޭގެ މައްޗަށް ސާބިތުވެ، އެ ކުންފުނި ބްލެކްލިސްޓު ކޮށްފި އެވެ. ނިއުޔޯކްގެ ކޯޓަކުން ހުއާވޭގެ މައްޗަށް 10 ދައުވާއެއް ސާބިތުވި ނަމަވެސް، ޖިނާއީ ކުށްތައް ރާވައިގެން ހިންގާ ކަމަށް ބުނެ އުފުލި އެންމެ ސީރިއަސް ދައުވާއިން އެ ކުންފުނި ވަނީ ސަލާމަތްވެފަ އެވެ.

އެންވީޑިއާ ތަހުގީގުކުރަމުންދޭތޯ ބުނެދޭން އޭޖީ އިންކާރުކޮށްފި

އެންވީޑިއާގެ މައްޗަށް ފެޑަރަލް ތަހުގީގެއް ހިންގަމުންދާކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބުދެއްވުމަށް އެމެރިކާގެ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް އިންކާރު ކުރައްވައިފިއެވެ. އެ ކުންފުނީގެ ސީއީއޯ ޖެންސަން ހުއާންގެ ސުލޫކީ މައްސަލަތަކާއި ޗައިނާއާ އޮތް ގުޅުންތަކާ މެދު ސުވާލު އުފެދިފައިވާއިރު، އަންނަ ހަފުތާގައި އޭނާ ކޮންގްރެސްއަށް ހާޒިރުވާން ޖެހޭނެއެވެ. ބްލާންޗް ވިދާޅުވީ ވަކި ހާއްސަ ތަހުގީގަކާ ގުޅޭ މައުލޫމާތު ދެވެން ނެތް ނަމަވެސް، އެންވީޑިއާ އަކީ ގާނޫނަށް ބޯލަނބާ ކުންފުންޏެއް ކަމަށެވެ.

ވިލިއަމް އާއި ކޭޓްގެ ގެކޮޅަކަށް ބަޔަކު ވަދެގަނެފި

އިނގިރޭސިވިލާތުގެ ވަލީއަހުދު އަމީރު ވިލިއަމް އާއި ކޭޓް މިޑްލްޓަންގެ ޗުއްޓީ ގެކޮޅު ކަމަށްވާ "އަންމާ ހޯލް" އަށް ބަޔަކު ވަދެގަތް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާ ހިނގި ވަގުތު އެ ދެކަނބަލުންނާއި ބޭފުޅުން އެ ގޭގައި ނޫޅުއްވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މިކަމާ ގުޅޭގޮތުން ޝާހީ އާއިލާއިން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މުޒާހަރާތަކާ ހެދި އަންނައުނު އުފައްދާ ސިނާއަތް ހުއްޓުމަކަށް

ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ސިނާއަތުގެ މަސައްކަތްތެރިން މުސާރަ ބޮޑުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، ގިނަ ފެކްޓްރީތަކެއް ބަންދުކޮށް އެ ގައުމުގެ އިގްތިސާދަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. މި މުޒާހަރާތަކުގައި ފުލުހުންނާއި މަސައްކަތްތެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި ބާރުގެ ބޭނުންކުރަމުންދާއިރު، މަސައްކަތްތެރިން އެދެނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން އެންމެ ކުޑަ އުޖޫރަ އިތުރުކޮށްދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox