ލަންކާގެ ކޯޓުތަކުގައި ފުނިޖެހިފައި ހުރި މައްސަލަތައް އަވަސްކުރަން ފަނޑިޔާރުންގެ މުއްދަތު އިތުރު ކުރަނީ

Aug 5, 2026, 9:08 AM
ސްރީލަންކާގެ ސުޕްރީމް ކޯޓު

ސްރީލަންކާގެ ސުޕްރީމް ކޯޓު

ސްރީލަންކާގެ ކޯޓުތަކުގައި ނުނިމި ހުރި މިލިއަނަކަށް ވުރެ ގިނަ މައްސަލަތައް އަވަސްކުރުމަށާއި، ޖަލުތަކުގެ ތޮއްޖެހުމަށް ހައްލެއް ހޯދުމުގެ ގޮތުން ފަނޑިޔާރުންގެ މަގާމުގެ މުއްދަތު ދެ އަހަރަށް އިތުރުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަށް އެ ގައުމުގެ ކެބިނެޓުން ފާސްކޮށްފިއެވެ.

މި ނިންމުން ނިންމާފައިވަނީ ދާދި ފަހުން ލަންކާގެ ޖަލުތަކުގައި ހިނގި ދެ ހަމަނުޖެހުމެއްގައި 10 އޮފިސަރުންނާއެކު 31 މީހުން މަރުވެ، ގިނަ ބަޔަކު ޒަހަމްވި ދަނޑިވަޅެއްގައެވެ. އެގޮތުން ކޮލަމްބޯއާ 15 ކިލޯމީޓަރު ދުރުގައި އޮންނަ މަހާރާ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި ވެސް އެކަކު މަރުވެ، ނުވަ ގައިދީއަކު ވަނީ ޒަހަމްވެފައެވެ.

ކެބިނެޓްގެ ތަރުޖަމާނު ނަލިންދަ ޖަޔަތިއްސަ ވިދާޅުވި ގޮތުގައި، ދެ ބަޔަކަށް ބަހާލައިގެން ހުށަހަޅާ މި އިސްލާހުގެ ދަށުން ގާނޫނުއަސާސީއަށް 22 ވަނަ އިސްލާހު ގެނެވޭނެއެވެ. މިއާއެކު ސުޕްރީމް ކޯޓާއި، ހައިކޯޓާއި، އެޕީލް ކޯޓުގެ ފަނޑިޔާރުންގެ އިތުރުން އުއްތަމަ ފަނޑިޔާރުގެ މަގާމުގެ މުއްދަތު ދެ އަހަރަށް އިތުރުވެގެންދާނެއެވެ.

މިހާރު އޮންނަ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން 65 އަހަރުގައި، އެޕީލް ކޯޓުގެ ފަނޑިޔާރުން 63 އަހަރުގައި އަދި ހައިކޯޓުގެ ފަނޑިޔާރުން ރިޓަޔާ ކުރައްވަނީ 61 އަހަރުގަ އެވެ.

މީގެ އިތުރުން، ޑިސްޓްރިކްޓް ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުންގެ މުއްދަތު ވެސް ދެ އަހަރަށް އިތުރުކުރުމަށް ވަކި ބިލެއް އެކުލަވާލައި ކެބިނެޓުން ވަނީ ފާސްކޮށްފައެވެ.

ޖަޔަތިއްސަ ފާހަގަކުރެއްވި ގޮތުގައި، މި ބަދަލުގެ މައިގަނޑު ބޭނުމަކީ 12 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް އިންސާފު ހޯދަން މަޑުކުރަންޖެހިފައިވާ އާންމުންނަށް ލުޔެއް ހޯދައިދިނުމެވެ. އަދި ކޯޓުތަކާއި ފަނޑިޔާރުންގެ އަދަދު އިތުރުކުރުމަކީ ވެސް ސަރުކާރުގެ އަމާޒެކެވެ. މި އިސްލާހުތަކަށް އެ ގައުމުގެ ޖަސްޓިސް މިނިސްޓްރީން ވެސް ތާއީދުކުރާއިރު، މިއީ ކޯޓުތަކުގައި ނުނިމި ހުރި 1.1 މިލިއަން މައްސަލަ ނިންމުމަށް ކުރެވޭ ފުޅާ މަސައްކަތެކެވެ.

ނަމަވެސް، އިދިކޮޅު ފަރާތްތަކާއި ވަކީލުން ދަނީ މި ބިލާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާ ނުލައި ގެންނަ މި ބަދަލުގެ ސަބަބުން ފަނޑިޔާރުގެއަށް އޮތް އިތުބާރު ގެއްލޭނެއެވެ. މިކަމާ ގުޅިގެން މައި އިދިކޮޅު ޕާޓީ (އެސްޖޭބީ) އިން ވަނީ ގާނޫނީ މައްސަލަތައް އަވަސްކުރެވޭނެ ގޮތްތައް ދެނެގަތުމަށް ޕާލަމެންޓްގެ ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށް ހުށަހަޅާފައެވެ.

މައްސަލަތައް ދިގުލައިގެން ދިއުމުގެ ސަބަބުން ލަންކާގެ ޖަލުތަކަށް ބޮޑު ނުތަނަވަސްކަމެއް ވަނީ ކުރިމަތިވެފައެވެ. 11،000 ގައިދީންގެ ޖާގައިގެ 22 ޖަލެއްގައި މިހާރު ވެސް 41،000 އަށް ވުރެ ގިނަ މީހުން ބަންދުކޮށްފައި ތިބިއިރު، އޭގެ ތެރޭގައި ހުކުމެއް ނުކުރެވި ރިމާންޑްގައި ތިބި އެތައް ހާސް ބަޔަކު ހިމެނެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox