އަމީން މިއާގެ މަރު: ހައްޔަރުކުރި ސްރީލަންކާ މީހާ ޑީޕޯޓްކޮށްލައިފި

އަމީން މިއާ (ކ) ގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ސްރީލަންކާ މީހާ (ވ): ސްރީލަންކާ މީހާ ވަނީ ޑީޕޯޓްކޮށްލާފައި -- ފޮޓޯ: އަދަދު

އަމީން މިއާ (ކ) ގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ސްރީލަންކާ މީހާ (ވ): ސްރީލަންކާ މީހާ ވަނީ ޑީޕޯޓްކޮށްލާފައި -- ފޮޓޯ: އަދަދު

ކ. ތިލަފުށި ސައިޓެއްގައި ހައިމާކަކުން ކުނި ނެގުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓިގެން ޖެނުއަރީ 26، ގައި މަރުވި ބަނަގްލަދޭޝް މީހާގެ މައްސަލައިގައި ހައްޔަރުކުރި ސްރީލަންކާ މީހާ ޑީޕޯޓްކޮށްލައިފި އެވެ. 

ފުލުހުން ބުނީ އަމީން މިއާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ސްރީލަންކާއަށް ނިސްބަތްވާ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ، 32، ޑީޕޯޓްކޮށް، މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެ އެވެ. 

ޕީޖީ އޮފީހުން ބުނީ މައްސަލައިގައި ދައުވާކުރަން ފުލުހުން ފޮނުވުމުން ޑިކްލައިން ކޮށްފައިވާ ކަމަށެވެ. މައްސަލަ ޑިކްލައިން ކުރި ސަބަބެއް ޕީޖީ އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ. 

މި މައްސަލައިގައި ސްރީލަންކާ މީހާ ހައިމާކު އޮޕަރޭޓްކޮށްފައިވަނީ ބަލަން ޖެހޭ ވަރަށް ނުބަލައި ކަމަށް ފުލުހުން ތުހުމަތުކުރާއިރު، އޭނާގެ މައްޗަށް ތުހުމަތުކުރަނީ ގަސްތަކާނުލައި މީހަކު މެރުމުގެ ކުށް ކުރި ކަމަށެވެ.

މި މައްސަލައިގައި ހެއްކެއްގެ ބަޔާނަށް ރިޔާޔަތްކޮށް ފުލުހުން ކޯޓުގައި ކުރިން ބުނީ ސްރީލަންކާ މީހާ ފިލައިގެން ދާން އުޅުނު ކަމަށް ބެލެވޭ ކަމަށެވެ. އޭގެއިތުރުން އޭރު އޭނާ މަސައްކަތް ކުރަމުންދިޔައީވެސް ގަވާއިދާ ހިލާފަށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީން ފެންނަ ގޮތުގައި ހައިމާކުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް، ހުއްޓުމެއް ނެތި މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައި ކަމަށެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި އަމީން މިއާ ގެއްލުނުކަން ވެމްކޯއިން ފުލުހުންނަށް ރިޕޯޓްކުރީ ދެ ދުވަސް ފަހުންނެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ރިޕޯޓްކުރި ދުވަހު ހޯދުމުގެ މަސައްކަތް ކުރަނިކޮށެވެ.

އޭނާ ގެއްލުނުކަން ވެމްކޯއިން ފުލުހުންނަށް ރިޕޯޓުނުކޮށް ލަސްކުރީ ކީއްވެގެން ކަމެއް ވެމްކޯއިން ހާމައެއް ނުކުރެ އެވެ. އެ ކުންފުނިން ބުނީ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ނުދިނުމަށް ފުލުހުން އަންގާފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox