ޖަޕާނަށް އެރި ތޫފާން "ޑޮލްފިން" ގެ މިސްރާބު މިހާރު ޗައިނާއަށް

Aug 8, 2026, 1:26 PM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ބާރުގަދަ ތޫފާން "ޑޮލްފިން" ހޮނިހިރު ދުވަހު ޖަޕާނުގެ ދެކުނުން އޮންނަ އޮކިނާވާ ޕްރިފެކްޗަރަށް އަރައި، ފަސް މީހަކު ޒަހަމްވެ 14،000 އިމާރާތަކުން ކަރަންޓު ކެނޑިއްޖެ އެވެ.

މި ތޫފާން ޗައިނާގެ އިރުމަތީ އައްސޭރިފަށަށް އަރާނެ ކަމަށް ބެލެވޭތީ، އެ ގައުމުން މިހާރު ވަނީ ބަނދަރުތަކާއި ފެރީގެ ދަތުރުތައް މެދުކަނޑާލާފަ އެވެ.

ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ބުނި ގޮތުގައި މި ތޫފާން ހުރީ އޮކިނާވާގެ ކޫމޭ އައިލެންޑާ 160 ކިލޯމީޓަރު ހުޅަނގު އުތުރުގަ އެވެ. މި ތޫފާން ދަތުރުކުރަމުން ދަނީ ގަޑިއަކު 15 ކިލޯމީޓަރުގެ ބާރުމިނުގައި ހުޅަނގު އުތުރަށެވެ.

އޮކިނާވާ ޕްރިފެކްޗަރަލް ސަރުކާރުން ހާމަކުރި ގޮތުގައި، ތޫފާނުގެ ސަބަބުން ޒަހަމްވި ފަސް މީހުންނަކީ ވެސް އުމުރުން ދުވަސްވީ މީހުންނެވެ. އޭގެ ތެރެއިން ތިން މީހަކު ޒަހަމްވީ ގަދަ ވަޔާއެކު ބިންމައްޗަށް ވެއްޓިގެން ކަމަށާއި، އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވާ ފަދަ އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެ އިދާރާއިން ބުނެ އެވެ. މި ހާދިސާއާ ގުޅިގެން ޖަޕާނުގެ އެތެރޭގެ އުދުހުންތަކުގައި ހަރަކާތްތެރިވާ އޭއެންއޭ އަދި ޖަޕާން އެއާލައިންސްގެ ދަތުރުތައް އެ ސަރަހައްދަށް ވަނީ މެދުކަނޑާލާފަ އެވެ.

ތޫފާން ޑޮލްފިންގައި ވަޔަށް އެންމެ ބާރުވާ ވަގުތުތަކުގައި ގަޑިއަކު 162 ކިލޯމީޓަރު ބާރުމިނުގައި ވައި ޖެހެމުންދާއިރު، ވިލާގަނޑުގައި ގަޑިއަކު 216 ކިލޯމީޓަރުގެ ބާރުމިނަށް ވައި ގަދަވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޖަޕާނުން މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވެނީ އޮކިނާވާ އާއި ކަގޯޝިމާ ޕްރިފެކްޗަރަށް ނިސްބަތްވާ އަމާމީ ރަށަށެވެ.

ޗައިނާގެ ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރުން ލަފާކުރާ ގޮތުގައި، ތޫފާން ޑޮލްފިން އާދިއްތަ ދުވަހުގެ ރޭގަނޑާއި ހޯމަ ދުވަހުގެ ހެނދުނާ ދެމެދު ޗައިނާގެ އިރުމަތީ އަދި ދެކުނު އައްސޭރިފަށަށް އަރާނެ އެވެ. ބޮޑަށް ބެލެވޭ ގޮތުގައި ތޫފާން އަރާނީ ޒެޖިއަންގް ޕްރޮވިންސްގެ ޒޫޝާން ސިޓީ އާއި ފުޖިއަން ޕްރޮވިންސްގެ ފުޑިންގް ސިޓީއާ ދެމެދުގެ ސަރަހައްދަކަށެވެ.

މޫސުން ލަފާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އޮގަސްޓް 12 ގެ ނިޔަލަށް ޗައިނާގެ އިރުމަތީ ސަރަހައްދުތަކަށް، ޚާއްސަކޮށް ޝަންހާއީ އާއި އެ ސަރަހައްދުގެ އެހެން ޕްރޮވިންސްތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވާނެ އެވެ. ޒެޖިއަންގްގެ އިރުމަތީ ބައެއް ސަރަހައްދުތަކަށް 600 މިލިމީޓަރަށް ވުރެ ގިނައިން ވާރޭވެހުން އެކަށީގެންވެ އެވެ.

ތޫފާނުގެ ނުރައްކާ ބޮޑުވުމާ ގުޅިގެން ޒެޖިއަންގް ޕްރޮވިންސްގެ އައްސޭރިފަށުގެ ސަރަހައްދުތަކުގައި ވަނީ އެންމެ މަތީ ދަރަޖައިގެ އެލާޓް ނެރެފަ އެވެ. އަދި ބަނދަރުތަކުގެ މަސައްކަތްތައް ހުއްޓާލައި، ފަސިންޖަރުން އުފުލާ 162 ފެރީ ރޫޓެއްގެ ދަތުރުތައް ވަނީ މެދުކަނޑާލާފަ އެވެ.

ޒެޖިއަންގްގެ ނިންގްބޯ ލިޝޭ އިންޓަނޭޝަނަލް އެއާޕޯޓުން ބުނީ ހޮނިހިރު ދުވަހުގެ ރޭ 11:30 އިން ފެށިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް ހުއްޓާލައި، އާދިއްތަ ދުވަހުގެ ހުރިހާ ފްލައިޓްތަކެއް ކެންސަލް ކުރާނެ ކަމަށެވެ. ޝަންހާއީގެ ޔަންގްޝާން ބަނދަރުގައި ހުރި ހުރިހާ އުޅަނދުތަކެއް ހުކުރު ދުވަހުގެ ރޭގެ ނިޔަލަށް ވަނީ އެ ސަރަހައްދުން ނެރެފަ އެވެ. މީގެ އިތުރުން، އާދިއްތަ ދުވަހުން ފެށިގެން ޔަންގްޒޭ ރިވާ ޑެލްޓާ ސަރަހައްދުގެ ބައެއް ރޭލު ދަތުރުތައް ވެސް މެދުކަނޑާލާނެ އެވެ.

ޓައިވާން ސަރުކާރުން ބުނި ގޮތުގައި، މި ތޫފާނާ ގުޅިގެން ބައިނަލްއަގުވާމީ 63 ފްލައިޓެއް ވަނީ ކެންސަލްކޮށްފަ އެވެ. ހަފުތާ ބަންދުގައި ޓައިވާނުގެ އުތުރުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ހޮނިހިރު ދުވަހާ ހަމައަށް މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމަށް އަމުރެއް ނެރެފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox