ކާބޯތަކެތި ޑެލިވަރީކުރާ މީހަކަށް ޗައިނާގެ އެންމެ ޝަރަފުވެރި އަދަބީ އެވޯޑު ލިބިއްޖެ

Jul 20, 2026, 11:51 AM
ފޮޓޯ: ޒިންހުއާ

ފޮޓޯ: ޒިންހުއާ

ކާބޯތަކެތި ޑެލިވަރީ ކޮށްދިނުމުގެ މަސައްކަތުގައި އުޅެމުން، ކަރުދާސްކޮޅުތަކުގައި ލިޔުނު ޅެންތަކެއްގެ މައްޗަށް އެކުލަވާލި ފޮތަކަށް ޗައިނާގެ އަދަބީ ދާއިރާގެ އެންމެ ޝަރަފުވެރި އެއް އެވޯޑު ވާންގް ޖީބިންގް ކާމިޔާބުކޮށްފި އެވެ.

ޑެލިވަރީ ކުރާ މީހުންނަށް ކޮންމެ ދުވަހަކު ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ "ލޯ ފްލައިޓް" ނަމަކަށް ކިޔާ މި ފޮތަށް ލިބިފައިވަނީ "ލޫ ޝުން ލިޓަރަރީ ޕްރައިޒް" އެވެ. މި އެވޯޑު ނިސްބަތްވަނީ ޗައިނާގެ ޒަމާނީ އަދަބިއްޔާތުގެ ބާނީގެ ގޮތުގައި ބެލެވޭ މަޝްހޫރު ލިޔުންތެރިޔާ ލޫ ޝުން އަށެވެ.

އުމުރުން 56 އަހަރުގެ ވާންގް ޑެލިވަރީ ކުރަން ފެށީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭނާ ލިޔާ ޅެންތަކާއި މަޒުމޫނުތަކުގެ ސަބަބުން ސޯޝަލް މީޑިއާގައި އޭނާއަށް ވަނީ ބޮޑު މަގުބޫލުކަމެއް ލިބިފަ އެވެ.

ވާންގް އަށް މި ޝަރަފުވެރި އެވޯޑު މި ލިބުނީ، އެކި ކަހަލަ އާދައިގެ މަސައްކަތްތަކުގައި އޭނާ ހޭދަކުރި ދަތި އުނދަގޫ ދިހަވަރަކަށް އަހަރަށް ފަހުގަ އެވެ.

މި އެވޯޑު ލިބުނުކަން އިއުލާންކުރި ޖުލައި 15 ވަނަ ދުވަހު، ޗައިނާގެ ދައުލަތުގެ މީޑިއާ "ގްލޯބަލް ޓައިމްސް" އަށް ދިން އިންޓަވިއުއެއްގައި ވާންގް ބުނީ، އެވޯޑު އިއުލާންކުރި ވަގުތު އޭނާ ހުރީ ނޭވާ ހިފަހައްޓާލައިގެން ވަރަށް ބޮޑަށް ހާސްވެފައި ކަމަށެވެ. އަދި އެވޯޑާއެކު މީޑިއާގެ ސަމާލުކަން އޭނާއަށް ހުއްޓުމުން ނަފްސާނީ ގޮތުން ބޮޑު ފިއްތުމެއް ކުރިމަތިވި ކަމަށް ވެސް އޭނާ ބުންޏެވެ.

ލޫ ޝުން ލިޓަރަރީ ޕްރައިޒް ލިބޭ ފަރާތްތަކަށް ދޭ ފައިސާގެ އިނާމުގެ އަދަދު އާންމުކޮށް ހާމައެއް ނުކުރެ އެވެ. ނަމަވެސް 2014 ވަނަ އަހަރާ ހަމައަށް އެ އިނާމުގެ ގޮތުގައި ދެމުން އައީ 100،000 ޗައިނީޒް ޔުއާން (ގާތްގަނޑަކަށް 14،800 އެމެރިކާ ޑޮލަރު) އެވެ.

ޖިއަންގްސޫ ޕްރޮވިންސަށް އުފަން ވާންގް، އާއިލާގެ މާލީ ހާލަތު ހުރި ގޮތުން ސުކޫލް ތައުލީމު މެދުކަނޑާލީ ފުރާވަރު އުމުރުގަ އެވެ. ޑެލިވަރީ ކުރަން ފެށުމުގެ ކުރިން އޭނާ ވަނީ އިމާރާތްކުރުމުގެ މަސައްކަތާއި، ކުނި ހޮވުމާއި، މަގުމަތީގައި ގާޑިޔާ ހިންގުން ފަދަ ތަފާތު މަސައްކަތްތައް ކޮށްފަ އެވެ.

އެހެން ނަމަވެސް، ފޮތް ކިޔުމަށް އޭނާ ހުންނަ ލޯތްބަކަށް ބަދަލެއް ނާދެ އެވެ. ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި އޭނާ ދިޔައީ އަމިއްލައަށް ލިޔާ ޅެންތަކާއި މަޒުމޫނުތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

ވާންގް ލިޔުނު "މޭން އިން އަ ހަރީ" ނަމަކަށް ކިޔާ ޅެމެއް 2022 ވަނަ އަހަރު އިންޓަނެޓުގައި ވަރަށް ބޮޑަށް މަގުބޫލުވި އެވެ. އެ ޅެމަކީ 2019 ވަނަ އަހަރު ކަސްޓަމަރަކަށް އެޑްރެސް އޮޅިގެން، ޑެލިވަރީއެއް ނިންމުމަށް އޭނާ ކުރަންޖެހުނު ބުރަ މަސައްކަތާއި ކުރިމަތިވި މާޔޫސްކަމުގެ މައްޗަށް ބިނާކޮށް ލިޔުނު ޅެމެކެވެ.

އޭނާގެ ފުރަތަމަ ޅެން ފޮތް ކަމަށްވާ "މޭން އިން އަ ހަރީ: ޕޮއެމްސް އޮފް އަ ފުޑް ޑެލިވަރީ ރައިޑާ" ޝާއިއުކުރީ 2023 ވަނަ އަހަރު އެވެ.

މިހާ ޝަރަފުވެރި އެވޯޑެއް ލިބުނު ނަމަވެސް، ވާންގް ބުނީ އޭނާގެ ވަޒީފާ ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ. އަދި އުމުރުން 60 އަހަރު ވަންދެން ޑެލިވަރީގެ މަސައްކަތުގައި ދެމިހުންނަން ނިންމާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox