ޖަޕާނަށް އެރި ތޫފާން "ޑޮލްފިން"ގެ މިސްރާބު މިހާރު ޗައިނާއަށް
ބާރުގަދަ ތޫފާން "ޑޮލްފިން" ޖަޕާނުގެ އޮކިނާވާއަށް އަރައި ފަސް މީހަކު ޒަހަމްވެ، ގިނަ އިމާރާތްތަކަކުން ކަރަންޓު ކެނޑި ދަތުރުފަތުރަށް ވަނީ ބުރޫއަރާފައެވެ. މި ތޫފާން މިހާރު ޗައިނާގެ އިރުމަތީ އައްސޭރިފަށަށް ދަތުރުކުރަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ގައުމުގެ ބައެއް ބަނދަރުތަކާއި ފެރީގެ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.