ކެޓްސްއައިގެ ސޯފިއާ ބޭންޑުގެ ހަރަކާތްތަކާ ވަގުތީ ގޮތުން ދުރަށް
މަޝްހޫރު ގާލް ގްރޫޕް "ކެޓްސްއައި" ގެ މެންބަރު ސޯފިއާ ލަފޯޓޭޒާގެ ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުމުގެ ގޮތުން، ބޭންޑުގެ ހަރަކާތްތަކުން ވަގުތީ ގޮތުން ދުރަށްދާން ވަނީ ނިންމާފައެވެ. ސޯފިއާގެ ސިއްހީ ހާލަތު އަންނަ ސެޕްޓެމްބަރު މަހު އަލުން ވަޒަންކުރަން ނިންމާފައިވާއިރު، އޭނާ އެނބުރި އަންނަންދެން ބޭންޑުގެ މަސައްކަތްތައް ކުރިއަށްދާނީ ބާކީ ތިބި ހަތަރު މެންބަރުންނާއެކުގައެވެ.