ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ޕީބޯ ބްރައިސަން ނިޔާވެއްޖެ

Jun 3, 2026, 12:23 PM
ޕީބޯ ބްރައިސަން:

ޕީބޯ ބްރައިސަން:

ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިއުޒިކް ކޮމްޕޯޒަރު ޕީބޯ ބްރައިސަން އުމުރުން 75 އަހަރުގައި ނިޔާވެއްޖެ އެވެ.

ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ މި ފަންނާނު ނިޔާވީ މިދިޔަ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އާއިލާގެ ގާތް މީހުންގެ ހާޒިރުގައި ކަމަށް އޭނާގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ބްރައިސަންގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާ ނިޔާވީ އަންގާރަ ދުވަހުގެ ހަވީރު 5:00 ހާއިރު ކަމަށެވެ.

ބްރައިސަން ނިޔާވެފައި މި ވަނީ އޭނާއަށް ސްޓްރޯކެއް ޖެހިގެން ފަރުވާ ދެމުންދާކަން އޭނާގެ މަންދޫބަކު ކަށަވަރުކޮށްދިންތާ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ. މީގެ ކުރިން 2019 ވަނަ އަހަރު ވެސް އޭނާއަށް ހާޓް އެޓޭކެއް ޖެހުނެވެ. ނަމަވެސް، އެފަހަރު އޭނާ ވަނީ ސިއްހީ ހާލަތު ރަނގަޅުވެ އަލުން މިއުޒިކީ ދާއިރާއަށް ނުކުމެފަ އެވެ.

ފާއިތުވި ފަންސަވީހަކަށް އަހަރުގެ ތެރޭގައި ބްރައިސަން ވަނީ މިއުޒިކީ ދާއިރާގައި ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ޑިޒްނީގެ ފިލްމުތަކަށް ކިޔައިދީފައިވާ "ބިއުޓީ އެންޑް ދަ ބީސްޓް" އަދި "އޭ ހޯލް ނިއު ވޯލްޑް" ފަދަ ލަވަތަކުންނެވެ. މި ލަވަތަކުން އޭނާއަށް ވަނީ ދެ ފަހަރެއްގެ މަތިން ގްރެމީ އެވޯޑް ލިބިފަ އެވެ. މީގެ އިތުރުން "ފީލް ދަ ފަޔާ" އާއި "އިފް އެވާ ޔޫއާ އިން މައި އާމްސް އެގެއިން" ފަދަ އާރް އެންޑް ބީ ކްލެސިކް ލަވަތަކަކީ ވެސް އޭނާގެ ފާހަގަކޮށްލެވޭ މަސައްކަތްތަކެވެ.

1951 ވަނަ އަހަރު އެމެރިކާގެ ސައުތު ކެރޮލައިނާއަށް އުފަންވި ބްރައިސަންގެ މިއުޒިކީ ހަޔާތް ފެށުނީ އޭނާގެ މަންމަގެ ސަބަބުންނެވެ. އުމުރުން އެންމެ ފަސް އަހަރުގައި މިއުޒިކީ ދާއިރާގެ ބޮޑެތި ފަންނާނުންގެ ޝޯތަކަށް ގޮސް، އޭނާ ވަނީ އެމީހުންނާއެކު ލަވަކިޔަން ދަސްކޮށްފަ އެވެ. އުމުރުން 14 އަހަރުގައި ބޭންޑެއްގެ ބެކަޕް ލަވަކިޔުންތެރިއެއްގެ ގޮތުގައި މަސައްކަތް ފަށައި، 1976 ވަނަ އަހަރު އޭނާގެ ފުރަތަމަ އަލްބަމް ނެރުނެވެ. އޭގެ ފަހުން އޭނާ ވަނީ ޖުމްލަ 20 ސްޓޫޑިއޯ އަލްބަމް ނެރެފަ އެވެ.

ބްރައިސަން ނިޔާވިއިރު އޭނާގެ އަންބަކާއި ދެ ދަރިން ދުނިޔޭގައި އެބަތިއްބެވެ. އޭނާ ކައިވެނިކޮށްގެން އުޅުނީ ޓާންޔާ ބޮނިފޭސްއާ އެވެ. އެ ދެމަފިރިންނަށް 2018 ވަނަ އަހަރު ފިރިހެން ދަރިއަކު ލިބިފައިވާއިރު، ބްރައިސަންގެ ކުރީގެ ގުޅުމަކުން އަންހެން ދަރިއަކު ވެސް ލިބިފައި ހުރެ އެވެ. ބްރައިސަންގެ ވަކިވުމަކީ މިއުޒިކީ ދާއިރާއަށް ލިބުނު ފޫނުބެއްދޭނެ ބޮޑު ގެއްލުމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަ ކުރަމުންނެވެ. 

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox