ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ ގިނަ އިސްލާހުތަކެއް ފައިސަލް ހާމަކުރައްވައިފި

ފައިސަލް ނަސީމް: އޭނާ ވަނީ ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ ގިނަ އިސްލާހުތަކެއް ހާމަކުރައްވާފައި -- ފޮޓޯ: އަދަދު ފައިލް

ފައިސަލް ނަސީމް: އޭނާ ވަނީ ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ ގިނަ އިސްލާހުތަކެއް ހާމަކުރައްވާފައި -- ފޮޓޯ: އަދަދު ފައިލް

ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ ގިނަ އަދަދެއްގެ އިސްލާހުތަކެއް ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް މިއަދު ހާމަކުރައްވައިފި އެވެ. 

ފައިސަލް ސޯޝަލް މީޑިއާގައި ވިދާޅުވީ ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮންނަ ހެޔޮވެރިކަމުގެ ނިޒާމެއް ގާއިމުކޮށް، އިގްތިސާދީ ގޮތުން ފުދުންތެރި ގައުމަކަށް ހަދައި، ރައްޔިތުންނަށް ހަމަޖެހުމާއި ކުރިއެރުން ހޯދުމަށްޓަކައި ގާނޫނުއަސާސީ އަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށެވެ. 

"ފެހި ޤާނޫނުއަސާސީގައި އިންތައް ވަކި ކުރި ގޮތާ ޚިލާފަށް، އެއް ބާރުގެ ނުފޫޒު އަނެއް ބާރުގެ މައްޗަށް މިހާރު އިންތިހާ އަށް އޮތުމުގެ ސަބަބުން، ޤައުމު ދާންޖެހޭ މިސްރާބަށް ނުދިޔުމުގެ ކަންބޮޑުވުން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު،" ފައިސަލް ވިދާޅުވި އެވެ. 

Advertisement

ފައިސަލް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ އަދަދު 60 މެންބަރުންނަށް މަދުކޮށް، މުޅި އަތޮޅުން ވޯޓު ދީގެން މެންބަރުން އިންތިހާބުކުރުމާއި، ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކުރަން ޖޭއެސްސީއަށް މެންބަރުން އައްޔަންކުރާ ގޮތުގެ އިތުރުން އުއްތަމަ ފަނޑިޔާރު އައްޔަންކުރާގޮތް ބަދަލުކުރުމެވެ. 

މީގެއިތުރުން މިނިވަން މުއައްސަސާތަކަށް މީހުން އައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރު ނޯންނަ ގޮތަށް މަޖިލީހަށް ނަން ފޮނުވައިގެން ފާސްކުރުމާއި، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް އެއްވެސް އިމެއް ނެތި ދީފައިވާ ބާރުތައް އިސްލާހުކުރުން ވެސް ފައިސަލްގެ ހުށަހެޅުއްވުންތަކުގެ ތެރޭގައި ހިމެނެ އެވެ. 

ފައިސަލް ހުށަހެޅުއްވި ބައެއް އިތުރު އިސްލާހުތައް: 

  • ފުރިހަމަ ލާމަރުކަޒީ ނިޒާމަކަށް އަތޮޅުތައް ހިންގުން ބަދަލުކޮށް، ރަށް ރަށަށް ބާރުތައް ދޫކޮށްލުން
  • ރާއްޖޭގެ ދުރު ރާސްތާގެ ތަރައްޤީގެ ޕްލޭން ކަނޑައަޅައި، ސަރުކާރު ބަދަލުވި ނަމަވެސް، ފަށާފައިހުރި ގައުމީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަން ލާޒިމު ކުރުން.
  • ދިވެހިރާއްޖޭގެ ވިޔަފާރި އާއި ވަޒީފާގެ ބާޒާރުގައި ދިވެހިންނަށް ފުރުސަތު އިތުރު ކުރުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތައް ގެނައުން.
  • ކާބޯ ތަކެތީގެ ޔަޤީންކަން ދަމަހައްޓައި، އެހެން ޤައުމުތަކަށް ބަރޯސާވުން ކުޑަ ކުރުމަށް ރާއްޖޭގައި ދަނޑުވެރިކަމާއި މަސްވެރިކަން ފުޅާކުރުން.
  • މީހުން ބިނާ ކުރުމުގައި، ގައުމަށް އެންމެ ބޭނުންވާ ދާއިރާތަކަށް އިސްކަން ދީގެން، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްހަމަ ފެންވަރެެއްގައި މީހުން ބިނާ ކުރުމުގެ ހާއްސަ މަޝްރޫއެއް ކުރިއަށް ގެންދިޔުން.
  • އެކަށީގެންވާ ފެންވަރުގެ ދިރިއުޅުމެއް ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރު ކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ގާނޫނުއަސާސީގައި ކަނޑައެޅުން.
  • ގައުމީ ޕްރޮކިއުމަންޓް އޮފީހެއް ގާއިމުކޮށް، ސަރުކާރުގެ ހުރިހާ މަޝްރޫއުތަކާއި، ސަރުކާރަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ގަންނަ މުދަލާއި ތަކެތި ދެފުށް ފެންނަ ނިޒާމަކުން ކުރިއަށްގެންދިއުން.
  • ސަރުކާރު ހިންގުމަށްޓަކައި ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވާ ރައީސުލްޖުމްހޫރިއްޔާއެއްގެ އިތުރުން، ދައުލަތުގެ އިސް ވެރިޔަކު ރައްޔިތުންގެ ވޯޓަކުން ހޮވާ ގޮތަށް ބަދަލު ގެނައުން
  • ދައުލަތުގެ އިސް ވެރިޔާގެ މަސްއޫލިއްޔަތުތަކާއި، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް ވަކިކޮށް ކަނޑައަޅައި ބަޔާންކުރުން.

ފައިސަލް ވިދާޅުވީ އޭނާ ހުށަހަޅުއްވާފައިވާ އިސްލާހުތަކާއެކު ރާއްޖޭގައި ހެޔޮ ވެރިކަމެއް ގާއިމުކޮށް، ރައްޔިތުން ބޭނުންވާ ފަދަ ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ. 

ގާނޫނުއަސާސީއަށް ބަދަލުތަކެއް ފައިސަލް ހުށަހަޅުއްވާފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްވެސް ވަނީ ގާނޫނުއަސާސީއަށް ގެންނާނެ ބަދަލުތަކާ ގުޅޭގޮތުން "ބޮޑު ބަދަލު" ގެ ނަމުގައި ހުށަހެޅުންތަކެއް ހުށަހަޅުއްވާފަ އެވެ. 

އެ ހުށަހެޅުއްވުންތަކާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް މިއަދު ވަނީ ހުޅުވާލައިފަ އެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ނަޝީދު އިންތިހާބުވެވަޑައިގެންނެވީ ބޮޑު ބަދަލުގައި ހުރި ކަންކަން ހުށަހަޅުއްވައި ޕާޓީ މެންބަރުންގެ ތާއީދު ހޯއްދަވައިގެންނެވެ. އެއާއެކު ބޮޑު ބަދަލުގެ ނަމުގައި އޮފީހެއްވެސް އެމްޑީޕީގައި މިހާރު ވަނީ ގާއިމުކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox