ޓިކްޓޮކް ލައިވްއަކާ ގުޅިގެން ބްލޮގަރު ޕެރޭޒް ހިލްޓަން ހޮސްޕިޓަލަށް ގެންގޮސްފި

Aug 6, 2026, 9:54 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ޓިކްޓޮކް ލައިވްސްޓްރީމެއްގެ ތެރޭގައި އަމިއްލަ ހަށިގަނޑަށް ގެއްލުންދޭ މަންޒަރު ފެނުމާ ގުޅިގެން، އާންމުން އެކަން ރިޕޯޓްކުރުމުން އެމެރިކާގެ މަޝްހޫރު ބްލޮގަރު ޕެރޭޒް ހިލްޓަން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފި އެވެ.

ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން، ސޯޝަލް މީޑިއާގައި މީހަކު އަމިއްލަ ނަފްސަށް ގެއްލުންދޭ މަންޒަރު ލައިވްކުރަމުންދާ ކަމަށް ރިޕޯޓްކުރުމާ ގުޅިގެން، މިދިޔަ އަންގާރަ ދުވަހު މިއާމީގައި ހުންނަ ހިލްޓަންގެ ގެއަށް ކަމާބެހޭ ފަރާތްތަކުން ވަނީ ގޮސްފަ އެވެ.

މިއާމީ-ޑޭޑް ޝެރިފްގެ އޮފީހުން މައުލޫމާތު ދިން ގޮތުގައި، އެ މީހާ ވަނީ "ރައްކާތެރިކަމާއެކު ސަލާމަތްކުރެވިފަ އެވެ." އަދި އޭނާ މިހާރު ވަނީ "އެ ސަރަހައްދުގެ ހޮސްޕިޓަލަކަށް ގެންގޮސް، ފަރުވާ ދޭން ފަށާފައި" ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

Advertisement

ފުލުހުން އިތުރަށް ބުނި ގޮތުގައި، އެ އިދާރާގެ ކްރައިސިސް ރެސްޕޮންސް ޔުނިޓާއި ނަފްސާނީ ސިއްހަތުގެ މާހިރުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެ މީހާގެ އާއިލާއަށް ބޭނުންވާ އެހީތެރިކަމާއި ވަސީލަތްތައް ފޯރުކޮށްދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މާރިއޯ ލަވަންޑޭއިރާ ނުވަތަ ހިލްޓަން، ލައިވްސްޓްރީމް ކުރި ވަގުތު ގޭގައި ހުރީ އޭނާ އެކަނި ކަމަށް ފުލުހުން ކަށަވަރުކޮށްދީފައިވެ އެވެ. އަދި އެ ހާދިސާއަށް ފަހު މާ ގިނައިރުތަކެއް ނުވަނީސް އޭނާގެ ޓިކްޓޮކް އެކައުންޓް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ޓިކްޓޮކްގެ ތަރުޖަމާނަކު ބުނި ގޮތުގައި، އެ ކުންފުނީގެ އޮޓޮމޭޓެޑް މޮޑަރޭޝަން ސިސްޓަމްތަކުން ވަނީ އެ ލައިވްސްޓްރީމް ފެށުނުތާ މަދު މިނެޓްކޮޅެއްގެ ތެރޭގައި އެމެރިކާގެ މޮޑަރޭޝަން ޓީމުގެ ސަމާލުކަމަށް އެކަން ގެނެސްފަ އެވެ.

މޮޑަރޭޓަރަކަށް ހެދުނު ގޯހަކުން އެ ވީޑިއޯ ހުއްޓުވުމުގައި ލަސްތަކެއްވި ނަމަވެސް، ފުލުހުންނަށް އެކަން އެންގި ކަމަށާއި، އޭގެ ފަހުން ފެށި އެހެން ލައިވްސްޓްރީމްތައް 90 ސިކުންތު ތެރޭގައި ބަންދުކޮށް، އެ އެކައުންޓް ބޭން ކުރި ކަމަށް ޓިކްޓޮކުން ބުންޏެވެ.

ހިލްޓަން މަޝްހޫރުވެގެން ދިޔައީ 2000 ގެ އަހަރުތަކުގެ ކުރީކޮޅު، އޭނާ ހިންގި މަޝްހޫރު މީހުންގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓުގެ ސަބަބުންނެވެ. އެ ވެބްސައިޓަކީ ބައެއް ފަހަރު ވަރަށް ބޮޑެތި ބަހުސްތަކެއް އުފެދުނު ސައިޓެކެވެ.

'ޕެރޭޒް ހިލްޓަން' އަކީ އޭނާ ބޭނުންކުރާ ފަންނީ ނަމެކެވެ. މިއީ އެ ދުވަސްވަރު އެންމެ މަޝްހޫރު އެކަކު ކަމަށްވާ ޕެރިސް ހިލްޓަންގެ ނަމާ ގުޅުވައިގެން އޭނާ ހެދި ނަމެކެވެ.

އޭނާގެ ބްލޮގް ޕޯސްޓުތަކުގެ ސަބަބުން މައިލީ ސައިރަސް، ކްލޯއީ ކާޑޭޝިއަން، މިލާ ކޫނިސް އަދި އޭނާގެ ކުރީގެ އެކުވެރިޔާ ލޭޑީ ގާގާ ފަދަ ތަރިންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ނަމަވެސް، ފަހުން ހިލްޓަން ވަނީ އޭނާގެ ކެރިއަރުގެ ކުރީކޮޅު ފެތުރި ހަބަރުތަކާ ގުޅިގެން މައާފަށް އެދިފަ އެވެ. އަދި އިންޓަނެޓް ސަގާފަތާއި ސެލެބްރިޓީ ހަބަރުތައް ގެނެސްދޭ ގޮތަށް އައި ބަދަލާއެކު، އޭނާގެ އޮންލައިން ބްރޭންޑް ބަދަލުކުރުމަށް ވަނީ މަސައްކަތް ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox