ލައިވްއަކާ ގުޅިގެން ޕެރޭޒް ހިލްޓަން ހޮސްޕިޓަލަށް ގެންގޮސްފި
ޓިކްޓޮކް ލައިވްއެއްގައި އަމިއްލަ ހަށިގަނޑަށް ގެއްލުންދޭ މަންޒަރު ފެނުމާ ގުޅިގެން، އެމެރިކާގެ މަޝްހޫރު ބްލޮގަރު ޕެރޭޒް ހިލްޓަން ފުލުހުންގެ އެހީތެރިކަމާއެކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ. މި ހާދިސާއާ ގުޅިގެން އޭނާގެ ޓިކްޓޮކް އެކައުންޓް ސަސްޕެންޑްކޮށްފައިވާއިރު، ކަމާބެހޭ ފަރާތްތަކުން ދަނީ އޭނާގެ އާއިލާއަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.