އާދަޔާހިލާފު މަންޒަރެއް: ރާއްޖޭގައި ފީ މިޔަރެއް ކަނޑުން މައްޗަށް ފުންމަނިކޮށް ފެނިއްޖެ

ފީ މިޔަރު ފުންމި މަންޒަރު: މިއީ ފީ މިޔަރެއް ފުންމަނިކޮށް މިހާ ސާފުކޮށް ރިކޯޑު ކުރެވުނު ފުރަތަމަ ވީޑިއޯ ކަމަށްވުން އެކަށީގެންވޭ -- ފޮޓޯ: ލޫކާ އެސްހައުއާ / ޕެލާޖިކް ޑައިވާސް ފުވައްމުލަކު

ޏ. ފުވައްމުލަކުގައި ޑައިވިން އާއި ސްނޯކްލިންގެ ހިދުމަތް ދޭ ގްރޫޕަކުން ސްނޯކްލިންއަށް ގޮސް އުޅުނިކޮށް ފީ މަހެއް ކަނޑުން މައްޗަށް ފުންމަނިކޮށް ފެނިއްޖެ އެވެ. 

ފީ މިޔަރު (ފީބޯ މިޔަރު) ނުވަތަ އޯޝެނިކް ވައިޓްޓިޕް ޝާކް، ކޯހެއް މަހެއް ގޮތަށް ފުންމާ މަންޒަރު ފެނުނީ ޕެލާޖިކް ޑައިވާސް ފުވައްމުލަކުގެ ގްރޫޕަކުން، ފުވައްމުލަކާއި ހުވަދޫ އަތޮޅަށް ދަތުރުކުރަނިކޮށް ޖުލައި 30، ގަ އެވެ. އެމީހުން ވަނީ އެ މަންޒަރުގެ ވީޑިއޯއެއް ނަގައިފަ އެވެ. 

ފީ މިޔަރު ފުންމާކަން އެނގުނު ނަމަވެސް އެއީ ފެނުން ނާދިރު މަންޒަރެކެވެ. ސަބަބަކީ އެސޮރުމެންނަކީ އާންމުކޮށް މާކަނޑުގައި ދިރިއުޅޭ ބައެއް ކަމަށްވުމެވެ. ފީ މިޔަރު ފުންމި މަންޒަރު ފެނުނު ކަމަށް ރިކޯޑު ކުރެވުނީ ވަރަށް މަދު ފަހަރެކެވެ. 

މިއީ ފީ މިޔަރު ފުންމާ މަންޒަރު ވީޑިއޯގައި މިހާ ސާފުކޮށް ރިކޯޑު ކުރެވުނު ފުރަތަމަ ފަހަރު ކަމަށްވުން އެކަށީގެންވެ އެވެ. އެ މަންޒަރު ފެނުނީ ޕެލާޖިކް ޑައިވާސްގެ އަހުމަދު އިނާހު، އަލީ އަންސާރު އަހުމަދު، އަހުމަދު ރަމީޒް، ލޫކާ އެސްހައުއާ އަދި ގޮންޒާލޯ އަރައުހޯއާއަށެވެ. 

އެކަން މިހާރު ވަނީ ޕެސިފިކް ކޮންޒަވޭޝަން ބަޔޮލޮޖީގައި ރިކޯޑުކޮށްފަ އެވެ.

ބީބީސީ ވައިލްޑްލައިފް އިން ހިންގާ ޑިސްކަވާ ވައިލްޑްލައިފް އަށް ދިން އިންޓަވިއުއެއްގައި އެ މަންޒަރު ފެނުނު އިނާހު ބުނީ، ފީ މިޔަރު ފުންމި މަންޒަރު ފެނުމުން އެންމެން ވެސް ވަރަށް އާޝޯހުވި ކަމަށެވެ. ފީ މިޔަރު ދެ ފަހަރަކު ފުންމި ތަން އެމީހުންނަށް ފެނުނެވެ. 

ފީ މިޔަރު އެގޮތަށް ފުންމާ ސީދާ ސަބަބެއް ސައިންސްވެރިންނަކަށް ނޭނގެ އެވެ. ފުންމުމަކީ މުއާމަލާތް ކުރަން ގެންގުޅޭ އުކުޅެއް ކަމަށް ބައެއް މީހުން ބުނެ އެވެ. ޝިކާރަކުރުމުގެ ތެރޭގައި ފީ މިޔަރު ކަނޑުން މައްޗަށް ފުންމުން އެކަށީގެންވާ ކަމަށް ވެސް ބެލެވެ އެވެ. 

އެކަމަކު، ރާއްޖޭގައި ހިނގި ހާދިސާގައި ފީ މިޔަރު ފުންމީ އެހެން ސަބަބަކާ ހެދި ކަމަށްވުން އެކަށީގެންވާ ކަމަށް އެ މަންޒަރު ފެނުނު މީހުން ބުނެ އެވެ. ފީ މިޔަރު ފުންމި ވަގުތު އެ ސޮރު ގައިގައި ކުޑަ މަހެއް ތަތްކޮށްލައިގެން އޮތެވެ. ފުންމުމުގެ ބޭނުމަކީ ކުޑަމަހާހެދި އުނދަގޫވެގެން އެ ފޮޅައިލުން ކަމަށްވުން އެކަށީގެންވާ ކަމަށް އެމީހުން ދެކެ އެވެ. 

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox