ކޯޗިން ލައިސަންސް ނުލިބޭތީ ލަމޭލާގެ ނަން ހިމެނީ ކިޓް މެނޭޖަރަކަށް

Aug 3, 2026, 10:01 AM
ސެވިއްޔާ އަށް ކުޅުނު މެޗެއްގެ ތެރެއިން ލަމޭލާ.

ސެވިއްޔާ އަށް ކުޅުނު މެޗެއްގެ ތެރެއިން ލަމޭލާ.

މެކްސިކޯ ސިޓީ (އޮގަސްޓް 3) - އާޖެންޓީނާ ގައުމީ ޓީމާއި ޔޫރަޕްގެ މަޝްހޫރު ގިނަ ކްލަބްތަކަށް ކުޅުނު އެރިކް ލަމޭލާގެ ކޯޗިން ލައިސަންސްގެ ކަންކަން އެއްކޮށް ހަމަނުޖެހޭތީ، ކުރިއަށް އޮތް ސީޒަނުގައި މެކްސިކޯގެ ކްލަބް، މޮންޓަރޭގެ ސްކޮޑުގެ ކިޓް މެނޭޖަރަކަށް ލަމޭލާގެ ނަން ހިމަނައިފި އެވެ. 

އުމުރުން 34 އަހަރުގެ ލަމޭލާ، ޕްރޮފެޝަނަލްކޮށް ފުޓްބޯޅައިން ރިޓަޔާކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގަ އެވެ. އެ ގޮތުން، އެންމެ މަތީ ފަންތީގެ މުބާރާތްތަކުގައި ކުޅުނު ލަމޭލާގެ 16 އަހަރުގެ ދިގު ކެރިއަރުގައި އޭނާ ވަނީ އާޖެންޓީނާގެ ރިވަ ޕްލޭޓް، އިޓަލީގެ ރޯމާ، އިންގްލެންޑްގެ ޓޮޓެންހަމް ހޮޓްސްޕާސް، ސްޕެއިނުގެ ސެވިއްޔާ އަދި ގްރީސްގެ އޭއީކޭ އެތަންސް އަށް ކުޅެފަ އެވެ. 

ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ބުރަކަށީގެ އަނިޔާއެއްގެ ސަބަބުން އެކި ފަހަރު މަތިން ފަރުވާ ހޯދި ލަމޭލާ، އެންމެ ފަހުން މިދިޔަ އަހަރު ކުޅުމުގެ ކެރިއަރު ނިންމާލީ އެވެ. އެ އަށް ފަހު، ސެވިއްޔާގެ ކޯޗު، މަޓިއަސް އަލްމައިޑާގެ ކޯޗިން ސްޓާފެއްގެ ގޮތުގައި އެ ޓީމުގައި ވެސް މަސައްކަތްކުރި އެވެ. 

Advertisement

އަލްމައިޑާގެ ކޯޗިން ޓީމުގައި ދެމިހުރުމަށްޓަކައި މި ފަހަރު ލަމޭލާ އަށް ޖެހުނީ ތަފާތު ރޯލެއް ނަގާށެވެ. އަލްމައިޑާ ވަނީ  މި ފަހަރު މެކްސިކޯ ލީގުގެ މޮންޓަރޭއާ ހަވާލުވެފަ އެވެ. މެކްސިކޯ ލީގުގެ ގަވާއިދުގައި ބުނާގޮތުން، ބެންޗުގައި ކޯޗެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނީ ވަކި ކޯޗިން ފާހެއް އޮންނަ ފަރާތްތަކަށެވެ. ލަމޭލާ މި ވަގުތު އަންނަނީ، ޔުއެފާ ޕްރޯ ލައިސަންސް ހޯދުމަށްޓަކައި ކޯހުގައި ބައިވެރިވަމުންނެވެ. 

އެކަމަކު، ސީޒަން ފެށޭހާތަނަށް ކޯސް ނުނިމޭނެތީއާ އެކު، ލަމޭލާ އަށް މޮންޓަރޭ ބެންޗަށް ވަންނަން ލިސްޓުގައި ހިމަނަން، އަލްމައިޑާ ބޭނުންވާތީވެ، މޮންޓަރޭގެ މެނޭޖްމަންޓުން ނިންމާފައިވަނީ، ކިޓް މެނޭޖަރެއްގެ ގޮތުގައި، ލަމޭލާ ރަޖިސްޓްރީ ކުރުމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox