ސަބްސިޑީ ހަރަދު ވިދިވިދިގެން ފަސް ވަނަ އަހަރު ތިން ބިލިއަން ރުފިޔާއިން މައްޗަށް

Aug 2, 2026, 3:21 PM
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ބަޖެޓު 2026 ވިދާޅުވަނީ: ސަބްސިޑީތަކަށް ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް ހަރަދުކޮށްފި --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ބަޖެޓު 2026 ވިދާޅުވަނީ: ސަބްސިޑީތަކަށް ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް ހަރަދުކޮށްފި --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ވިދިވިދިގެން ފަސް ވަނަ އަހަރު، ސަބްސިޑީތަކަށް ތިން ބިލިއަން ރުފިޔާއައަށް ވުރެ ގިނައިން ސަރުކާރުން ހަރަދުކޮށްފައިވާ ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސުގެ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ސަބްސިޑީތަކަށް ވަނީ 3.1 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. މިއީ މި އަހަރަށް ކަނޑައެޅި 2.9 ބިލިއަން ރުފިޔާއަށް ވުރެ ވެސް އިތުރު، އަދި 

ސަބްސިޑީ ބަޖެޓު ހުސްވެގެން އިތުރަށް ހަރަދުކުރަން ޖެހިފައިވާއިރު، މިއީ ފާއިތުވި އަހަރުތަކުގެ ގިނަ ބަޖެޓުތަކުން ފެނުނު ކަމެކެވެ. ފިނޭންސުގެ ރެކޯޑުތަކުން ދައްކާ ގޮތުގައި 2022 ގައި ސަބްސިޑީތަކަށް ކުރާ ހަރަދު ތިން ބިލިއަން ރުފިޔާއަށް އުފުލުނު ފަހުން، ކޮންމެ އަހަރެއްގައި އެ އަދަދު އަންނަނީ އިތުރުވަމުންނެވެ. 

ސަބްސިިޑީތަކަށް މިހާ ބޮޑު ހަރަދެއް ކުރަން ޖެހިފައިވާއިރު، އެންމެނަށް ލިބޭ ގޮތަށް ސަބްސިޑީ ދިނުން ހުއްޓާލަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ލަފާ ދެމުން އަންނަތާ ދަހަރުތަކެއް ވެއްޖެ އެވެ. މި ސަރުކާރު ހިމެނޭހެން ތިން ސަރުކާރެއްގައި ވަނީ މި ސިޔާސަތު ބަދަލުކުރަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެއްވެސް ސަރުކާރަކަށް ބުނި ގޮތަށް އެ ސިޔާސަތު ތަންފީޒެއް ނުކުރެވެ އެވެ. 

ސަބްސިޑީތަކަށް ކުރި ހަރަދު 

  • 2021 - 1.1 ބިލިއަން ރުފިޔާ
  • 2022 - 3.6 ބިލިއަން ރުފިޔާ
  • 2023 - 3.6 ބިލިއަން ރުފިޔާ
  • 2024 - 3.9 ބިލިއަން ރުފިޔާ
  • 2025 - 4.4 ބިލިއަން ރުފިޔާ
  • 2026 (ޖޫން 23، އާ ހަމައަށް) - 3.1 ބިލިއަން ރުފިޔާ

އެންމެ ފަހުން މި ސަރުކާރުން ވަނީ މާހިރުންގެ ލަފަޔާ ހިލާފަށް، ބޭނުންޖެހިފައިވާ މީހުންނަށް އެކަނި ސަބްސިޑީ ދިނުމުގެ ސިޔާސަތު ދޫކޮށްލާފަ އެވެ. މިއީ މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ތަންފީޒުކުރާނެ ކަމަށް ސަރުކާރުން ބުނި ސިޔާސަތެކެެވެ. ބުނި ގޮތަށް ސަބްސިޑީ ސިޔާސަތު ބަދަލުނުކޮށް، ސަރުކާރުން ވަނީ ކަރަންޓު އުފެއްދުމުގެ އެފިޝަންސީ މަތިކޮށްގެން ސަބްސިޑީ ހަރަދުތައް ކުޑަކުރަން  ނިންމާފަ އެވެ. 

ސަބްސިޑީތަކަށް 3.1 ބިލިއަން ރުފިޔާ ހަރަދުކޮށްފި، ބޮޑު ބައެއް ތެލާއި ކަރަންޓަށް

މި އަހަރުގެ ސަބްސިޑީ ބަޖެޓު ހުސްވެ، ތެލާއި ކަރަންޓުގެ އަގު އުފުލުމާ ގުޅިގެން ސަބްސިޑީއަށް ކުރި ހަރަދު 3.1 ބިލިއަން ރުފިޔާއަށް އަރައިފި. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 86 އިންސައްތައިގެ އިތުރުވުމެއް ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ.

ސަބްސިޑީގެ ގޮތުގައި ބަޖެޓުން ހަރަދު ކުރާ ހުރިހާ ފައިސާއެއް ދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. އެ ގޮތުން ތެލާއި ކާޑު ސަބްސިޑީ ދަނީ އެއްކޮށް އެސްޓީއޯއަށެވެ. ކަރަންޓާއި ނަރުދަމާގެ ސަބްސިޑީ ލިބެނީ ފެނަކަ އާއި ސްޓެލްކޯ އާއި އެމްޑަބްލިޔުއެސްސީއަށެވެ.  ދަތުރުފަތުރުގެ ސަބްސިޑީ ލިބެނީ އެމްޓީސީސީއަށެވެ. ކުނި މެނޭޖުކުރުމުގެ ސަބްސިޑީ ލިބެނީ ވެމްކޯއަށެވެ. އަދި، މަސްވެރިކަމުގެ ސަބްްސިޑީ ލިބެނީ މިފްކޯއަށެވެ. 

އޭގެ އިތުރުން ސަރުކާރުން ވަނީ ސޯޝަލް ހައުސިން ޕްރޮޖެކްޓުތަކުން ތަރައްގީކޮށްފައިވާ ފްލެޓުތަކުގެ އަގު ހެޔޮކުރަން ހައުސިން ސަބްސިޑީގެ ގޮތުގައި ވެސް ފައިސާ ހަރަދުކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox