އިނގިރޭސި ލަވަކިޔުންތެރިޔާ ލޯރެން ބެނެޓް މަރުވެއްޖެ

Jul 7, 2026, 3:38 PM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

މަޝްހޫރު މިއުޒިކް ބޭންޑް "އެލްއެމްއެފްއޭއޯ" އިން 2011 ވަނަ އަހަރު ނެރުނު ހިޓް ލަވަ "ޕާޓީ ރޮކް އެންތަމް" އިން މަގުބޫލުކަން ހޯދި އިނގިރޭސި ލަވަކިޔުންތެރިޔާ ލޯރެން ބެނެޓް، އުމުރުން 37 އަހަރުގައި މަރުވެއްޖެ އެވެ.

ލޯރެން މަރުވިކަން ހާމަކޮށްފައިވަނީ އޭނާ ކުރިން މަސައްކަތް ކުރި މިއުޒިކް ގްރޫޕް "ޖީއާރްއެލް" ގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން ހޯމަ ދުވަހު އާންމުކުރި ބަޔާނެއްގަ އެވެ.

ލޯރެން މަރުވާން ދިމާވި ސަބަބެއް އެ ބަޔާނުގައި ހާމަކޮށްފައެއް ނުވެ އެވެ. އަދި މިކަމާ ގުޅޭ ގޮތުން ލޯރެންގެ މަންދޫބުން ވެސް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

"ޕާޓީ ރޮކް އެންތަމް" އަކީ 2011 ވަނަ އަހަރު ބިލްބޯޑް ހޮޓް 100 ޗާޓުގެ އެއްވަނައިގައި ވިދިވިދިގެން ހަ ހަފުތާ ވަންދެން އޮތް ލަވަ އެކެވެ. ބިލްބޯޑުން ވަނީ މި ލަވައަކީ މިހާތަނަށް ދުނިޔޭގައި ނެރުނު ފަސްވަނައަށް އެންމެ ކާމިޔާބު ލަވަ ކަމަށް ކަނޑައަޅާފަ އެވެ.

ޔޫޓިއުބްގައި 2.5 ބިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވާ މި ލަވައިގެ މިއުޒިކް ވީޑިއޯއިން ވެސް "އެލްއެމްއެފްއޭއޯ" ގެ މެންބަރުންނާއެކު ލޯރެން ފެނިގެންދެ އެވެ.

ލޯރެން 2014 ވަނަ އަހަރު ޕޮޕް ގްރޫޕް ޖީއާރްއެލްއާ ގުޅުނީ "ދަ ޕުސީކެޓް ޑޯލްސް" ބޭންޑު އަލުން އުފެއްދުމުގެ ގޮތުންނެވެ. މި ގްރޫޕުގައި އޭނާއާއެކު ޕައުލާ ވަން އޮޕެން، ނަޓާޝާ ސްލޭޓަން، ސިމޯން ބެޓްލް އަދި އެމަލިން އެސްޓްރާޑާ ހިމެނެ އެވެ.

މި ގްރޫޕުގެ އެންމެ މަގުބޫލު ލަވައަކީ 2014 ވަނަ އަހަރު ނެރުނު "އަގްލީ ހާޓް" އެވެ. މީގެ އިތުރުން އެ އަހަރު ނެރުނު ޕިޓްބުލްގެ "ވައިލްޑް ވައިލްޑް ލަވް" ގައި ވެސް މި ގްރޫޕުން ބައިވެރިވެފައިވެ އެވެ.

"ޖީއާރްއެލް" ގްރޫޕް ރޫޅާލާފައިވަނީ 2015 ވަނަ އަހަރު އެ ގްރޫޕުގެ މެންބަރު ސިމޯން ބެޓްލް އަމިއްލައަށް މަރުވުމާ ގުޅިގެންނެވެ.

މީގެ އިތުރުން ލޯރެން ވަނީ "ޑޭޓް ނައިޓް" އަދި "21 ޖަމްޕް ސްޓްރީޓް" ފަދަ ފިލްމުތަކުގެ ސައުންޑްޓްރެކްތަކަށް ވެސް ލަވަ ކިޔައިދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox