ޓީރެކްސް ބަލިކޮށް ކިންގްސް އިން އެމްބީއޭ ކަޕް ކާމިޔާބުކޮށްފި

Jul 23, 2026, 2:55 PM
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން ކަޕް 2026 ގެ ޗެމްޕިއަންކަން ހޯދި ކިންގްސް އިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން ކަޕް 2026 ގެ ޗެމްޕިއަންކަން ހޯދި ކިންގްސް އިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

އެންމެ ފަހުގެ ޗެމްޕިއަން، ޓީރެކްސް ބާސްކެޓްބޯލް ކްލަބް ބަލިކޮށް، ކިންގްސް ބާސްކެޓްބޯލް ކްލަބުން ރޭ ނިމުނު މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގެ ކަޕް ޗެމްޕިއަންކަން ހޯދައިފި އެވެ. 

ޒުވާނުންގެ މަރުކަޒު އެެތެރެ ކޯޓުގައި ރޭ ކުޅުނު ކަޕްގެ ފައިނަލް މެޗުގައި ފޯރިގަދަ ކުޅުމަކަށް ފަހު، ކިންގްސް އިން ޓީރެކްސްގެ މައްޗަށް ކުރިހޯދާފައިވަނީ، 60-57 ޕޮއިންޓުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީރެކްސްގެ އިސްމާއިލް ވިލްދާން ޔޫސުފް އެވެ. 

ޖުމްލަ 23 ޓީމު ވާދަކުރި ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިއަކީ، ޒައިދާން އާތިފް ޝުކޫރު އެވެ.

މި ޑިވިޝަނުގެ މޮޅު ފަސް ކުޅުންތެރިންނަކީ، މުހައްމަދު ނާފް އިރުޝާން، ވިލްދާން، އަހުމަދު ލައިލް ޝިފާން،. މުހައްމަދު އަޝްމަލް އަހުމަދު އަދި މުހައްމަދު އައިކް ވަޖީހު އެވެ. 

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ކުއީންސް ޓީމުން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ކުއީންސް ޓީމުން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ޝީލްޑް ބައިގެ ތަށި ގެންދިޔައީ، ނެޓްސް ބާސްކެޓްބޯލް ކްލަބުންނެވެ. އެއީ، އެލްކިއު ސްޕޯޓްސް ކްލަބްގެ މައްޗަށް 85-49 އިން ކުރިހޯދައިގެންނެވެ. 

ހަ ޓީމު ވާދަކުރި އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ކުއީންސް ބާސްކެޓްބޯލް ކްލަބުންނެވެ.

ފައިނަލުގައި ކުއީންސް އިން ވަނީ މިސްޓިކްސް ބާސްކެޓްބޯލް ކްލަބް އަތުން 88-58 އިން މޮޅުވެފަ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ކުއީންސްގެ އައިޝަތު އިނާޝާ އެވެ. 

އަންހެން ޑިވިޝަންގެ މޮޅު ކުޅުންތެރިންނަކީ، ރައީފާ އިބްރާހިމް، މަރިޔަމް ކައިލީން ޝިރުހާން، މަރިޔަމް މަލަކް މުހައްމަދު ސިފާން، އިނާޝާ އަދި އައިޝަތު ރާއީ ހަމްޒާ އެވެ. އަންހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިއަކީ، ފާތިމަތު ޝައިލާން އަފްޒަލް އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox