އެމްބީއޭ ޗެމްޕިއަންޝިޕް: ތިން ވަނަ ބުރުގައިވެސް ކިންގްސް އަތުން ޓީރެކްސް މޮޅުވެއްޖެ

Dec 1, 2022, 7:45 AM
ޓީރެކްސް އާއި ކިންގްސް ބައްދަލުކުރި މެޗުގެ ތެރެއިން ޓީރެކްސްގެ އަންފާލް ބޯޅަ ހިފައިގެން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޓީރެކްސް އާއި ކިންގްސް ބައްދަލުކުރި މެޗުގެ ތެރެއިން ޓީރެކްސްގެ އަންފާލް ބޯޅަ ހިފައިގެން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެމްބީއޭ ޗެމްޕިއަންޝިޕްގެ ތިން ވަނަ ބުރުގައި ވެސް ކިންގްސް ބާސްކެޓްބޯލް ކްލަބް އަތުން މޮޅުވެ، ޓީރެކްސް އިން މުބާރާތުގައި އެ ޓީމުގެ 100 ޕަސެންޓް ރެކޯޑު ދަމަހައްޓައިފި އެވެ.

އެމްބީއޭ ޗެމްޕިއަންޝިޕުގެ ތިން ވަނަ ބުރުގައި ގަދަ ހަތަރު ޓީމު ވާދަކުރާއިރު، ފައިނަލުން ފުރުސަތު ލިބޭނީ ލީގު ބުރުގެ ގަދަ ދެ ޓީމަށެވެ. އަންހެން އަދި ފިރިހެން ފައިނަލް މެޗުތައް ކުޅޭނީ އަންނަ އަންގާރަ ދުވަހު އެވެ. ފިރިހެން ޝީލްޑް ބައިގެ ފައިނަލް އޮންނާނީ އަންނަ ބުދަ ދުވަހުގަ އެވެ.

ފިރިހެން ބައިގެ ތިން ވަނަ ބުރުގައި އެންމެ ފަހުން ކުޅުނު މެޗުގައި ވާދަކުރީ ކިންގްސް ބީސީ އާއި ޓީރެކްސް ބީސީ އެވެ. މި މެޗު 79-61 ޕޮއިންޓުން ކާމިޔާބުކުރީ ޓީރެކްސް އެވެ. މި ދެ ޓީމު ދެ ވަނަ ބުރުގައި ކުޅުނު މެޗުވެސް ކާމިޔާބުކުރީ ޓީރެކްސް އިންނެވެ.

ރޭގެ މެޗުގެ މައިގަނޑު ތަފާތެއްގެ ގޮތުގައި ފެނުނީ ފުރަތަމަ ކުއާޓަރުގަ އެވެ. އެ ގޮތުން މި ކުއާޓާގައި ޓީރެކްސް އިން ނެގި 11 ޕޮއިންޓުގެ ލީޑު މެޗު ނިމެންދެން އެ ޓީމުން ދެހެއްޓި އެވެ. ފަހު ތިން ކުއާޓާގައިވެސް ސްކޯތައް ފެނުނީ ވާދަވެރިކޮށެވެ.

މި މެޗުގައި ޓީރެކްސް ޓީމަށް އެންމެ ގިނަ ޕޮއިންޓް ސްކޯކޮށްދިނީ މުހައްމަދު ހުވައިލިދު އަލީ (ހުވޭ) އެވެ. މީގެ އިތުރުން އަހުމަދު ޒަބީރު 14 ޕޮއިންޓް ސްކޯ ކޮށްދިންއިރު، ޒަކަރިއްޔާ އަބްދުއްލަތީފް 12 ޕޮއިންޓް ސްކޯކޮށްދިނެވެ.

ކިންގްސް އަށް ބަލާއިރު އެހެން މެޗުތަކެކޭ އެއްގޮތަށް މި މެޗުގައިވެސް މުހައްމަދު ސަބީހު ތައުފީގު ރަނގަޅު ކުޅުމެއް ދެއްކި އެވެ. ސަބީހު 12 ޕޮއިންޓް ސްކޯކޮށްދިންއިރު، އަހުމަދު ހުޝާމް (ތުއްބެ) 11 ޕޮއިންޓް ސްކޯކޮށްދިނެވެ.

މި މުބާރާތުގައި ރެޑްވިންގްސް އިން ވަނީ ދެ ވަނަ ބުރުގައި އެ ޓީމުގެ ފުރަތަމަ މޮޅު ހޯދައިފަ އެވެ. ރެޑްވިންގްސް މޮޅުވީ ބައުސް އާ ވާދަކޮށް 77-67 ޕޮއިންޓުންނެވެ. ވާދަވެރި މެޗުގެ އެންމެ ބޮޑު ތަފާތެއް ފެނުނީ ފުރަތަމަ ކުއާޓާގަ އެވެ. އޭގެ ފަހުން ދެ ވަނަ ކުއާޓާގައި ރެޑްވިންގްސް އިން އެ ޓީމުގެ ލީޑު ފުޅާކުރިއިރު، ފަހު ދެ ކުއާޓާގައި ބައުސް އިން ރަނގަޅު ފައިޓެއް ދިނެވެ.

މި މެޗުގައި ރެޑްވިންގްސްގެ ކެޕްޓަން މުހައްމަދު އަޝްމަލް އަހުމަދު 23 ޕޮއިންޓް ސްކޯކޮށްދިންއިރު، މުޅި މެޗު އެއްކޮށް ފުރިހަމަކުރި ޝިރުފާން އަހުމަދު 15 ޕޮއިންޓް ސްކޯކޮށްދިނެވެ. މުޅި މެޗުގައި ޝިރުފާން 23 ރީބައުންޑެއް ނެގި ކަން ފާހަގަކޮށްލެވެ އެވެ.

ބައުސް އަށް ބަލާއިރު، އެ ޓީމަށް އެންމެ ގިނަ ޕޮއިންޓް ސްކޯކޮށްދިނީ 18 ޕޮއިންޓް އެއްކޮށްދިން އިބްރާހިމް ނަސީމް އެވެ. މީގެ އިތުރުން މުހައްމަދު ސަމޫހު 13 އަދި ކެޕްޓަން އަހުމަދު އަދުހަމް 12 ޕޮއިންޓް ސްކޯކޮށްދިނެވެ.

މުބާރާތުގައި މިއަދު ކުރިއަށްދާނީ އަންހެން ޑިވިޝަންގެ ދެ މެޗެވެ. ހަވީރު ކުޅޭ މެޗުގައި އެލީޓް ސްޕޯޓްސް ކުލަބުން ބެންޗް ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުންނައިރު، މިރޭ ކުއީންސް ނުކުންނާނީ ސައިކްލޯން ބީސީ އާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox